Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ބުނަނީ ގައުމު އޮތީ ހާލުގައޭ، ފެންނަނީ ވެރި މީހާ ވިލާތުގައި އުފާ ކުރައްވާތަނެވެ

ގައުމަށް ބޮޑުކަމެއް ދިމާވެފައި އޮންނައިރަކު އެހެން ގައުމުތަކުގެ ވެރިން ބައްލަވާތަން ފެންނަނީ ރަސްމީ ދަތުރުފުޅުތައް ވެސް ކެންސަލު ކުރެއްވޭތޯއެވެ. އަމުދުން ޗުއްޓީ އޮންނަނީ ނެތް އެއްޗަކަށްވެފައެވެ. އަހަރެމެންގެ ރައީސް ތަފާތެވެ. ގައުމު އޮތީ ހާލުގައި ކަމަށް ވިދާޅުވެ، ރެކޯޑު އަދަދަކަށް ބޭރު ދަތުރުފުޅުތައް ކުރައްވާ އެންމެ ފަހުން ޗުއްޓީގައި އުފާކޮށްލައްވާ މެޗް ބައްލަވާލައްވަން އެ ވަޑައިގަތީ ވިލާތަށެވެ.

އާމިރު ސަލީމް
އާމިރު ސަލީމް | 24 ނޮވެމްބަރު 2024 | އާދީއްތަ 10:25
ރައީސް ޑރ މުއިއްޒު އަނބިކަނބަލުންނާއެކު (ފައިލް ފޮޓޯ)

ރައީސް ޑރ މުއިއްޒު އަނބިކަނބަލުންނާއެކު (ފައިލް ފޮޓޯ)

ހައްތަހާވެސް އިވެނީ ރާއްޖޭގެ އިގްތިސާދު ގޯސްވާހަކައެވެ. ރައްޔިތުން ހިތި ބޭސް ބޯންޖެހޭ ވާހަކައެވެ. ސަބްސިޑީތައް ކަނޑާ ވާހަކައެވެ. ގަރުދިޔަ ބަތް ކާން ޖެހޭނެ ވާހަކައެވެ. ރާއްޖެ ވަރަށް ހާލުގައި އޮތް ވާހަކަ އެވެ. އެހެން އަތް ނުފޯރާ ހިސާބަށް ޓެކްސްވެސް ބޮޑުކޮށްފިއެވެ. އެއާއެކު ތަކެތީގެ އަގުވެސް ދުވަހެއް ދުވަހަކަށް އުފުލެނީއެވެ. އަނގަޔާ އަތާ ދިމާ ނުވާ މީހުން ގިނަވަނީއެވެ. ކުދި ވިޔަފާރިތައް ބަންދު ކުރަނީއެވެ. ނަމަވެސް ބައްލަވާށެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އުޅުއްވާތީ ފެންނަނީ ޗުއްޓީގައެވެ. އެއް އަހަރުގެ ތެރޭގައި 15 ފަހަރަށް ރާއްޖެއިން ބޭރަށް ވަޑައިގެންފި ކަމަށް ވެއެވެ.

ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ޕްރިމިއަރ ލީގުގެ މެޗެއް ބައްލަވަން ވަޑައިގެން ކަމުގެ ޝަރަފާއެކު އެކަން ވެސް ކުރައްވައިފިއެވެ. އެވެސް ޒުވާނުންނަށް ޓަކައި ކުރެއްވި ކަމެކޯލައެވެ. އަނބިކަނބަލުންނާއެކު ތަހުމަތްތެރިއެއްގެ ކައިވެނީގެ ހަފްލާއަކަށް އަމިއްލަ އަށް ޚަރަދު ކުރައްވައިގެން ވަޑައިގެންނެވިޔަސް އެކަންވެސް ވާނީ ޖީބު ވެސް ލައްކަ ފުންވީމާތާއެވެ. މާލޭގައި ހުންނަވާ ކޮންމެ ދުވަހަކީ ފުޓްބޯޅަ ކުޅުއްވަން އާރަށަށް ވަޑައިގަންނަވާ ދުވެހެކެވެ. ދެ ޓީމުގައި ހިމެނޭނީ ކެބިނެޓް މެންބަރުންނެވެ. އެތަނުގައި ކެއުމާއި އުފާ ކުރުމެވެ. ގައުމު އޮތީ އެކަމަކު ވަރަށް ހާލުގައެވެ.

އިގްތިސާދީ އިސްލާހީ އެޖެންޑާއެއް ފައްޓަވައިފިކަމަށް ވިދާޅުވެ ސިޔާސީ މަގާމުތަކުން 228 މީހަކު ވަކި ކުރަން ނިންމެވި ކަމަށް ވިދާޅުވުމަށްފަހު ޑެޕިއުޓީ މިނިސްޓަރުންނާ ޕޮލިޓިކަލް ޑައިރެކްޓަރުން އިތުރަށް ތަންތަނަށް ވައްދަވަނީއެވެ. ވަކިކުރައްވާނެ ކަމަށް ވިދާޅުވި 228 މީހުންގެ ތެރެއިން ވަކި ކުރީ ކާކުކަން ދެނެހުރި މީހަކު މިސަރުކާރަކު ނެތެވެ. މަސްވެރިން ބުނަނީ މަސްވެރިކަމުގެ ސިނާއަތު ފުނޑުފުނޑުވެއްޖެ ކަމަށެވެ. ވިޔަވާރިވެރިން ބުނަނީ ކުދި ވިޔަފާރިތައް ބަނގުރޫޓްވެއްޖެ ކަމަށެވެ. ރިސޯޓް އޯނަރުންނާ ގެސްޓް ހައުސް ހިންގާ މީހުން ބުނަނީ ސަރުކާރާ އެމީހުންނާ މޫނު ކެނޑި އެ ސިނާއަތްވެސް ހަލާކުވާން ގާތްވެއްޖެ ކަމަށެވެ. އާސަންދައިން ޚިދުމަތެއް ނުލިބެއެވެ. ޔުޓިލިޓީޒް ބިލްތައް ބޮޑުވެ އާއްމުންނަށް ތަކްލީފަކަށް ވެއްޖެއެވެ. ރަށް ރަށުގެ މީހުން ބުނަނީ އެއިން ރަށެއްގައި ހިނގާ ޕްރޮޖެކްޓެއް ނެތް ކަމަށެވެ. ޕްރޮޖެކްޓްތައް ނުހިގާތީ ރަށުތެރޭގައި ފައިސާ ނުއެނބުރޭ ކަމަށެވެ. ފައިސާ ނުއެނބުރޭތީ ރަށުގެ ތިޔާގިކަން ކެނޑި ރަށްރަށް ފަގީރުވާން ފަށައިފި ކަމަށެވެ. ތަކެތީގެ އަގު ބޮޑުވެ މީހުން ދަރަނިވެރިވެ ހާލުގައި ޖެހިއްޖެ ކަމަށެވެ. ޑޮލަރުގެ އަގުހުރީ މިއިން ޒަމާނަކު ނާރާހާ މަތީގައެވެ. މިއީ ގައުމުގެ ހާލަތެވެ. މި ގައުމުގައި ދިރިއުޅޭ މީހުންގެ މިއަދުގެ ހާލަތެވެ. ކޮންމެ ރައްޔިތެއްގެ ހިތުގެ އުދާހެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ބޭރުގެ ދަތުރުފުޅުތަކާއި އުޅުއްވާލެއް އުފާވެރިކަމުން ރާއްޖެ އޮތީ އެވިދާޅުވާ ހާލުގައިކަން ބަލަން ތިބި ދުރު މީހުންނަކަށް ގަބޫލެއް ނުކުރެވޭނެއެވެ.

ގައުމުގެ ދުސްތުރީ ނިޒާމް އެއްކޮށް ބަދަލުކޮށްލާ ވަރުގެ ބޮޑު ބަދަލެއް ގާނޫނު އަސާސީއަށް، ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ގެންނަވާ އެ ތަސްދީގު ކުރެއްވުމަށްފަހު އެ ރެއިން އެ ރެއަށް ޗުއްޓީއަށް ފުރާވަޑައިގަތީއެވެ. އިނގިރޭސިވިލާތުގެ މެންޗެސްޓާ އަށެވެ. ކައިވެނި ހަފްލާ އަކަށެވެ. ޕްރިމިއަރލީގުގެ މެޗެއް ބައްލަވާށެވެ. ފިކުރެއް ހިޔާލެއް ވެސް ނެތެވެ. އެހެން ގައުމުތަކުގެ ވެރިން އުޅުއްވަނީ ވެސް މިހެން ބާވައޭވެސް ހިތައް އަރައެވެ. ގައުމަށް ބޮޑުކަމެއް ދިމާވެފައި އޮންނައިރަކު އެބޭބޭފުޅުން ބައްލަވަނީ ދަތުރުތައް ކެންސަލް ކުރެއްވޭތޯ ނޫންބާވައެވެ. ގައުމުން ބޭރުގައި އޮންނަ ބައްދަލުވުންތަކަށް ވެސް ބަދަލުގައި އެހެން މީހަކު ފޮނުވައިގެން ހަމަޖެއްސެވޭތޯ ނޫންބާވައެވެ. އަމުދުން ޗުއްޓީ ނަންގަވައިގެން ވެޑިންތަކަށާ ލީގުތަކުގެ މެޗުތަކަށް ވަޑައިގެން އުޅުއްވާ ވެރިއަކު މި ނޫންގައުމަކުން ފެންނާނެ ބާވައެވެ. ސައުވީސް ގަޑީއިރު މަސައްކަތުގައި އުޅުއްވާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ވައުދުވެސް މިވީ އެމަނިކުފާނުގެ އެހެން ވައުދުތަކަށް ވީ ގޮތަށް ތޯއެވެ.

މަގޭ ރިޕޯޓްޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު