Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންސްޕާގެ މައްސަލަ

އެންސްޕާ ހިންގަން ނަގާފައިވާ އިމާރާތުގައި ޓީވީއެއް ހިންގާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

2 ޑިސެމްބަރު 2024 | ހޯމަ 07:46

މި ހުށަހެޅުއްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ޑިސެމްބަރު 2024 | ހޯމަ 07:46
މީކާއިލް ނަސީމް

މީކާއިލް ނަސީމް

ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާ ހިންގަން ނަގާފައިވާ އިމާރާތުގައި ޓީވީއެއް ހިންގާތީ ހުށަހަޅާފައިވާ ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ އަކީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އޮފީސް ހިންގުމަށްޓަކައި ކުއްޔަށް ނަގާފައިވާ އިމާރާތުގެ ދެ ފްލޯގައި މޯލްޑިވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓެޑްއިން "އެމްއެމްޓީވީ" ގެ ނަމުގައި މީޑިއާއެއް ހިންގާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައެކެވެެ. އެ މައްސަލަ ހުށަހެޅީ ހޯމަ ދުވަހުއެވެ.

Advertisement - newsAdvertisement

އެ ކުއްލި މައްސަލަ ޝަރުތު ހަމަނުވާކަމަށް ނިންމުމަށް ފަހު ވަނީ ބޭރުކޮށްލާފައެވެ.

މި ހުށަހަޅުއްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ މައްސަލަ ލިބިފައިވީ ނަމަވެސް އެ މައްސަލައިގެ ޝަރުތު ހަމަނުވާ ކަމަށެވެ. އެހެންކަމުން އެ ބަލައިގަނެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކުއްލި މައްސަލާގައި އެންސްޕާގެ އޮފީސް ހިންގުމަށްޓަކައި އިމާރާތެއް ކުއްޔަށް ނެގުމަށް 25 ޖޫންގައި ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް ކޮށްފައިވާ އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންނަކަށް އެ ބިޑު އެވޯޑުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި އެކަން ކޮށްފައި ވަނީ އުސޫލާއި ޚިލާފަށް ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން އެ އިމާރާތުގެ ހަތަރު ފްލޯގެ ފަސް އަހަރު ދުވަހުގެ ކުއްޔަށްވާ ފައިސާގެ ގޮތުގައި 34.8 މިލިއަން ރުފިޔާ އެކީ އެއްފަހަރާ ދިނުމަށް ފަހުއެ ކުންފުނިން ހަތަރު ފްލޯ ކުއްޔަށް ހިފިކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ އޭގެ ތެރެއިން ދެ ފްލޯ އެމްއެމްޓީވީ ހިންގުމުގެ ގޮތުން އެއްވެސް ކުއްޔަކާ ނުލާ އެ ކުންފުންޏަށް ދީފައިވާކަމަށް މީސްމީޑިއާގައާއި، އެކިއެކި މަންސަތަކުގައި ތުހުމަތުކުރެވެމުންދާ ކަމަށް މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 ޖުލައި 2017

ޢަދުލް އިންސާފަކީ ވަކި ޕާޓީއަކަށް ވަކި ބަޔަކަށް ހިންގަން ޖެހޭނެ އެއްޗެއް ނޫން: އަލީ ޒާހިރު

23 ޖުލައި 2017
ޢަދުލް އިންސާފަކީ ވަކި ޕާޓީއަކަށް ވަކި ބަޔަކަށް ހިންގަން ޖެހޭނެ އެއްޗެއް ނޫން: އަލީ ޒާހިރު
03 ޖޫން 2017

ފެމެލީ ކޯޓުން ހަތަރު ލެޕްޓޮޕް ވަގަށްނަގާފައިވާ ކަމަށް ފުލުހުން ބުނެފި

03 ޖޫން 2017
ފެމެލީ ކޯޓުން ހަތަރު ލެޕްޓޮޕް ވަގަށްނަގާފައިވާ ކަމަށް ފުލުހުން ބުނެފި
18 މެއި 2017

މުޖުތަބާ އިކޮނޮމިކް މިނިސްޓްރީއަށް، އައްޒާމު އެންސްޕާގެ ސީއީއޯއަށް ހަމަޖައްސައިފި

18 މެއި 2017
މުޖުތަބާ އިކޮނޮމިކް މިނިސްޓްރީއަށް، އައްޒާމު އެންސްޕާގެ ސީއީއޯއަށް ހަމަޖައްސައިފި
18 މެއި 2017

އެންސްޕާގެ ސީއީއޯ އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްފި

18 މެއި 2017
އެންސްޕާގެ ސީއީއޯ އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްފި
26 އެޕްރީލު 2017

ޖާބިރު އަތުން ނަގާފައިވާ ދެ މިލިއަން ރުފިޔާ ހޯދަން މެމްބަރު ޔާމިނަށް އަންގައިފި

26 އެޕްރީލު 2017
ޖާބިރު އަތުން ނަގާފައިވާ ދެ މިލިއަން ރުފިޔާ ހޯދަން މެމްބަރު ޔާމިނަށް އަންގައިފި
25 އެޕްރީލު 2017

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

25 އެޕްރީލު 2017
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ
13 އެޕްރީލު 2017

ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން

13 އެޕްރީލު 2017
ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން
06 އެޕްރީލު 2017

ފޭދޫ އެމްޑީޕީ ހަރުގެ ކުރިމަތީގައި ސިޔާސީ ހަރަކާތް ނުހިންގަން އަންގައިފި

06 އެޕްރީލު 2017
ފޭދޫ އެމްޑީޕީ ހަރުގެ ކުރިމަތީގައި ސިޔާސީ ހަރަކާތް ނުހިންގަން އަންގައިފި
06 އެޕްރީލު 2017

ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

06 އެޕްރީލު 2017
ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް