Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޝްރޫއުތައް ހިންގުން

ބަޖެޓް 2025 - މަޝްރޫއުތައް ހިންގަން ހިމަނާފައިވާ ފައިސާ ހަރަދު ކުރާނެ ގޮތުގެ ތަރުތީބެއް މުއްތަލިބަށް ވެސް ނޭނގޭ

27 ނޮވެމްބަރު 2024 | ބުދަ 07:03

މަޝްރޫޢުތައް ކުރިއަށް ނުދާތީ މެމްބަރުން ކުރި ސުވާލުތަކަށް ސާފު ޖަވާބެއް ނުދެއްވޭކަން ފާހަގަކޮށްލެވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ނޮވެމްބަރު 2024 | ބުދަ 07:03
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

މަޝްރޫއުތައް ހިންގަން ހިމަނާފައިވާ ފައިސާ ހަރަދު ކުރާނެ ގޮތުގެ ތަރުތީބު އެނގިވަޑައިނުގަންނަވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ވަނީ 2025 ވަނަ އަހަރު ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުތަކާއި މިހާރު ހުއްޓިފައި ހުރި މަޝްރޫއުތައް ފެށުމާއި މެދު މުއްތަލިބް އާއި ސުވާލުކޮށްފައެވެ. ބުދަ ދުވަހު މަޖިލީހުގައި ވާހަކަދައްކަވަމުން މުއްތަލިބް ވިދާޅުވި ގޮތުގައި މިވަގުތު ބަޖެޓުގެ ޕްރޮޖެކްޓުތައް ހިންގަން ކަނޑައަޅާފައި އޮތް ތަރުތީބު ސާފެއް ނޫނެވެ. ސަބަބަކީ "ނީޑް ބޭސިސް" ނުވަތަ ބޭނުންވާ މިންވަރަށް ބަލައިގެން އެ ކަން ކުރަންޖެހޭ ތަރުތީބަށް ބަލާފައި މަޝްރޫޢުތައް ކުރިއަށް ގެންދާތީ ކަމަށް މުއްތަލިބް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މަޝްރޫޢުތަކުގެ ތަފްސީލް ވީހާވެސް އަވަހަކަށް ނިންމާ މަޖިލީހަށް ހުށަހަޅާނެ ކަަމަށް ޤަބޫލުކުރެވޭ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދައުލަތުގެ އެންމެ މުހިންމު ޒިންމާއަކީ ގިނަ ބަޔަކަށް ފައިދާ ލިބޭ ގޮތަށް މަޝްރޫޢުތައް ހިންގުން ކަމަށެވެ. މި ސަރުކާރުން ރަށްރަށުގައި ޕްރޮޖެކްޓްތައް ނުވަތަ މަޝްރޫއުތައް ކުރިއަށް ގެންދާނީ ވަކި ތަރުތީބެއްގެ ތެރެއިންކަމަށް މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވި ނަމަވެސް އެ ތަރުތީބަކީ ކޮބާކަން ވަޒީރަށް ސާފުކޮށެއް ނުދެއްވުނެވެ. މީގެ އިތުރުން ބައެއް ކުންފުނިތަކުން ދައުލަތުގެ ބައެއް މަޝްރޫއުތަކުން އެޑްވާންސް ފައިސާ ނަގައިގެން ވިޔަފާރި ކުރަމުންދާކަމަށް ފާހަގަކުރައްވާ އެކަމާއި މެދު މިނިސްޓަރ ވަނީ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ.

މުއްތަލިބް ވަނީ އެ ވުޒާރާގެ ދަށުން ކުރިއަށް ދާ ބައެއް މަސައްކަތްތަކަށް ވެސް ބުދަ ދުވަހު އަލިއަޅުވާލައްވާފައެވެ. އެގޮތުން ބަނދަރު ހެދުމުގެ މަޝްރޫއުތަކާއި އެހެނިހެން މުހިންމު މަޝްރޫޢުތަކާއި މެދު މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވިއެވެ. އެހެންނަމަވެސް މަޝްރޫޢުތައް ކުރިއަށް ނުދާތީ މެމްބަރުން ކުރި ސުވާލުތަކަށް ސާފު ޖަވާބެއް ނުދެއްވޭކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ބައެއްް މަޝްރޫޢުތަކުގެ މަސައްކަތް މިއަހަރުގެ ބަޖެޓުން ނުކުރެވުނަސް، 2025 ވަނަ އަހަރު އެ މަސައްކަތް ކުރެވޭތޯ ބައްލަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 ޖުލައި 2017

ޢަދުލް އިންސާފަކީ ވަކި ޕާޓީއަކަށް ވަކި ބަޔަކަށް ހިންގަން ޖެހޭނެ އެއްޗެއް ނޫން: އަލީ ޒާހިރު

23 ޖުލައި 2017
ޢަދުލް އިންސާފަކީ ވަކި ޕާޓީއަކަށް ވަކި ބަޔަކަށް ހިންގަން ޖެހޭނެ އެއްޗެއް ނޫން: އަލީ ޒާހިރު
06 ޖޫން 2017

މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި

06 ޖޫން 2017
މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި
25 އެޕްރީލު 2017

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

25 އެޕްރީލު 2017
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ
19 އެޕްރީލު 2017

ގައިޑްލައިންގައި ބުނާ ހުރިހާ މައުލޫމާތެއް ލިސްޓުގައި ހިމަނާފައިވާނެ: އީސީ

19 އެޕްރީލު 2017
ގައިޑްލައިންގައި ބުނާ ހުރިހާ މައުލޫމާތެއް ލިސްޓުގައި ހިމަނާފައިވާނެ: އީސީ
13 އެޕްރީލު 2017

ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން

13 އެޕްރީލު 2017
ޤާސިމްގެ މައްޗަށް ހިންގަން އޮތް ޝަރީއަތް މިހާރު ޤާނޫނާ ޚިލާފް ވާނެ: ހިސާން
06 އެޕްރީލު 2017

ފޭދޫ އެމްޑީޕީ ހަރުގެ ކުރިމަތީގައި ސިޔާސީ ހަރަކާތް ނުހިންގަން އަންގައިފި

06 އެޕްރީލު 2017
ފޭދޫ އެމްޑީޕީ ހަރުގެ ކުރިމަތީގައި ސިޔާސީ ހަރަކާތް ނުހިންގަން އަންގައިފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް