Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން ސަލާމަތްވޭ، ޖަލުތަކުގައި ގިނައީ އެއް ގްރާމް ދެ ގްރާމްގެ މީހުން: މެންބަރު ޒިޔާދު

މުޖުތަމައުތައް ހަލާކުވެގެންދާއިރު، ޕްރެވެންޝަންއަށް އިތުރު ފިޔަޅުތައް އަޅަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 9 ޑިސެމްބަރު 2024 | ހޯމަ 07:47
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ ގިނަ މީހުން ސަލާމަތްވާ ކަމަށާއި، ޖަލުތަކުގައި ގިނައީ އެއް ގްރާމް ދެ ގްރާމުގެ މީހުން ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ތާއީދުކުރައްވައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ މަސްތުވާތަކެތި އުފައްދާ މީހުން އަބަދުވެސް އުޅެމުންދަނީ ގާނޫނު ހަދާ ފަރާތްތަކާއި، ފަންފީޒީ ފަރާތްކަށް ވުރެ މާކުރީގައި ކަމަށާއި، ހާލަތު އަވަސްއަވަހަށް ބަދަލުވެގެންދާ ކަމަށެވެ. މަސްތުވާތަކެއްޗަކީ ބިލިއަން ޑޮލަރުގެ ވިޔަފާރިއެއް ކަމަށާއި، ރާއްޖެއަށް މި ތަކެތި ފަޓާސްހެން އެތެރެނުކުރެވޭނެ ކަމަށެވެ. އަދި މުޖުތަމައުތައް ހަލާކުވެގެންދާއިރު، ޕްރެވެންޝަންއަށް އިތުރު ފިޔަޅުތައް އަޅަންޖެހޭ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މެންބަރު ޒިޔާދު ވިދާޅުވީ މަސްތުވާތަކެއްޗަށް ހުށަހެޅުމަށް ހުރި ފުރުސަތުތައް ދޮރުތައް ބަންދު ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި މަސްތުވާތަކެއްޗަށް ޕްރެވެންޝަންއަށް މި ގާނޫނުން އެކަށީގެންވާ ގޮތަކަށް އަދި ހިމަނާފައިނުވާ ކަމަށާއި، މިދާއިރާތަކަށް ބޮޑަށް އިސްކަންދޭންޖެހޭ ކަމަށެވެ.

މަސްތުވާތަކެތީގައި ޖެހިފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ޖަލުތަކުގައި ފަރުވާ ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. މެންބަރު ޒިޔާދު ވިދާޅުވީ ހާލަތު ބަދަލުވެ، އަމަލުތައް ބަދަލުވަމުންދާއިރު، ފަރުވާ ދިނުމުގައި ވައްޓަފާޅިއަށް ބަލަންޖެހޭ ކަމަށެވެ. މިމައްސަލަ ހައްލުކުރުމަށް ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހުތަކަކީ މިކަމުގެ 10 ޕަސެންޓު ކަމަށާއި، 90 ޕަސެންޓަކީ ތަންފީޒީ އިދާރާތަކާއި، ދިރިއުޅުމުގެ ހާލަތަށް ބަދަލު ގެނެސްގެން ކުރެވޭ މަސައްކަތް ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ ގިނަ މީހުން ސަލާމަތްވާ ކަމަށާއި، ރާއްޖޭގައި ޖަލުތަކުގައި މިހާރު ވެސް ގިނައީ މަދު މަސްތުވާތަކެއްޗާއެކު އަތުލައިގަނެފައިވާ މީހުން ކަމަށެވެ.

މެންބަރު ޒިޔާދު ވިދާޅުވީ ޚާއްސަކޮށް ޕްރެވެންޝަންއަށް އަޅަންޖެހޭ ފިޔަވަޅުތައް ނާޅާނަމަ ޒުވާން ޖީލު މަސްތުވާތަކެތިން ސަލާމަތް ނުކުރެވޭނެ ކަމަށެވެ. ގާނޫނުތައް ހެދިދާނެ ކަމަށާއި، އަދަބުތައް އަދިވެސް އިތުރަށް ހަރުކަށިކޮށް، ވަރުގަދަކުރެވިދާނެ ކަމަށެވެ. ނަމަވެސް ތަންފީޒު ނުކުރެވެނީ ކީއްވެގެންތޯ ބަލަންޖެހޭ ކަމަށާއި، ދިރިއުޅުމުގެ ހާލަތާއި، މަސްތުވާތަކެއްޗަށް ޒުވާނުން އެބުރެންޖެހޭ ސަބަބު ދެނެގަނެ އެކަން ހައްލު ކުރުމަށް ވަށާޖެހޭ ހައްލެއް ހޯދަންޖެހޭ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

މެންބަރު ހުސެއިން ޒިޔާދު މަޖިލިސް20

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

މި މަޖިލީހުގައި މައިގަނޑު މަސައްކަތަކަށް އޮންނަނީ އިއްޔެ ހެދި ގާނޫނު މިއަދު އިސްލާހު ކުރުން: މެންބަރު ޒިޔާދު

28 ނޮވެމްބަރު 2025
މި މަޖިލީހުގައި މައިގަނޑު މަސައްކަތަކަށް އޮންނަނީ އިއްޔެ ހެދި ގާނޫނު މިއަދު އިސްލާހު ކުރުން: މެންބަރު ޒިޔާދު
14 އޮކްޓޯބަރު 2025

ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

14 އޮކްޓޯބަރު 2025
ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!
14 އޮކްޓޯބަރު 2025

ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

14 އޮކްޓޯބަރު 2025
ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!
14 މެއި 2025

ޖުޑިޝަރީ ކޮމެޓީ ކުރިއަށް ގެނދިއުމުގައި ޕީއެންސީ މެންބަރުންގެ ހުދުމުހުތާރުކަން ބޮޑުކޮށް ފާހަގަކުރެވުނު: ނާޒިލް

14 މެއި 2025
ޖުޑިޝަރީ ކޮމެޓީ ކުރިއަށް ގެނދިއުމުގައި ޕީއެންސީ މެންބަރުންގެ ހުދުމުހުތާރުކަން ބޮޑުކޮށް ފާހަގަކުރެވުނު: ނާޒިލް
02 މެއި 2025

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް

02 މެއި 2025
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު