Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޮބޭކޯ ސިޒޭޝަން ކްލިނިކް

ހުރިހާ ރަށްތަކުގައި "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ޤާއިމުކުރުމަށް ރައީސް މުއިއްޒު ނިންމަވައިފި

2 ޑިސެމްބަރު 2024 | ހޯމަ 11:34

މި ކްލިނިކް ތަކުން ލިބޭނީ ކޮންކޮން ޚިދުމަތެއް ކަމެއް އަދި މިއީ ކޮން ފެންވަރަކަށް ހިންގާ ތަންތަން ކަމެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވޭ

ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2024 | ހޯމަ 11:34
ރައީސް މުއިއްޒު މި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި ފަރާތްތަކާއެކު

ރައީސް މުއިއްޒު މި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި ފަރާތްތަކާއެކު

ދިވެހިރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކުގައި "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ސިޔާސަތުތައް ކުއްލިކުއްލި އަށް ބަދަލު ކުރާ މި ސަރުކާރުން، އާންމު ކުރި ބަޔާނެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.

Advertisement - newsAdvertisement

މި ކްލިނިކް ތަކުން ލިބޭނީ ކޮންކޮން ޚިދުމަތެއް ކަމެއް އަދި މިއީ ކޮން ފެންވަރަކަށް ހިންގާ ތަންތަން ކަމެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ރަށްރަށުގައި ހިނގަމުންދާ ހެލްތު ސެންޓަރުތަކަށާއި އަތޮޅު ހޮސްޕިޓަލުތަކަށް ބޭނުންވާ ވަސީލަތްތައް ނުލިބުމުގެ ޝަކުވާ އިތުރުވެފައިވާ މިދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ޤާއިމުކުރުމަށް ނިންމެވި ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި އެތަންތަން ހިންގޭނެ ކަމާ މެދު ސުވާލު އުފެދެއެވެ.

މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި މި މައްސަލައާ ގުޅިގެން، ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތް ތަކަށް ބޭނުންވާ ބޭސް، އެސް.ޓީ.އޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ޤާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ޕްރިވެންޓިވް ހެލްތު ކެއަރގެ ޚިދުމަތެއްގެ ގޮތުގައި ސިޒޭޝަންގެ ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވެއެެވެ.

ސަރުކާރުން ވަނީ ސިނގިރޭޓާއި ބިޑި ސުއްޓާ އާއި ދުންފަތުގެ އިސްތިޢުމާލު ކުރުމަށާއި، ވޭޕް ކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ދުންފަތުގެ ބާވަތްތަކުން ބޮޑު ކުރި ޑިއުޓީން ސަރުކާރަށް ބޮޑު އާމްދަނީ އެއް ލިބޭނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2018

ކޮރަޕްޝަން ޢާއްމުވެއްޖެނަމަ ޤާނޫނުގެ ހުކުމް ޤާއިމުކުރުމަށް ގޮންޖެހުންތައް ކުރިމަތިވޭ: އުއްތަމަ ފަނޑިޔާރު

09 ޑިސެމްބަރު 2018
ކޮރަޕްޝަން ޢާއްމުވެއްޖެނަމަ ޤާނޫނުގެ ހުކުމް ޤާއިމުކުރުމަށް ގޮންޖެހުންތައް ކުރިމަތިވޭ: އުއްތަމަ ފަނޑިޔާރު
25 ނޮވެމްބަރު 2018

ކްލިނިކް ތަކުގެ ވެރިންނާ ހެލްތު މިނިސްޓަރ ބައްދަލު ކުރައްވައިފި

25 ނޮވެމްބަރު 2018
ކްލިނިކް ތަކުގެ ވެރިންނާ ހެލްތު މިނިސްޓަރ ބައްދަލު ކުރައްވައިފި
02 މެއި 2018

މޯލްޑިކެއަރ އާ ކްލިނިކް ހުޅުވައިފި

02 މެއި 2018
މޯލްޑިކެއަރ އާ ކްލިނިކް ހުޅުވައިފި
01 ޑިސެމްބަރު 2017

ރަށްތަކުގައި ފެންބޮޑުވަނީ ކުޅިފަދަ ތަންތަން ނެތުމުން: ރައީސް ނަޝީދު

01 ޑިސެމްބަރު 2017
ރަށްތަކުގައި ފެންބޮޑުވަނީ ކުޅިފަދަ ތަންތަން ނެތުމުން: ރައީސް ނަޝީދު
24 ސެޕްޓެމްބަރު 2017

މުޖުތަމައުގައި ރައްކާތެރިކަން ޤާއިމުކުރުމަށް މި ސަރުކާރުން ވަނީ ނުކުޅެދިފައި : އެމްޑީޕީ

24 ސެޕްޓެމްބަރު 2017
މުޖުތަމައުގައި ރައްކާތެރިކަން ޤާއިމުކުރުމަށް މި ސަރުކާރުން ވަނީ ނުކުޅެދިފައި : އެމްޑީޕީ
31 މެއި 2017

މިނިސްޓަރ ނާޒިމަށް ޑަބްލިއުއެޗްއޯގެ ނޯ ޓޮބޭކޯ ޑޭ އެވޯޑް އަރުވައިފި

31 މެއި 2017
މިނިސްޓަރ ނާޒިމަށް ޑަބްލިއުއެޗްއޯގެ ނޯ ޓޮބޭކޯ ޑޭ އެވޯޑް އަރުވައިފި
01 އެޕްރީލު 2017

އައިޖީއެމްއެޗް ފްލޫ ކްލިނިކް މާދަމާ ބަންދުކުރަނީ!

01 އެޕްރީލު 2017
އައިޖީއެމްއެޗް ފްލޫ ކްލިނިކް މާދަމާ ބަންދުކުރަނީ!
23 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

23 މާރިޗު 2017
 ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ
23 މާރިޗު 2017

އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި

23 މާރިޗު 2017
އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި
15 މާރިޗު 2017

ފްލޫ ކްލިނިކްގައި 4 މީހުން ވަނީ އެޑްމިޓް ކުރެވިފައި!

15 މާރިޗު 2017
ފްލޫ ކްލިނިކްގައި 4 މީހުން ވަނީ އެޑްމިޓް ކުރެވިފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް