Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް 2025

މި ސަރުކާރުގެ އެއް އަހަރު ތެރޭވެސް ރައްޔިތުންގެ ޖީބަށް ނޭދެވޭ އަސަރުކޮށްފި، މިއަދު ރައްޔިތުން އެ ވާހަކަ އެބަ ދައްކާ - ނާޒިލް

ރައްޔިތުންގެ މަޖިލީހަށް 56.6 ބިލިއަން ރުފިޔާގެ 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުށަހެޅުއްވީ 2024 އޮކްޓޯބަރު 31 ގަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2024 | އަންގާރަ 14:44
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

މި ސަރުކާރު ވެރިކަމަށް އައިފަހުން ރައްޔިތުންގެ ޖީބަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށާއި މިއަދު ރައްޔިތުން އެ ވާހަކަ އެބަ ދައްކާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ނާޒިލް ވަނީ، ޖުމްލަ ބަޖެޓުގައި 57 ބިލިއަން ޖަހާފައިވާއިރު، އެ 57 ބިލިއަން ޚަރަދުކުރާނެ ގޮތުގެ ތަފްސީލެއް އެއްވެސް ވަރަކަށް ހިމަނާފައިނުވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް 56.6 ބިލިއަން ރުފިޔާގެ 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުށަހެޅުއްވީ 2024 އޮކްޓޯބަރު 31 ގައެވެ. އަންނަ އަހަރުގެ ބަޖެޓަކީ 56,647,600,859 (ފަންސާސް ހަ ބިލިޔަން، ހަސަތޭކަ ސާޅީސް ހަތް މިލިޔަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާއެވެ. ޓެކްސްގެ ގޮތުގައި ނަގާ ފައިސާ އިތުރުކުރުން ފަދަ ނިންމުންތަކުގެ ނޭދެވޭ އަސަރު އިންތިހާ އަށް ރައްޔިތުންނަށް ކުރާ ކަމަށް ނާޒިލް ވިދާޅުވިއެވެ. ނާޒިލް ވަނީ އެކަމުގެ އަސަރު އެތައް އަހަރުތަކަކަށް ކުރާނެ ކަމަށް ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ބަޖެޓަށް ބަހުސް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމާލާއިރު، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މެންބަރުން ވެސް އަންނަނީ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުކިޔުއްވަމުންނެވެ. އެގޮތުން، މެމްބަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ވަކިވަކި ދާއިރާތަކުގެ ރަށްރަށުގެ މަޝްރޫއުތަކަށް ހަރަދު ކުރާނެ ތަފްސީލް ޖަހާފައި ނެތުމެވެ. އަދި ބަޖެޓުގެ ސަބްސިޑީ ކަނޑާލުމާއި، މަޝްރޫޢުތައް ކުރިއަަށް ގެންދިއުމާއި މެދު މެމްބަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ވެސް މަޖިލީހުގެ މެމްބަރުން ވަނީ ހާމަކުރައްވާފައެވެ. އާމްދަނީ އިތުރުކުރުމަށް ޓީޖީއެސްޓީ އަށް ވެސް ބުރައެއް އައިސްފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ. ގްރީންޓެކްސް އިތުރު 100 އިންސައްތަ އިތުރުވާ ކަމަށާއި އެއާޕޯޓް ޓެކްސް ވެސް ބޮޑުވެފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ. އެއީ ރާއްޖެ ފަދަ ފަތުރުވެރިކަމުން އާމްދަނީ ލިބޭ ޤައުމަކަށް ބިރުވެރި ހާލަތެއް ކަމަށް ނާޒިލް ވިދާޅުވިއެވެ.

އެހެންނަމަވެސް، މަޖިލީހުގައި މެޖޯރިޓީ އޮންނަ ސަރުކާރު ޕާޓީ، ޕިއެންސީގެ މެމްބަރުން ވިދާޅުވަމުން އަންނަނީ 2025 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ މިހާތަނަށް މަޖިލީހަށް ހުށަހެޅުނު އެންމެ ފުރިހަމަ ބަޖެޓުކަމުގައެވެ.

2025 ވަނަ އަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ބަޖެޓުގައި ގެދޮރުވެރިކަމަށް ކަނޑައަޅާފައިވަނީ އެންމެ އެންމެ 2.7 ބިލިއަން ރުފިޔާ އެވެ. މިއީ 2024 ވަނަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމަށް ކަނޑައެޅި އަދަދާ އަޅާބަލާއިރު މަދުއަދަދެކެވެ. 2024 ވަނަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމަށް ކަނޑައެޅީ 3.4 ބިލިއަން ރުފިޔާއެވެ.

ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ ކަމަށެވެ.

ބަޖެޓް 2025ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

16 ނޮވެމްބަރު 2025
މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް: ޒިޔާދު

މަޝްރޫޢުތައް ނުނިންމާ ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ތޮބީއަތުގައި ހުރި ކަމެއް: ޒިޔާދު

03 ނޮވެމްބަރު 2025
"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"

"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"

02 ނޮވެމްބަރު 2025
ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!

ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!

07 އޯގަސްޓު 2025
ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

18 ޖުލައި 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު