Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގަވަރުނަރު އަލީ ޙާޝިމް ވަކި ކުރަން އުޅުން

"މި ދިމާކުރީ ނަޒާހާތްތެރިކަމާއިއެކު ހިދުމަތުގާ ދެމިހުންނެވި ގަވަރުނަރާ"

ސަރުކާރުގެ ރިކަރަންޓު ޚަރަދު މައްޗަށް ދާއިރު، މަސައްކަތެއް ނުކުރާ މީހުންނަށް ވެސް މުސާރަދޭ ކަމަށް ބުނޭ

ރާއްޖެ އެމްވީ | 1 ޖުލައި 2024 | ހޯމަ 14:27
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ޙާޝިމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ޙާޝިމް

ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކި ކުރަން ސަރުކާރުން ދިމާ ކުރީ އެމަނިކުފާނު ނަޒާހަތްތެރި ކަމާއެކު މަގާމުގެ މަސްއޫލިއްޔަތުތައް އަދާ ކުރައްވަމުން ގެންދަވަނިކޮށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލް މިހެން ވިދާޅުވީ، ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ޙާޝިމް ވަކި ކުރަން ފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅަން ފެންނަ ކަމަށް ފާސް ކުރުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

އަލީ ހާޝިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ހުށަހެޅުއްވީ ސަރުކާރު ތަމްސީލް ކުރާ ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. ޑރ. މުއިއްޒުގެ ސަރުކާރުގެ މެޖޯރިޓީ އޮންނަ މާލިއްޔަތު ކޮމިޓީން ނާޒިމްގެ ހުށަހެޅުން ފާސްވި ނަމަވެސް، އެ ހުށަހެޅުމަށް މާލިއްޔަތު ކޮމިޓީގައި ހިމެނޭ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވޯޓު ދެއްވާފައެއް ނުވެއެވެ.

އަލީ ހާޝިމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނާޒިމް ހުށަހެޅުއްވީ، އެމްއެމްއޭގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ އަށް އަލީ ހާޝިމް އަދާނުކުރައްވާ ކަމަށް ވިދާޅުވެއެވެ.

ދައުލަތުގެ ޚަރަދު ބަރަދަށް ވަމުންދާ ގޮތުގެ މައުލޫމާތު ބާރާބަރަށް ހާމަ ކުރަމުން ގެންދާ އެމްއެމްއެމްއޭ އިން އެންމެ ފަހުން އާންމު ކުރި ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ ދައުލަތުގެ ހިންގުމުގެ ޚަރަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.

މި ގޮތުން މި އަހަރުގެ މާޗް މަހު ދައުލަތުން ކުރި ޖުމްލަ ޚަރަދު، ކުރީ އަހަރުގެ މާޗް މަހު ކުރި ޚަރަދަށް ވުރެ 115.3 މިލިއަން ރުފިޔާ އިތުރު ވެފައި ވާކަން އެމްއެމްއޭ އިން ވަނީ ހާމަކޮށްފައެވެ.

އެމްއެމްއޭ އިން މި ހުސްވި ޖޫން މަހުގެ "އިކޮނޮމިކް އަޕްޑޭޓް" ގައި ބުނެފައިވަނީ އެއީ 3% ގެ އިތުރުވުމެއް ކަމަށެވެ.

މިއަހަރުގެ މާޗް މަހު ރިކަރަންޓް ޚަރަދުތަކުގެ ގޮތުގައި ޚަރަދު ކުރި މިންވަރު 559.8 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

ދައުލަތުގެ ހިންގުމުގެ ޚަރަދުތައް ބޮޑުވެފައިވާ ކަން އެމްއެމްއޭ އިން ހާމަ ކުރިއިރު، ސިޔާސީ މަގާމުތަކަށް ބޭނުމެއް ނެތް ގޮތައް މީހުން ލުމާއި، މާ މުހިންމު ބޭނުމަކާ ނުލާވެސް އޮފީސްތައް އުފެއްދުން ފަދަ އިސްރާފް ބޮޑު ކަންކަން މި ސަރުކާރުން ކުރަމުންދާ ކަން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އިން ހުސްވި ހަފްތާގައި ވަނީ ފާހަގަ ކޮށްފައެވެ.

"އެބައެއްގެ އަމަލުތަކާއި ހުރެ ބައިލައްކަ އެއްހާ އިންޑިޔާ ޓުއަރިސްޓުން މި ގައުމަށް ނައިސް، ބިލިއަނުން އިގްތިސޯދަށް ގެއްލުންދިން ޑެޕިއުޓީ މިނިސްޓަރުންނަށް ބަރާބަރަށް މުސާރަ ދެމުން، ޒިންމާ އަދާނުކުރާ ކަމަށްބުނެ މި ދިމާކުރީ ނަޒާހަތްތެރި ކަމާއެކު ހިދުމަތުގައި ދެމި ހުންނެވި ގަވަރުނަރާ،" މީކާއިލް ވިދާޅުވިއެވެ.

އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމްގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ޤާނޫނުއަސާސީގެ ދިފާޢުގައި ނުނިކުމެ ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެއް ނުބާއްވާނެ - މީކާއީލް

ޤާނޫނުއަސާސީގެ ދިފާޢުގައި ނުނިކުމެ ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެއް ނުބާއްވާނެ - މީކާއީލް

11 ޑިސެމްބަރު 2024
"ރައީސް މުއިއްޒުގެ އަރިހުގައި ގިނައީ ވަގުން، އެއީ ބައި އަޅައިގެން ވައްކަންކުރި މީހުން"

"ރައީސް މުއިއްޒުގެ އަރިހުގައި ގިނައީ ވަގުން، އެއީ ބައި އަޅައިގެން ވައްކަންކުރި މީހުން"

17 ނޮވެމްބަރު 2024
ގުޅީފަޅު ގޯތިތަކުގެ ގުރުއަތު ސަރުކާރު އޮފިޝަލުން ނަގާތީއާއި ގޯއްޗާއި ފުލެޓް ހަވާލުކުރުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ސަރުކާރު މެންބަރުން ބޭރުކޮށްލައިފި

ގުޅީފަޅު ގޯތިތަކުގެ ގުރުއަތު ސަރުކާރު އޮފިޝަލުން ނަގާތީއާއި ގޯއްޗާއި ފުލެޓް ހަވާލުކުރުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ސަރުކާރު މެންބަރުން ބޭރުކޮށްލައިފި

30 އޮކްޓޯބަރު 2024
"އޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ނެގުމަކީ ތިންބާރު ވަކިވެފަވާ ނިޒާމެއް ހަލާކުކޮށްލުން"

"އޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ނެގުމަކީ ތިންބާރު ވަކިވެފަވާ ނިޒާމެއް ހަލާކުކޮށްލުން"

29 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު