Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ޒުހޫރު ވިދާޅުވީ އެންމެ ބޭނުންވާ ދުވެލީގައި ނޫން ނަމަވެސް، މަސައްކަތްތައް ކުރިއަށް ގެންދެވޭ ކަމަށް

ނޯމަލައިޒިން ކޮމެޓީން ކުރަމުން އަންނަ މަސައްކަތްތަކަށް އިޝާރާތް ކުރަމުން ޒުހޫރު ވިދާޅުވީ ކޮންމެ ކަމެއް ވެސް ވަރަށް ޗެލެންޖިން ކަމަށެވެ. ޚާއްސަކޮށް އިދާރީ ގޮތުން ކުރަން ހުރި ކަންކަން ޒުހޫރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2024 | އަންގާރަ 04:30
އެފްއޭއެމް ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަޙުމަދު ޒުހޫރު

އެފްއޭއެމް ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަޙުމަދު ޒުހޫރު

އެންމެ ބޭނުންވާ ދުވެލީގައި ނޫން ނަމަވެސް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންދެވޭ ކަމަށް، އެ ކޮމެޓީގެ ޗެއާމަން އަޙުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފުޓުބޯޅަައިގެ މައި އިދާރާ (ފީފާ) އިން އެފްއޭއެމްގެ ހިންގުން ނޯމަލައިޒިން ކޮމެޓީއާ ހަވާލުކުރިތާ ތިން މަސް ދުވަސް ވެފައިވާއިރު، އެކަމާ ގުޅޭ ގޮތުން "ރާއްޖެ އެމްވީ"އާ ވާހަކަ ދައްކަވަމުން ޒުހޫރު ވިދާޅުވީ މަސައްކަތްތައް ކުރިއަށް ގެންދެވޭ ގޮތާ މެދު އެންމެ ހިތްހަމަ ނުޖެހޭ ކަމަށެވެ. ޒުހޫރު ވިދާޅުވީ އެ މަސައްކަތުގައި އޭނާ އުންމީދު ކޮށްގެން ހުރި ވަރަށް ކުރިއަށް ނުދާ ކަމަށެވެ. އެހެން ނަމަވެސް، މިހާތަނަށް އައިއިރު ވެސް ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަމަށާއި، ކަންކަން ޙާސިލު ކުރެވިފައިވާ ކަމަށް ވެސް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ.

ނޯމަލައިޒިން ކޮމެޓީން ކުރަމުން އަންނަ މަސައްކަތްތަކަށް އިޝާރާތް ކުރަމުން ޒުހޫރު ވިދާޅުވީ ކޮންމެ ކަމެއް ވެސް ވަރަށް ޗެލެންޖިން ކަމަށެވެ. ޚާއްސަކޮށް އިދާރީ ގޮތުން ކުރަން ހުރި ކަންކަން ޒުހޫރު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ނޯމަލައިޒިން ކޮމެޓީ ހަވާލުވީއިރު އިދާރީ ކަންކަން އޮތީ "ސުމެއްގައި" ކަމަށާއި، އިދާރީ ކަންކަން ރާވައި އެކަންކަން ކުރިއަށް ގެންދިޔުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ޒުހޫރު ވިދާޅުވި އެވެ. އެކަމުގެ ތެރެއިން އެފްއޭއެމް އަށް ބޭނުންވާ މުވައްޒަފުން ވެސް "މަޑު މަޑުން" ނަގަމުން އަންނަ ކަމުގައި ޒުހޫރު ވިދާޅުވި އެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ކުޅިވަރު ވަޒީރުކަން ވެސް ކުރައްވާފައިވާ ޒުހޫރު އިތުރަށް ވިދާޅުވީ، އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ ޤާނޫނީ ގޮތުން އެފްއޭއެމާ ދެކޮޅަށް ކޮށްފައިވާ ދައުވާތައް ކަމަށެވެ. އެ ދައުވާތަކަކީ އެފްއޭއެމާ ދެކޮޅަށް ހުރި ދަރަނީގެ ދައުވާތަކެއް ކަމަށާއި، އެކަންކަމަށް އެޓެންޑުވަމުން އަންނަ ކަމަށް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ. އެކަމުގެ ތެރެއިން ސާބިތާ ދަރަނިތައް އަދާ ކުރުމާއި، ފައިސާ ދެވޭނެ މަގުތަކެއް ހޯދުމުގެ ކަންކަން ވެސް ކުރިއަށް ދާ ކަމުގައި ޒުހޫރު ވިދާޅުވެފައިވެ އެވެ. ދަރަނި އަދާ ކުުރުމަށް ބަލާއިރު ވެސް، އެކަންކަމާ ގުޅުން ހުރި މައުލޫމާތު ލިބެން ނެތް ކަމަށާއި، އެކަމާ ގުޅުން ހުރި ލިޔެކިޔުންތައް ވެސް ނެތް މައްސަލަ ދިމާވާ ކަމަށް ޒުހޫރު ވިދާޅުވި އެވެ.

އެފްއޭއެމްގެ މުވައްޒަފުންނަށް ނުދެވި އޮތް މުސާރަ އަށް ބަލާއިރު، މުސާރަ ނުދެވި ގިނަ މަސްތަކެއް ވެފައިވާކަން ޒުހޫރު ފާހަގަ ކުރެއްވި އެވެ. މުސާރަ ދިނުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ފީފާ އިން ކަނޑައަޅާފައިވާ އޯޑިޓު ފާމުން ކުރިއަށް ގެންދާ ވެޓިންގެ މަސައްކަތް ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ. ތިން މަސް ދުވަހުގެ މުސާރަ ދިނުމަށް ބޭނުންވާ ފައިސާ ފީފާ މެދުވެރިކޮށް ނޯމަލައިޒިން ކޮމެޓީން ހޯދާފައިވާނެ ކަމަށާއި، ލޯ ފާމުގެ މަސައްކަތް ނިމުމާ އެކު ތިން މަސް ދުވަހުގެ މުސާރަ އަދާ ކުރެވޭނެ ކަަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ. މުސާރަ ދޭން ފެށުމާއެކު، ތިން މަސް ނުވަތަ ހަތަރު މަސް ދުވަހުގެ ތެރޭގައި ނުދެވި ހުރި މުސާރަތައް އަދާ ކުރެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.

މީގެ އިތުރުން ޒުހޫރު ވިދާޅުވެފައި ވަނީ އެފްއޭއެމްގެ ކުރީގެ އިސްވެރިން ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށާއި، ޚާއްސަކޮށް ކުލަބުތަކަށް ފައިސާ ދިނުމުގެ ކަންކަން ކޮށްފައި ވަނީ އެކަން ކުރަން އޮންނަ ގޮތެއް ނޫން ކަމަށެވެ. ޚާއްސަކޮށް ކުލަބުތަކަކީ އެފްއޭއެމް އިން ފައިސާ ދީގެން ހިންގަން އޮންނަ ތަނެއް ނޫން ކަމަށާއި، ނަމަވެސް އެފްއޭއެމް އިން ސްޕޮންސާ ހޯދުމުގެ މަސައްކަތް ކުރެވިދާނެ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.

ފީފާ އިން ރާއްޖެ ނޯމަލައިޒް ކުރަން ނިންމައި، ނޯމަލައިޒިން ކޮމެޓީ އަށް މަސައްކަތްތައް ހަވާލު ކުރީ މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ މަސައްކަތްތައް މިވަގުުތު ކުރިއަށް ގެންދަމުން އަންނަނީ ގަލޮޅު ރަސްމީ ދަނޑުގައި ހުންނަ އޮފީހެއްގަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ 2024އަހުމަދު ޒުހޫރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު