Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝާފިއު (ތުއްތު) ފުލުހަށް ހާޒިރުކުރުން

ތުއްތު އަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އަނިޔާއެއް ދީފާނެ ކަމަށް ބިރު ދެއްކުމުގެ ތުހުމަތު ހިމެނޭ - ވަކީލް

1 ޑިސެމްބަރު 2024 | އާދީއްތަ 14:08

ތުއްތު ފުލުހަށް ހާޒިރުކުރާތީ އާއްމުންގެ އިތުރުން ސިޔާސީ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 ޑިސެމްބަރު 2024 | އާދީއްތަ 14:08
ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުކުރުމުގެ ތެރެއިން

ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުކުރުމުގެ ތެރެއިން

އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު ހުސެން ޝާފިއު (ތުއްތު) އަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އަނިޔާއެއް ދީފާނެ ކަމަށް ބިރު ދެއްކުމުގެ ތުހުމަތު ހިމެނޭ ކަމަށް ޝާފިއުގެ ވަކީލު އިބްރާހިމް ޝިޔާން ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ހުސެއިން ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުކުރުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވަނީ ޝާފިއު އަށް ކުރާ ތުހުމަތުތަކުގެ ތަފްސީލްތަަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން (ޗާލީ ތުއްތު) ހޭންޑަލްއިން ކޮށްފައިވާ ތުހުމަތާއި ގުޅިގެން އާދިއްތަ ދުވަހު ޝާފިއު ފުލުހަށް ހާޒިރުކުރިއިރު އޭނާގެ މައްޗަށް ތިން ތުހުމަތެއް ފުލުހުން ކުރާ ކަމަށް ވަކީލް ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުމުގެ ތުހުމަތާއި، މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ފަދަ ބިރެއް ކުރިމަތިކުރުމުގެ ތުހުމަތުގެ އިތުރުުން ހަޑި ހުތުރު އެއްޗެއްކަން އެނގި ހުރެ އަދި ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ޝާއިއުކޮށް ހިއްސާ ކުރުމާއި އާންމުކޮށް ހުޅުވާލައިގެން ދައްކާ ފޯރުކޮށްދިނުމުގެ ތުހުމަތެވެ. އެހެންނަމަވެސް އެ ޓްވީޓުގެ ސަބަބުން އަނިޔާ ރައްދުވަނީ ކާކަށް ކަން އަދި ބިރުވެރިކަން ރައްދުވަނީ ކާކަށްކަން ފުލުހުންނަށް ބުނެދެވިފައި ނުވާ ކަމަށް ވަކީލް ޝާފިއު ވިދާޅުވިއެވެ. އަދި ތަކުރާރުކޮށް ސުވާލުކޮށްގެން ވެސް އެ ޓްވީޓުން ވަކި މީހަކަށް ނިސްބަތްވާ ގޮތަށް ދޭހަވާ ކަމެއް ސާފުކޮށް ބުނެ ނުދެވުނު ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

@ޗާލީ_ތުއްތު ހޭންޑްލް އިން ހަޑިހުތުރު ބަސް ބޭނުން ކޮށް ބިރުވެރިކަން އުފެދޭ ގޮތައް އެކްސް ގައި ޕޯސްޓެއްކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ސުވާލުކޮށް ބަޔާން ނެގުމަށް ޝާފިއު ފުލުހަށް ހާޒިރުކޮށްފައި ވަނީ އާދިއްތަ ދުވަހު މެންދުރު 01:30ގައެވެ. ފުލުހަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެމުން ޝާފިއު ވަނީ އުސޫލައި ޚިލާފުކަމެއް ކޮށްފައި ނުވާނެކަމަށް ބުނެފައެވެ. އަދި ހަޑިހުތުރުބަސްވެސް ބޭނުންކޮށްފައި ނުވާނެ ކަަމަށް ޝާފިއު ވަނީ ބުނެފައެވެ. ޝާފިއުވެސް ވަނީ ފުލުހުންނަށް އޭނާގެ ޓްވީޓުގެ ސަބަބުން އަނިޔާ ލިބޭ މީހެއް ބުނެ ނުދެވޭކަން ފާހަގަކޮށްފައެވެ.

ތުއްތު ފުލުހަށް ހާޒިރުކުރާތީ އާއްމުންގެ އިތުރުން ސިޔާސީ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ސަރުކާރަށް ފާޑުކިޔުން އަމާޒުކުރުމަކީ ކުށެއް ކަމަށް ހެދުމުގެ މާޒީ އިއާދަކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

03 މާރިޗު 2017

އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ

03 މާރިޗު 2017
އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ
20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް