Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޤާނޫނު އަސާސީ އިސްލާހުކުރުން

"ފްލޯކްރޮސްކުރުމުން ގޮނޑިގެއްލޭ ގޮތަށް ޤާނޫނު އަސާސީ އަށް އިސްލާހު ގެނައީ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގާފާނެތީ"

ބާރުތައް ހޯދަން މަގުމައްޗަށް ނުކުންނަން ޖެހޭ ހާލަތުގައި އެކަން ކުރަން ތައްޔާރަށް ތިއްބެވި ކަމަށް އިމްތިޔާޒް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2024 | ބުރާސްފަތި 08:03
ޑިމޮކްރެޓްސްގެ ކަންމަތީ ޖަލްސާ

ޑިމޮކްރެޓްސްގެ ކަންމަތީ ޖަލްސާ

ފްލޯކްރޮސްކުރުމުން ގޮނޑިގެއްލޭ ގޮތަށް ޤާނޫނު އަސާސީ އަށް އިސްލާހު ގެނައީ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގާފާނެތީ ބިރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ޑިމޮކްރެޓްސްގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އިމްތިޔާޒް އެފަދައިން ވިދާޅުވީ އެ ޕާޓީން ދަ ޑިމޮކްރެޓްސްގެ ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޤާނޫނު އަސާސީ އަށް މި ސަރުކާރުން ބަދަލުގެނައި ގޮތަށް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާފާނެ ކަމުގެ ބިރު ސަރުކާރަށާއި ރައީސަށް އޮތީ ހީވެފައި ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. އެގޮތުން ޕީއެންސީގެ މެންބަރުން ވެސް ހިތްހަމަނުޖެހޭކަންކަން ހުރިކަން ފާޅުކުރަމުންދާތީ އެކަމާއި މެދު ބިރުފުޅު ގަންނަނީ ކަމަށް ވުން އެކަށީގެންވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. މައްސަލަ އެއްގައި ސޮއި ހަމަކުރަމުންދާ ހާލަތުގައި ޕީއެންސީ މެމްބަރުން ވެސް ސޮއިކޮށްފާނެ ކަަމަށް ބިރު ހީވުން އެކަށީގެންވަނީ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަން ކޮންޓްރޯލްކުރުމަށްޓަކާ ނިންމެވި ގޮތަކީ ރައީސް ބޭނުންފުޅުވާ ގޮތް ނޫން ގޮތަކަށް އަމަލުކުރާ ކޮންމެ މީހަކު ޕާޓީން ކަނޑާލުމަށް ފަހު ގޮނޑި ގެއްލޭނެ ގޮތް ހެއްދެވުން ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އޭނާ ވަނީ މިއީ ގާނޫނުއަސާސީ އެފުށް މިފުށަން ޖެހުން ކަމަށް ވެސް ވިދާޅުވެފައެވެ. މިހާރު ކަންކަން ދާގޮތުން ރައީސްގެ އިތުބާރެއް ނެތްކަމަށް ނެގޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ޤާނޫނު އަސާސީ އަށް ބަދަލުގެނެސްގެން ކުރެއްވި ކަމަކީ އެކަމަށް އޮންނަ އުސޫލުތައް ފުނޑާލުން ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ގާނޫނުއަސާސީ ތަރުތީބުކޮށްފައި ހުރި ގޮތްތައް ފުނޑާލުން ކަމަށް ވެސް އިމްތިޔާޒް ވިދާޅުވިއެވެ. ހިތްހަމަ ނުޖެހިއްޖެ ނަމަ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގޭނެކަމާއި އެކަން ކުރަންވާ ގޮތް ސާފުކޮށް ބަޔާންކޮށްފައި އޮއްވާ އެކަން ބަދަލުކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ ބާރުވެރިކަން ފެށިގެން އަންނަނީވެސް އެ ބާރުތައް ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ. ހަމައެހެންމެ ގާނޫނުއަސާސީ ދަންނަ މަހްފޫމަކީ ވެސް އެގޮތް ކަަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް ގާނޫނުއަސާސީއަށް މިހާރު ގެނެސްފައިވާ އިސްލާހާ އެކު އެ ބާރުތައް ލާފައި ވަނީ ރައީސްގެ މުށުތެރެއަށް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އެހެންކަމުން އަލުން އެ ބާރުތައް ހޯދަން މަގުމައްޗަށް ނުކުންނަން ޖެހޭ ހާލަތުގައި އެކަން ކުރަން ތައްޔާރަށް ތިއްބެވި ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު