Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޭރު ފައިސާ މާރުކުރުން

ޓޫރިސްޓު ޚިދުމަތްދޭ ފަރާތްތަކުން ބޭރު ފައިސާ މާރުކުރަން ހެދި ގަވައިދަށް ލުއިތަކެއް ދީ އައު ބިލެއް ޑްރާފްޓް ކޮށްފި

ބޭރު ފައިސާ މާރު ކުރުމާ ބެހޭ ގޮތުން އެމްއެމްއޭ އިން ކުއްލި ގޮތަކަށް ހަދާ އަމަލު ކުރުމަށް ލާޒިމު ކުރި ގަވައިދުގައި ޑޮލަރު މާރު ކުރަން ޖެހޭ ފަރާތްތަކަށް އެއްވެސް އިސްތިސްނާ އެއް ދީފައި ނުވާއިރު، އަލަށް އެކުލަވާލި ބިލުގައި ބައެއް އިސްތިސްނާ ހިމެނޭކަން ފާހަގަ ކުރެވެއެވެ. އެގޮތުން ގިނަވެގެން 24 ގަޑީއިރު ހަމަ ކޮށްފައި ނުވާ ޓޫރިސްޓުންނާއި، އުމުރުން 2 އަހަރު ފުރިފައި ނުވާ ކުޑަކުދިންނާއި، ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ ކޮށް ތިބޭ ފަރާތްތައް ޓޫރިސްޓުންގެ ތެރޭގައި ނުހިމެނޭ ފަރާތްތަކުގެ ގޮތުގައި ބިލުގައި ބުނެފައިވެއެވެ.

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 27 ނޮވެމްބަރު 2024 | ބުދަ 03:56
ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ މަޝްހޫރު އެއް ރިސޯޓު ކަމުގައިވާ ކުރުނބާ ގައި ފަތުރުވެރިން އަރާމު ކުރަނީ

ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ މަޝްހޫރު އެއް ރިސޯޓު ކަމުގައިވާ ކުރުނބާ ގައި ފަތުރުވެރިން އަރާމު ކުރަނީ

ޓޫރިސްޓު ޚިދުމަތްދޭ ފަރާތްތަކުން ބޭރު ފައިސާ މާރުކުރަން ލާޒިމުކޮށް ކަމާ ބެހޭ ފަރާތްތަކުގެ އެއްވެސް މަޝްވަރާ އެއް ނެތި ކުއްލި ގޮތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހެދި ގަވައިދަށް ލުއިތަކެއް ދީ އައު ބިލެއް ޑްރާފްޓް ކޮށް އާންމު ކޮށްފިއެވެ.

އަލަށް އެކުލަވާލި "ބޭރު ފައިސާ އާ ބެހޭ ބިލު" ގައި ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށް ދިނުމަށް މީރާގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ އިތުރުން އަހަރަކު 20 މިލިއަން ޑޮލަރުގެ އާމްދަނީ މުދަލާއި ޚިދުމަތުން ލިބޭ އެހެން ފަރާތްތައް ވެސް ހިމަނާފައިވެއެވެ.

ބިލުގައި ބުނެފައިވަނީ، މިލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީ އެކުގައި އެ މަހަށް ފަހު ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ދިވެހި ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ބޭންކެއްގެ ބޭރު ފައިސާ އެކައުންޓަކަށް ޖަމާ ކުރަން ޖެހޭނެ ކަމަށެވެ.

މި ފަރާތްތަކުގެ ތެރެއިން އެމްއެމްއޭ ގައި ރަޖިސްޓަރީ ކޮށްފައި ނުވާ ފަރާތްތަކުން ގާނޫނަށް އަމަލު ކުރަން ފަށާތާ 10 ދުވަހުގެ ތެރޭގައި އޮތޯރިޓީގައި ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހެއެވެ.

ގާނޫނުގައި ބުނާ މުދާ ވިއްކާ ފަރާތެއްގެ ގޮތުގައި ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މީރާގައި ރަޖިސްޓަރީ ކުރާ ފަރާތްތަކުން، މީރާ ގައި ރެޖިސްޓްރީ ކުރާތާ 30 ދުވަހުގެ ތެރޭގައި އެމްއެމްއޭ ގައި ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ބޭންކަކަށް ބޭރު ފައިސާ ޓްރާންސްފަރ ނުވަތަ ޖަމާކުރުމަށްފަހު، އެކަމުގެ މަޢުލޫމާތާއި އޮތޯރިޓީން އަންގާ އެހެންވެސް މަޢުލޫމާތު، އޮތޯރިޓީން ކަނޑައަޅާ ގޮތަކަށް އޮތޯރިޓީއަށް އަންގަން ޖެހޭނެ ކަމަށްވެސް ބިލުގައި ވެއެވެ.

ބިލުގައި ބުނާ ގޮތުން، މަޢުލޫމާތާއި ލިޔެކިޔުންތައް އެ މުދަލެއް ނުވަތަ ޚިދުމަތެއް ވިއްކި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަހުގެ މުއްދަތައް ބަހައްޓަން ޖެހެއެވެ.

އަލަށް އެކުލަވާލި ބިލުގައިވެސް ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތްދޭ ފަރާތްތައް ދެ ކެޓަގަރީ އަކަށް ބެހިގެންވާ ކަމަށް ކަނޑައަޅާފައިވާ އިރު، "ކެޓެގަރީ އޭ" ގައި ހިމެނެނީ ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ޕްރައިވެޓް އައިލެންޑް ތަކާއި، ރިޒޯޓް ހޮޓާ ތަކާއި، އެނޫންވެސް އެފަދަ ތަންތަނެވެ.

"ގެޓަގަރީ ބީ" ގައި ހިމެނެނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސް ތަކާއި،   ޓޫރިސްޓް އުޅަނދު ފަހަރެވެ.

ބިލުގައި ބުނެފައިވާ ފަރާތްތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް މާރުކުރަން ޖެހޭނެ ކަމަށް ބިލުގައިވެއެވެ.

އެ ގޮތުން ކެޓެގަރީ އޭ ގައި ހިމެނޭ ފަރާތްތަކުން މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން، އެ އެސްޓެބްލިޝްމަންޓް ހިންގާ ފަރާތުން ބޭންކަކަށް ދިވެހި ރުފިޔާ އަށް މާރު ކުރަން ވާނެ ކަމަށް ވަނީ ބުނެފައެވެ.

ހަމަ މިމޭރުމުން ކެޓެގަރީ ބީ ޓޫރިޒަމް އެސްޓެބްލިޝްމަންޓަކަށް ކޮންމެ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 25 އެމެރިކާ ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ރިސޯޓު ނުވަތަ ގެސްޓް ހައުސްގެ ޚިދުމަތް ނޫން އެހެން ޚިދުމަތް ދޭ ފަރާތްތަކުން މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ  އާމްދަނީގެ 25 ފަންސަވީސް އިންސައްތަ އަށްވުރެ ބޮޑު ނުވާގޮތަށް ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އަދަދެއް، އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަކަށް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހެއެވެ.

ބޭރު ފައިސާ މާރު ކުރުމާ ބެހޭ ގޮތުން އެމްއެމްއޭ އިން ކުއްލި ގޮތަކަށް ހަދާ އަމަލު ކުރުމަށް ލާޒިމު ކުރި ގަވައިދުގައި ޑޮލަރު މާރު ކުރަން ޖެހޭ ފަރާތްތަކަށް އެއްވެސް އިސްތިސްނާ އެއް ދީފައި ނުވާއިރު، އަލަށް އެކުލަވާލި ބިލުގައި ބައެއް އިސްތިސްނާ ހިމެނޭކަން ފާހަގަ ކުރެވެއެވެ. އެގޮތުން ގިނަވެގެން 24 ގަޑީއިރު ހަމަ ކޮށްފައި ނުވާ ޓޫރިސްޓުންނާއި، އުމުރުން 2 އަހަރު ފުރިފައި ނުވާ ކުޑަކުދިންނާއި، ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ ކޮށް ތިބޭ ފަރާތްތައް ޓޫރިސްޓުންގެ ތެރޭގައި ނުހިމެނޭ ފަރާތްތަކުގެ ގޮތުގައި ބިލުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ޓޫރިސްޓު އުޅަނދުތަކުގެ ތެރެއިން ރާއްޖޭން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތައް މި ގާނޫނުގެ ދަށުން އިސްތިސްނާ ވާނެ ކަމަށް ބުނެފައިވެއެވެ.

ގާނޫނުގައި ބުނާ މިންވަރަށް ބޭރު ފައިސާ މާރު ކޮށްފިނަމަ، ބޭރު ފައިސާ އިން އަދާ ކުރަން ޖެހޭ ޓެކްސް އާއި ބޭރު ފައިސާ އިން އަދާ ކުރަން ޖެހިފައިވާ ދަރަންޏާއި، ޝަރުއީ ކޯޓެއްގެ ހުކުމެއް ނުވަތަ އާބިޓްރޭޝަންގެ މައްސަލައެއް ސަބަބުން ބޭރު ފައިސާ އިން އަދާ ކުރަން ޖެހޭ އިލްތިޒާމެއްގެ ސަބަބުން އަދި އޮތޯރިޓީން ހުއްދަ ދޭ އެހެން އިލްތިޒާމެއްގެ ސަބަބުން ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ޑޮލަރު މާރު ކޮށްފިނަމަ އެ އިލްތިޒާމްތަކަށް ދައްކަން ޖެހޭ ބޭރު ފައިސާ ނުހުންނާނެ ކަން ބަޔާން ކޮށް އޮތޯރިޓީ އަށް ހުށަހެޅުމުން އެކަން ގަބޫލު ކުރެވޭ ނަމަ ގާނޫނުގައި ބުނާ އަދަދަށް ވުރެ މަދު އަދަދެއް މާރު ކުރުމުގެ ހުއްދަ ދެވިދާނެ ކަމަށް ވެސް ބިލުގައި ވެއެވެ.

ބޭންކަކަށް ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ ތެރެއިން އޮތޯރިޓީން ކަނޑައަޅާ ވަކި އިންސައްތައެއްގެ ފައިސާ ޖެހިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން އެ ބޭންކުން އޮތޯރިޓީއަށް ވިއްކަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2017

މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި

08 އޮކްޓޯބަރު 2017
މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި
25 ޖޫން 2017

ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!

25 ޖޫން 2017
ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!
08 ޖޫން 2017

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

08 ޖޫން 2017
އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި
23 މެއި 2017

ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި

23 މެއި 2017
ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި
23 މެއި 2017

ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި
19 އެޕްރީލު 2017

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި
18 އެޕްރީލު 2017

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ
04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
06 ފެބުރުއަރީ 2017

ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި

06 ފެބުރުއަރީ 2017
ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި
14 ޖެނުއަރީ 2017

ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ

14 ޖެނުއަރީ 2017
ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު