Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރެވިދާނެ ހާލަތު ލުއި ކުރަން ރަޝިޔާގެ ރައީސް ނިންމަވައިފި

19 ނޮވެމްބަރު 2024 | އަންގާރަ 17:32

މި ބަދަލު ގެނައި ދަނޑިވަޅަކީ، އެމެރިކާގައި އުފައްދާ އަދި ޔޫކްރެއިން އަށް ފޯރުކޮށް ދެމުންދާ ދުރު ރާސްތާ މިސައިލް ރަޝިޔާ އަށް ހަމަލާ ދިނުމުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ ރައީސް ޖޯ ބައިޑްން ދެއްވުމާއެކު ފުރަތަމަ ފަހަރަށް އެ ފަދަ މިސައިލް ބޭނުން ކޮށްގެން ޔޫކްރެއިނުން ރަޝިޔާގެ ތެރެއަށް ހަމަލާދީފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.

ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2024 | އަންގާރަ 17:32
ރަޝިޔާގެ ރައީސް ވުލެޑިމިއަރ ޕުޓިން

ރަޝިޔާގެ ރައީސް ވުލެޑިމިއަރ ޕުޓިން

ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރެވިދާނެ ހާލަތު ލުއި ކުރަން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ހުއްދަ ދެއްވައިފިއެވެ.

އައު އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި ނިއުކްލިއަރ ހަތިޔާރު ނެތް ޤައުމަކުން ރަޝިޔާ އަށް ހަމަލާއެއް ދޭ ހާލަތުގައި، އެ ހަމަލާ އަކީ ނިއުކްލިއަރ ބާރެއްގެ އެހީތެރިކަމާއެކު ދިން ހަމަލާ އެއް ނަމަ، އެއީ ރަޝިޔާ އަށް ނިއުކްލިއަރ ބާރަކާ ގުޅިގެން ދިން ހަމަލާއެއްގެ ގޮތުގައި ބެލެވޭނެއެވެ.

ރަޝިޔާ ގެ "ނިއުކްލިއަރ ޑޮކްޓްރައިން" އަށް މި ބަދަލު ގެންނަން ހުށަހަޅާފައި ވަނީ ސެޕްޓެމްބަރު މަހުގައެވެ. އެހެން ނަމަވެސް މި އައު އުސޫލަށް އަމަލު ކުރަން ރަޝިޔާގެ ރައީސް ހުއްދަ ދެއްވީ، ޔޫކްރެއިންނާ އެކު ކުރަމުންދާ ހަނގުރާމައިގެ 1،000 ދުވަސް ފުރުނު ދުވަހުގައެވެ.

އަދި މީގެ އިތުރުން، މި ގޮތައް އަމަލު ކުރުމަށް ރަޝިޔާގެ ރައީސް ހުއްދަ ދެއްވި މި ދަނޑިވަޅަކީ، އެމެރިކާގައި އުފައްދާ އަދި ޔޫކްރެއިން އަށް ފޯރުކޮށް ދެމުންދާ ދުރު ރާސްތާ މިސައިލް ރަޝިޔާ އަށް ހަމަލާ ދިނުމުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ ރައީސް ޖޯ ބައިޑްން ދެއްވުމާއެކު ފުރަތަމަ ފަހަރަށް އެ ފަދަ މިސައިލް ބޭނުން ކޮށްގެން ޔޫކްރެއިނުން ރަޝިޔާގެ ތެރެއަށް ހަމަލާދީފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.

ރަޝިޔާގެ ނިއުކްލިއަރ ޑޮކްޓްރައިން އަށް މި ގެނައި ބަދަލާއެކު، ރަޝިއާއަށް ޔޫކްރެއިން މިސައިލް، ޑްރޯން، ނުވަތަ މަތިންދާބޯޓު މެދުވެރިކޮށް ދޭ ހަމަލާއަކީ ނިއުކްލިއަރ ރައްދެއް ދިނުމަށް ޝަރުތު ހަމަވާ ހަމަލާއެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެއާއެކު ރަޝިޔާ އާ ދެކޮޅަށް ހަނގުރާމައިގައި އިއްތިހާދުވެފައިވާ ގައުމުތަކުގެ ތެރެއިން އެއްވެސް ގައުމަކުން ރަޝިޔާ އަށް ދޭ ހަމަލާއެއް މޮސްކޯއިން ދެކޭނީ މުޅި އިއްތިހާދުން ދޭ ހަމަލާއެއްގެ ގޮތުގައެވެ.

ރޫސީ ޑިޕްލޮމެޓުން ބުނާ ގޮތުގައި މިހާރުގެ ހާލަތަކީ 1962 ވަނަ އަހަރުގެ ކިއުބާގެ މިސައިލް ކްރައިސިސް އާ އެއްފަދަ ހާލަތަކެވެ. އެއީ އޭރު ހިނގަމުން ދިޔަ ފިނި ހަނގުރާމައިގައި ދުނިޔޭގެ ދެ ސުޕަރ ޕަވަރުން ނިއުކްލިއަރ ހަނގުރާމައަކަށް އެންމެ ކައިރިވި ދަނޑިވަޅެވެ. އަދި ޔުކްރެއިންގެ މައްސަލާގައި ރަޝިޔާ ފަހަތަށް ޖެހޭނެ ކަމަށް ހީކުރާނަމަ، ހުޅަނގުގެ ޤައުމުތަކުން ކުރަނީ ކުށް ހީއެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ޖުމްލަކޮށް ބަލާއިރު، ދުނިޔޭގެ ނިއުކްލިއަރ ހަތިޔާރުތަކުގެ 88 އިންސައްތަ ކޮންޓްރޯލް ކުރަނީ ރަޝިޔާ އާއި އެމެރިކާއިން ނެވެ.

ރަޝިޔާގެ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމާ ގުޅޭ މައިގަނޑު ނިންމުންތައް ނިންމަވަނީ އެ ގައުމުގެ ރައީސް ޕުޓިންއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް