Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނޫޒް ޖަލްސާ

ޢަދުލް އިންސާފަކީ ވަކި ޕާޓީއަކަށް ވަކި ބަޔަކަށް ހިންގަން ޖެހޭނެ އެއްޗެއް ނޫން: އަލީ ޒާހިރު

23 ޖުލައި 2017 | އާދީއްތަ 17:55

ޤާާނޫނު ހިންގާ ތަން ފެންނަނީ ހަމައެކަނި ރައީސް ޔާމީންއާ ދެކޮޅު ބޭފުޅުންގެ މައްޗަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 ޖުލައި 2017 | އާދީއްތަ 17:55
އަލީ ޒާހިރު ކުނޫޒް ޖަލްސާއެއްގައި ވާހަކަ ދައްކަނީ

އަލީ ޒާހިރު ކުނޫޒް ޖަލްސާއެއްގައި ވާހަކަ ދައްކަނީ

ޢަދުލް އިންސާފަކީ ވަކި ޕާޓީއަކަށް ވަކި ބަޔަކަށް ހިންގަންޖެހޭނެ އެއްޗެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި، ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ޤާނޫނާއި ޤަވާއިދަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ހިންގަން ޖެހޭނެ އެއްޗެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެފައި ވަނީ ކޮންމެ މީހެއްގެ މައްޗަށް ޤާނޫނު ހިންގަން ފަސް ނުޖެހޭނެ ކަމަށެވެ. ނަމަވެސް ޤާނޫނު ހިންގާ ތަން ފެންނިގެންދަނީ ހަމައެކަނި އެ މަނިކުފާނާ ދެކޮޅު ބޭފުޅުންގެ މައްޗަށް ކަމަށާއި މިގޮތަށް އަމަލުކުރެއްވުމަށް ޤާނޫނު ހިންގުމެކޭ ނުކިޔާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޒާހިރު ވިދާޅުވީ މެޖޯރިޓީ ރައްޔިތުންގެ ހިޔާލާ ދެކޮޅަށް، ޣައިރު ގާނޫނީ ކަންތައްތައް ސަރުކާރުން ހިންގަމުންގެންދާ ކަމަށާއި މިކަންކަމުގައި ޕޮލިސް ސާރވިސްގެ ދައުރު ވަރަށް ފުޅާ ދާއިރާއެއްގައި އެބައޮތް ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ފެނިގެންދާ ހަޤީޤަތެއް ކަމަށާއި މިކަންތައްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޒާހިރު ވިދާޅުވިއެވެ.

މި ސަރުކާރު ގެނައުމަށްޓަކައި މަސައްކަތް ކުރި ވަރަށް ގިނަ ބަޔަކު ނުޙައްޤުން ޖަލަށް ލާފައިވާކަން ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ ޣައިރު ޤާނޫނީ ކަންކަން ކުރިއަށް ގެންދަވަނީ މަޤާމުތަކުގައި އިސްކޮށް ތިއްބަވާ ބޭފުޅުން މެދުވެރިކޮށްގެން ކަމަށެވެ.

ފުލުހުންނާއި ސިފައިންގެ ޤައުމީ ޒިންމާއެއް އެބަ އޮތް ކަމަށާއި ގުޅިފައިވާ ފަރާތްތަކުން ހަރަކާތްތައް ކުރިއަށް ގެންދަނީ ޤާނޫނާ އެއްގޮތަށް ކަމަށާއި، ނަމަވެސް ދައުލަތުން ކަންކަން ކުރަމުން ގެންދަނީ ޤާނޫނާ ޙިލާފަށް ކަމަށް ވެސް ޒާހިރު ވިދާޅުވިއެވެ. އަދި އެކަން ކަމަށް އެއްވެސް ފަރާތަކުން އެއްބާރުލުން ނުދިނުމަށް ޒާހިރު ގޮވާލެއްވި އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިސްތިއުފާ ދެއްވުމަށް ގޮވާލައްވައި އަލީ ޒާހިރު ވިދާޅުވީ މިހާރު މަސީހުއަކީ މަޖިލީހުގެ ރައީސް ކަމަށް ބަލައި ނުގަންނަ ކަމަށެވެ.

ޒާހިރު އިތުރަށް ވިދާޅުވީ ދިވެހި ސިފައިންނާއި ފުލުހުންގެ ޤައުމީ ޒިންމާއެއް އެބައޮތްކަމަށާއި ދަޢުލަތުންވަނީ ޤާނޫނު އަސާސީއާ ޙިލާފުވެފައިކަމަށެވެ. އަދި މިކަންތައްތަކަށް ފުލުހުން އެއްބާރުލުން ނުދިނުމަށްވެސް ޒާހިރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް