Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނޫނު އަސާސީ ދިފާއުކުރުން

ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން މަގުމައްޗަށް ނުކުތުމަށް ސަރުކާރުން ވަނީ މަޖުބޫރުކޮށްފައި: މެންބަރު ސަމީރު

މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން ތަމްސީލުކުރާ ބައެއް

އަމްނާ އިމާދު
އަމްނާ އިމާދު | 20 ނޮވެމްބަރު 2024 | ބުދަ 12:37
ގާނޫނު އަސާސީގެ ދިފާއުގައި ކުރި މުޒާހަރާގައި އެމްޑީޕީގެ ޕީޖީ މެންބަރުން

ގާނޫނު އަސާސީގެ ދިފާއުގައި ކުރި މުޒާހަރާގައި އެމްޑީޕީގެ ޕީޖީ މެންބަރުން

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން މަގުމައްޗަށް ނުކުތުމަށް މިސަރުކާރުން މަޖުބޫރުކޮށްފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވިދާޅުވެއްޖެއެވެ.

ގާނޫނު އަސާސީގެ ދިފާއުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ރާއްޖެއެމްވީއަށް މެންބަރު ސަމީރު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން ތަމްސީލުކުރާ ބައެއް ކަމަށާއި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ މެންބަރުން ކަމަށެވެ. އަދި މެންބަރުން ހަމައެކަނި ތަމްސީލުކުރަމުންދަނީ ޕާޓީ ނޫން ކަމަށް މެންބަރު ސަމީރު ވިދާޅުވިއެވެ.

ގާނޫނު އަސާސީ ދިފާއު ކުރުމަށް މަގުމައްޗަށް ނުކުތުމަށް މިސަރުކާރުން މަޖުބޫރުކޮށްފައިވާކަން ފާހަގަކުރައްވައި މެންބަރު ސަމީރު ވިދާޅުވީ ގާނޫނު އަސާސީ ފުޑާލުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށާއި، ގާނޫނު އަސާސީގެ ހައްގުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރާ ހުރިހާ މެންބަރުން މުޅި ރާއްޖޭ މަސްހަލަތު އިސްކުރަންޖެހޭ ކަމަށެވެ.

މެންބަރު ސަމީރު ވިދާޅުވީ ޕާޓީން މަޖިލީހަށް އިންތިޚާބުވާ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ، އެކަމާމެދު ފިޔަވަޅުތަކެއް އެޅެންޖެހޭ ކަމަށާއި، ނަމަވެސް ގިނަ ބައެއްގެ ހައްގުތައް ގެއްލިގެން ނުވާނެ ކަމަށެވެ. އަދި މިއަށް ވުރެ ހަރުދަނާ އުސޫލުތަކާއި، ފިޔަވަޅުތައް އެޅޭނެ ކަމަށް ގަބޫލުކުރާ ކަމަށް މެންބަރު ސަމީރު ވިދާޅުވިއެވެ.

ހުސެއިން ސަމީރު މަޖިލިސް20

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

14 އޮކްޓޯބަރު 2025
ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!
14 އޮކްޓޯބަރު 2025

ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

14 އޮކްޓޯބަރު 2025
ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!
14 މެއި 2025

ޖުޑިޝަރީ ކޮމެޓީ ކުރިއަށް ގެނދިއުމުގައި ޕީއެންސީ މެންބަރުންގެ ހުދުމުހުތާރުކަން ބޮޑުކޮށް ފާހަގަކުރެވުނު: ނާޒިލް

14 މެއި 2025
ޖުޑިޝަރީ ކޮމެޓީ ކުރިއަށް ގެނދިއުމުގައި ޕީއެންސީ މެންބަރުންގެ ހުދުމުހުތާރުކަން ބޮޑުކޮށް ފާހަގަކުރެވުނު: ނާޒިލް
02 މެއި 2025

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް

02 މެއި 2025
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް
19 މާރިޗު 2025

ރަމަޟާން މަހުގެ ފަހު 10 އަކަށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި

19 މާރިޗު 2025
ރަމަޟާން މަހުގެ ފަހު 10 އަކަށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު