Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

އެންޑްރިކް ދޫކޮށްލުމުގެ ވިސްނުމެއް ރެއާލުން ނުގެން ގުޅޭ

ރެއާލްގެ މަސްދަރަކާ ހަވާލާދީ މީޑިއާ ތަކުގަައި ބުނެފައިވާ ގޮތުގައި، އެންޑްރިކް ދޫކޮށްލުމަކީ އެ ކުލަބުން ގެންގުޅޭ ވިސްނުމެއް ނޫނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ނޮވެމްބަރު 2024 | ބުރާސްފަތި 07:42
ރެއާލްގެ މެޗެއްގައި ލަނޑު ޖެހުމަށްފަހު އެންޑްރިކް އުފާ ފާޅު ކުރަނީ

ރެއާލްގެ މެޗެއްގައި ލަނޑު ޖެހުމަށްފަހު އެންޑްރިކް އުފާ ފާޅު ކުރަނީ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ އެންޑްރިކް ދޫކޮށްލުމުގެ ވިސްނުމެއް އެ ކުލަބުން ނުގެން ގުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 18 އަހަރުގެ ކުޅުންތެރިޔާ ރެއާލަށް ބަދަލުވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި ވަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި ހުންނާނެ އެވެ. ރެއާލުން އެންޑްރިކް ހޯދީ ޔޫރަޕުގެ ގިނަ ކުލަބުތަކަކުން އޭނާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ.

ސްޕެއިންގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ރެއާލުން އެންޑްރިކް ދޫކޮށްލުމުގެ ފުރުސަތު އެބަ އޮތެވެ. އެގޮތުން ރެއާލް އިން އޮތީ ލޯނު އެއްބަސްވުމެއްގެ ދަށުން ވިޔަސް، އެންޑްރިކް ދޫކޮށްލަން ބޭނުންވެފައި ކަމަށް ބުނެފައިވެ އެވެ. އެހެން ނަމަވެސް، ރެއާލްގެ މަސްދަރަކާ ހަވާލާދީ މީޑިއާ ތަކުގަައި ބުނެފައިވާ ގޮތުގައި، އެންޑްރިކް ދޫކޮށްލުމަކީ އެ ކުލަބުން ގެންގުޅޭ ވިސްނުމެއް ނޫނެވެ. ޚާއްސަކޮށް ލޯނު އެއްބަސްވުމެއްގެ ދަށުން ވެސް، އެންޑްރިކް ދޫކޮށްލަން ރެއާލުން ބޭނުން ނުވާ ކަމަށް ބުނެފައިވެ އެވެ. އަދި ސައުތެމްޓަން އިން އޭނާ ހޯދަން ޝައުޤުވެރިކަން ފާޅު ކޮށްފައިވާ ވާހަކަ އާއި، އެކަމާ ގުޅޭ މަޝްވަރާ ކުރެވިފައިވާ ވާހަކަ އަކީ ދޮގެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ރެއާލަށް ބަދަލުވީ ފަހުން އެންޑްރިކް ވަނީ މިހާތަނަށް އެ ކުލަބަށް 10 މެޗު ކުޅެދީފަ އެވެ. އަދި އޭނާ ވަނީ ރެއާލަށް ދެ ލަނޑު ޖަހައިދީފަ އެވެ. އޭނާއާ ގުޅޭ ގޮތުން ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ މީގެ ކުރިން ބުނެފައި ވަނީ، އެންޑްރިކް އަކީ ރެއާލްގެ ސިސްޓަމްގައި ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށާއި، އޭނާ އަކީ ރެއާލްގައި ވިދާލާނެ ކުޅުންތެރިޔަކަށް ވާނެ ކަމަށެވެ.

ރެއާލް މެޑްރިޑްއެންޑްރިކް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު