Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫގައި ހުރި ވެލިފުންޏެއްގެ މައްސަލަ

އައްޑޫގައި ހުރި ވެލިފުންޏެއް މިނިސްޓްރީގެ ބެލުމުގެ ދަށަށް: ''މިއީ ރައްޔިތުންނާއި ''ތޮޅެން'' މަގުފަހި ކުރަން ހިންގާ އަމަލެއް''

1 ޑިސެމްބަރު 2024 | އާދީއްތަ 07:57

ހަންކެޑެ ބްރިޖް އެޅުމަށް ހެދިފައިވާ ފަސްގަޑުގައި ހުރި ވެލި ރައްޔިތުންގެ ބޭނުންތަކަށް ދޫކުރަން ވަނީ ނިންމާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 1 ޑިސެމްބަރު 2024 | އާދީއްތަ 07:57
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

އައްޑޫ ސިޓީގައި ހުރި ވެލިފުންޏެއް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމުން އެސިޓީގެ މޭޔަރު އަލީ ނިޒާރު ކަންބޮޑުވުންފާޅު ކޮށްފިއެވެ.

މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ހަންކެޑެ ބްރިޖް އެޅުމަށް ހެދިފައިވާ ވަގުތީ ފަސްގަޑުގައި ހުރި ވެލި، އަބުރާ ނެގުމަށްފަހު ރައްޔިތުންގެ ބޭނުންތަކަށް އެވެލި ބޭނުންކުރުމަށް ކައުންސިލްއިން މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެންޖިނިއަރުން ލައްވާ ސޮއިކުރުވައި އެވެލި މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް އަންގާފައިވާ ކަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ ދައުލަތް ހިންގަން ހެދިފަހުރި ގާނޫނުތަކާއި ފުށުއަރާ ޖާހިލު ނިންމުމެއް ކަމަށެވެ.

ރައްޔިތުންނާއި ''ތޮޅެން'' މަގުފަހި ކުރަން ހިންގާ އަމަލެއްކަން ފާހަގަކުރައްވައި މޭޔަރު ނިޒާރު ވިދާޅުވީ މިއީ ލާމަރުކަޒީ ގާނޫނު ފުޑާލަން އިތުރު ކުރި ބޮޅެއް ކަމަށާއި، ގާނޫނާއި، ހަމައާއި އުސޫލުން ބޭރުން އަންގާ އެންގުންތަކަށް އައްޑޫ ސިޓީ ކައުންސިލްއިން އަމަލު ނުކުރާނެ ކަމަށެވެ.

މޭޔަރު ނިޒާރު ވިދާޅުވީ ކަންކަން ނިންމުމުގައި މަޝްވަރާ އިސްކޮށް ދައުލަތް ހިންގުމުގެ ޒަމާނީ ހަމަތަކަށް ފަރިތަވާންޖެހޭ ކަމަށެވެ.

މިމައްސަލައާ ގުޅިގެން މޭޔަރު ނިޒާރަަށް ރައްދު ދެއްވައި ކޮންސްޓްރަކްޝްނަ މިނިސްޓަރު، އަބްދުﷲ މުއްތަލިބު ވިދާޅުވީ، މިނިސްޓްރީގެ ހުއްދަނެތި އެވެލި ބޭނުން ނުކުރުމަށް އެދުނީ އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމުގައި ގިނަ އަދަދަކަށް ވެލި ބޭނުންވެދާނެ ކަމަށް ފެންނާތީ ކަމަށާއި، އައްޑޫ އަކީ ފަސޭހައިން ވެލި ނެގެން އޮތް ތަނަކަށްނުވާތީ ކަމަށެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިވަގުތު އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމަށްވުރެ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެވެލި ބޭނުންކުރަން ޖެހޭ އެހެން މުހިއްމު ކަމެއްވާނަމަ ކައުންސިލުން އެދުމުން އެވެލި ދޫކުރުމަށް މިނިސްޓްރީ އިން ދެކޮޅެއް ނުހަދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް