Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޭޕް މަނާކުރުން

ވޭޕް މަނާކުރުމާ ގުޅިގެން މިހާރުވެސް ރިސޯޓްތަކުން އެތައް ބުކިންގ އެއް ކެންސަލް ކޮށްފި: ސިޔާމް

2 ޑިސެމްބަރު 2024 | ހޯމަ 14:24

ވޭޕް ބޭނުންކުރުމާއި، އެތެރެކުރުމާއި ވިޔަފާރިކުރުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިކަން އިއުލާންކުރެއްވީ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ޑިސެމްބަރު 2024 | ހޯމަ 14:24
"ނޯ ސްމޯކިން އެވްލެވަންޑް" ނިޝާނެއް

"ނޯ ސްމޯކިން އެވްލެވަންޑް" ނިޝާނެއް

ވޭޕް ބޭނުންކުރުމާއި، އެތެރެކުރުން އަދި ވިއްކުން މަނާކުރުމުން ލިބުނު ގެއްލުން ވަރަށް ބޮޑު ކަމަށާއި، ކުއްލި ކުއްލިއަކަށް އެފަދަ ބަދަލުތައް ގެނައުމުން ރާއްޖެ އައުމަށް ހަދާފައިވާ ބުކިންތައް ވަރަށް ގިނައިން ކެންސަލްވާ ކަމަށް ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ވޭޕް ބޭނުންކުރުމާއި، އެތެރެކުރުމާއި ވިޔަފާރިކުރުން މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިކަން އިއުލާންކުރެއްވީ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެ އިސްލާހާއި އެކު ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ފުރަތަމަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަސްތީގު ކުރެއްވީ ނިމިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެެހެންކަމުން އެ ބަދަލު ގެނައީ ވަރަށް ކުއްލިއަކަށް ކަމަށް ސިޔާމް ވިދާޅުވިއެވެ. ސަރުކާރުން ނިންމާ ކަންކަމުގެ ސަބަބުން އެތައް ބުކިންގ އެއް ދަނީ ކެންސަލް ކުރަމުން ކަަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތައް މާ ހަރުކަށީކަމަށް ޓުއަރިސްޓުން ބުނަމުންދާ ކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ޤާނޫނުތަކަށް ބަދަލު އަންނަ ގޮތުން މާދަމާ އަންނާނެ ގާނޫނެއް ނޭނގޭ ކަމަށާއި އެކަމުގެ ސަބަބުން ފަތުރުވެރިން ރާއްޖެ އައުމަށް ޖެހިލުންވާތަން ފެންނަ ކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ. އެ ފަދަ ބަދަލުތައް ގެންނަން ޖެހޭނީ ވަކި މުއްދަތެއް ދީ، ކަންކަން ހަމަޖައްސަން ވަގުތު ދީގެން ކަމަށް ސިޔާމް ވިދާޅުވިއވެެ.

ސިޔާމް ވިދާޅުވީ ރިސޯޓްތައް ހަދަނީ 12 ވަރަކަށް އަހަރު ދުވަހުގެ ފީސިބިލިޓީ އާއި އެކުގައި ބޮޑެތި ލޯނުތައް ނަގައިގެން ކަަމަށެވެ. އެހެންކަމުން މަޝްވަރާކުރުމަކާއި ނުލާ ޓެކްސް ބޮޑުކުރުމުން ވަރަށް ބޮޑު އަސަރެއް އެކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް ކުރާ ކަމަށް ސިޔާމް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ޓެކްސް ނެގުމުގައި ވެސް ކަމާއި ގުޅުން ހުރި ފަރާތްތަކާއި މަޝްވަރާކުރުމަކާއި ނުލާ ކުއްލި ކުއްލިއަށް ބޮޑެތި ބަދަލުތައް ގެނައުމުން އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ. ދުނިޔެއަކީ މިހާރު ލާމެހިފައިވާ ތަނެއްކަމަށާއި ރާއްޖެއިން ނިންމާ އެފަދަ ނިންމުންތަކުގެ އަސަރު ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދަށް ސީދާގޮތުންނާއި ނުސީދާ ގޮތުން ކުރާ ކަމަށެވެ. ޓެކްސް ބޮޑުކުރުމުން ވެސް ޓެކްސްގެ ތެރެއިން ރިސޯޓްތަކުގެ އޯނަރުންނަށް 12 ވަރަކަށް މިލިއަން ޑޮލަރު ބޮޑުވެގެން ދިޔަ ކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ޓެކްސް އަށް ކުއްލި ބަދަލެއް ގެނައުމުން އަގުތައް ހަމަޖެއްސުމުގައި ވެސް ދިމާވާ ކަމަށް ސިޔާމް ވިދާޅުވިއެވެ. އެގޮތުން އޮޕަރޭޓަރުންނާއި އެކު އަގު ނަގާފައި ހުންނަނީ ވަކި ރޭޓްތަކެއްގައި ކަމަށް ވުމާއި އެކު އެއަށް ވުރެ އަގު ބޮޑުވާނަމަ ބުކިންތައް ކުރަނީ ކެންސަލްކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް