Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައުމިއްޔަތު ނެގެހެއްޓުން

މިނިވަން އަދި ތަހުޒީބު ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަށް އެންމެ މުހިންމުކަމަކީ، ދިވެހި ގައުމިއްޔަތު ނެގެހެއްޓުން: ނައިބު ރައީސް

ދިވެހީންގެ ގައުމިއްޔަތާ އަމިއްލަވަންތަކަން ރައްކާތެރިކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 30 ނޮވެމްބަރު 2024 | ހޮނިހިރު 08:39
"ކަޅުއޮށްފުންމި - ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ

"ކަޅުއޮށްފުންމި - ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ

މިނިވަން އަދި ތަހުޒީބު ގައުމެއްގެ ގޮތުގައި އެތައް ހާސް އަހަރަކަށް ރާއްޖެ ދެމިއޮތުމަށް އެންމެ މުހިންމު ކަމަކީ، ދިވެހި ގައުމިއްޔަތު ނެގެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިއަށްދިޔަ "ކަޅުއޮށްފުންމި - ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ "ކަޅުއޮށްފުންމި - ދިވެހި ގައުމިއްޔަތުގެ ދަރުބާރު" އަކީ ދިވެހީންގެ ގައުމިއްޔަތާ އަމިއްލަވަންތަކަން ރައްކާތެރިކުރުމަށާއި އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް އެޅޭ ވަރަށް ހަރުދަނާ، އަދި އީޖާބީ ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ދިވެހި ގައުމިއްޔަތާ ގުޅުންހުރި، އަދި ދިވެހީންގެ އަމިއްލަވަންތަކަމާ ގުޅުންހުރި ވަރަށް މުހިންމު ދާއިރާތަކަކުން މައުލޫމާތު ހުށަހެޅި އިލްމީ މަޝްވަރާތަކެއް ކުރެވި އައު އީޖާދީ ވިސްނުންތަކެއް ލިބިގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ދިވެހީންނަކީ ވަރަށް ނަސީބުވެރި ބައެއްކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ވާހަކަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، ދިވެހި ބަހުގެ ޗާލުކަމާ ރާއްޖޭގެ ގައުމިއްޔަތުގެ ބަހާތަކަކީވެސް ރާއްޖެއަށް ލިބިފައިވާ އިތުރު ޒީނަތްތެރިކަމެއްގެ ގޮތުގައި ދުނިޔެއަށް ހާމަކޮށްދޭންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖޭގެ އަމާންކަން، ދިވެހީންގެ އެކުވެރިކަން، ޚުލްގު ހެޔޮކަން މި ގައުމަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް އަމަލީގޮތުން ދެއްކުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މިސަރުކާރުން ގައުމިއްޔަތަށް ވަރަށް ބޮޑަށް އިސްކަންދެއްވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ތައުލީމީ މަންހަޖުގައި ގައުމިއްޔަތު، ވަކި މާއްދާއެއްގެ ގޮތުގައި ހިމެނުއްވުމާއި، ދިވެހި ދިދައަށާ، ދިވެހީންގެ ގައުމީ ސަލާމަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެހެންކަމުން ދިވެހި ގައުމިއްޔަތުގެ ކޮލެޖް ގާއިމުކުރައްވައި، ގައުމިއްޔަތުގެ އިސްވަރު އުފައްދަވައި، ގައުމީ ކަންކަން އެންމެ އުހަށް ނަންގަވަން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެންމެހާ ދިވެހީން އެއްބާރުލުންދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ކަޅުއޮށްފުންމި ދަރުބާރަކީ ދިވެހީންގެ އެއްބައިވަންތަކަމާއި ދެމިތިބުމާމެދު ވިސްނައި، ފިކުރުކުރުމުގެ ބައްދަލުވުމެކެވެ. އަދި އެއީ ދިވެހިވަންތަކަމުގެ ބަހާތަކުގެ ފަންނީ، އިލްމީ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް އާލާކުރުމުގެ ހަފުލާއެކެވެ. ދިވެހިވަންތަކުމުގެ ސިފަތައް އިލްމީ ނަޒަރުން މާނަކުރުމަށް ހިތްވަރުދީ، އެފަދަ މަސައްކަތްތައް އާންމުކުރުން، އަދި ދިވެހީންގެ ރަށްވެހިކަމާއި، ވަޒަންވެރިކަމާއި، ކަނޑުވެރިކަމަށް މަގުފަހިވާނޭ ވިސްނުމާއި އިލްމުތައް، ރާއްޖެއަށް ވެރިކުރުމަށް ހިތްވަރުދީ ކުރިއެރުވުން، މި ކޮންފަރެންސްގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު