Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮރަޕްޝަން ދުވަސް

ކޮރަޕްޝަން ޢާއްމުވެއްޖެނަމަ ޤާނޫނުގެ ހުކުމް ޤާއިމުކުރުމަށް ގޮންޖެހުންތައް ކުރިމަތިވޭ: އުއްތަމަ ފަނޑިޔާރު

9 ޑިސެމްބަރު 2018 | އާދީއްތަ 14:08

ކޮރަޕްޝަން ޢާންމުވެ ފެތުރިއްޖެނަމަ، ޤާނޫނުގެ ޙުކުމް ޤާއިމުކޮށް ނެގެހެއްޓުމަށް ދަތިވާނެކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 9 ޑިސެމްބަރު 2018 | އާދީއްތަ 14:08
އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ

އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ

ކޮރަޕްޝަން ޢާންމުވެއްޖެނަމަ، ޤާނޫނުގެ ޙުކުމް ޤާއިމުކޮށް ނެގެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޮރަޕްޝަން ޢާންމުވެ ފެތުރިއްޖެނަމަ، ޤާނޫނުގެ ޙުކުމް ޤާއިމުކޮށް ނެގެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

ޤާނޫނު ނަގަހައްޓައި، ހަމަހަމަކަމާ އެކު އެންމެންގެ މައްޗަށް ޤާނޫނު ހިންގައި ތަންފީޛުކުރުމުގެ މަސައްކަތް ކުރާ އިދާރާތައް ނިކަމެތިވެ، ޖުމްހޫރިއްޔަތު ނެގެހެއްޓުމުގެ ޒިންމާ މަތި ކުރެވިފައިވާ މުއައްސަސާތައް ބަލިކަށި ވެގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެެވެ. ކާމިޔާބު މުޖުތަމަޢެއް ބިނާކޮށް، އިޖުތިމާޢީ އަދި އިޤުތިޞާދީ ޢަދާލަތު ޤާއިމްވެފައިވާ ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމި އޮތުމަށްޓަކައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ ބަޔަކަށް ވުމަށް އުއްތަމަ ފަނޑިޔާރު ވަނީ ގޮވާލައްވާފައެވެ. ކޮރަޕްޝަނުގެ ސަބަބުން ޤައުމީ ތަރައްޤީގެ ދުވެލި މަޑުޖެހި، ސަރުކާރަށާއި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިޙްތިރާމާއި އިތުބާރު ގެއްލިގެންދާނެކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޮރަޕްޝަންގެ ސަބަބުން ޤައުމުގެ އުފެއްދުންތެރިކަމަށް ހުރަސްއެޅި އިޖުތިމާޢީގޮތުން ޤައުމުގެ ޙާލަތު ދަށު ދަރަޖައަށް ދިއުމަށް މެދުވެރިވާ ކަމަށެވެ. ކޮރަޕްޝަނުން ސަލާމަތްވެފައިވާ ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ ޝަރުޢީ ދާއިރާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދޭން ތިބި ފަރާތަކީ ޝަރުޢީ ދާއިރާ ކަމަށެވެ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަކީ ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން އިންޞާފުވެރި ޝަރުޢީ ދާއިރާއެއްގެ ގޮތުގައި ދެމިތިބުމަކީ އަމާޒެއް ކަމަށްވެސް އުއްތަމަ ފަނޑިޔާރުގެ ޙިތާބުގައި ވަނީ ވިދާޅުވެފައެވެ. ކޮރަޕްޝަން ހުއްޓުވުމުގައި ދައުލަތުގެ މުއައްސަސާތަކުގެ ޤާބިލްކަން އިތުރުކޮށް ކޮރަޕްޝަނަށް ފާރަވެރިވާ ނިޒާމު ހަރުދަނާކޮށް ބާރުވެރި ކުރުވަން ޖެހޭކަމަށާއި، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ހުރިހާ ފަރާތްތަކަކުން ފަރުދީގޮތެއްގައި ބައިވެރިވެ، ގުޅިގެން މަސައްކަތްކުރުމަށް އުއްތަމަ ފަނޑިޔާރު ގޮވާލެއްވިއެވެ.

Advertisement - newsAdvertisement

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް