Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ސަރުކާރަށް އަހަރެއް: "އަފިލާ ގަސްގަހުގެ ކުރިއަށް ކަފިހިބޮލި މަސްލާ ދުވާތީއޭ"

އެކަމަކު، ޤައުމުގެ ވެރިމީހާ ވެވަޑައިގަންނަވާ ވައުދުތަކާ، "ނަނާ ހުވަފެން" ލަވައިގައި އެ ބުނާާ ވާހަކަތަކާ އެއް ގޮތްވީމަ ކަމަކު ނުދާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2024 | އާދީއްތަ 07:41
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއް އަހަރުވީ އެވެ. 2023 ވަަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ފެށުނު، ދެވަނަ ޖުމްހޫރިއްޔާގެ 8 ވަނަ ވެރިކަމަކީ، އުންމީދީ ވެރިކަމެއްގެ ގޮތުގައި ދެކުނު ރައްޔިތުން މަދެއް ނޫނެވެ. އެ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން އަދުގެ ރައީސުލްޖުމްހޫރިއްޔާ އަށް ވޯޓު ދިނީ، އެ ރައްޔިތުންނަށް ދެއްކި ހުވަފެންތަކަށް ބެލުމަށްފަހު އެވެ.

ރައްޔިތުންނަށް ވަޢުދުވީ މަތި ލުއި ސަރުކާރެއް ޤާއިމު ކުރުމަށެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު، މީގެ ކުރީގެ ސަރުކާރުތަކަށްވުރެ އެތައް ގުނައެއް މަދު ކުރާނެ ކަމުގެ ވައުދެވެ. އެވަރުން ވެސް ނުފުދިގެން ދެން ވިދާޅުވީ، ސިޔާސީ މުވައްޒަފުންގެ އަދަދު 700ށް ވުރެ އިތުރު ނުކުރާނެ ކަމަށެވެ. ބޭނުން ވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި، އެ ޚިދުމަތް އެންމެ ފުރިހަމައަށް ދެއްވާނެ ކަމަށް ވިދާޅުވެގެންނެވެ.

ޚަރަދު ކުޑަ ސަރުކާރެއް ޤާއިމު ކުރާނެ ކަމަށާއި، ބޭކާރު ކަންކަމަށް ޚަދަރު ނުކުރައްވާނެ ކަމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެން، ހުވާ ކުރެއްވުމުގެ ދަރުބާރު ތައްޔާރު ކުރުމަށް ވެސް 22.9 މިލިއަން ރުފިޔާ ޚަރަދު ކުރި އެވެ. ހުވާ ކުރެއްވުމަށްފަހު، މުލީއާގެ އަށް ބަދަލުވެވަޑައިގަތުގެ ބަދަލުގައި ރައީސް މުޢިއްޒު ހުންނެވީ އަމިއްލަ ގެކޮޅު، މ.ދިމްޔާތުގަ އެވެ. އޭގެ 80 ދުވަސް ފަހުން ރައީސް މުޢިއްޒު މުލީއާގެއަށް ބަދަލުވެވަޑައިގެންނެވީ އެ ގޭގެ މަރާމާތަށް 3.6 މިލިއަން ރުފިޔާ ހޭދަކުރެއްވުމަށްފަހު އެވެ.

މަތިބަރު ނުވާނެ ކަމަށް ބުނި ސަރުކާރުގެ މަތިބަރު ވާހަކަ އަކީ މިހާރު އަލަށް ދައްކަން ޖެހޭ ވާހައެއް ނޫނެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު 2000ން މައްޗަށް ގޮސްފައިވާކަން، އެކި އެކި މަސްދަރުތަކުން ހާމަވާން އޮތެވެ. މިކަމުގައި ވެސް ސާފު ޖަވާބެއް ނުލިބެނީ، ސަރުކާރުން އެކަން ހާމަ ކުރަން ދެކޮޅު ހަދާތީ އެވެ. ސަރުކާރަށް އެއް އަހަރުވެފައިވާއިރު، ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދު އަދި ބުނެވިފައެއް ނެތެވެ.

ސަރުކާރަށް އެއް އަހަރުވީއިރު، ތަރައްޤީގެ ވެލި ދަތް ގަނޑެއް ވެސް އަޅާލެވިފައި ނެތެވެ. މާލެ ސަރަހައްދާއި، ރާއްޖޭގެ އުތުރުން ދެކުނަށް ބަލާލި ނަމަވެސް ފެންނަން އޮތީ އެއް މަންޒަރެކެވެ. މަޝްރޫއުތަކެއް ނުހިނގަ އެވެ. ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ރަށް ރަށުގައި ހުރެގެން ހަލާކު ވަނީ އެވެ. މި ސަރުކާރުން އެއްވެސް ރަށެއްގައި އަލަށް ފެށި މަޝްރޫއެއް ނެތޭ ވެސް ދެންނެވިދާނެ އެވެ.

ރަށް ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ ވެސް އެއީ އެވެ. ތިމަންނާ މީހުންނަށް ފޮނި އުންމީދުތަކާއި، ހުވަފެންތައް ދައްކައިގެން ވެރިކަަށް އައިސް، އެ ރަށް ރަށު ރައްޔިތުންގެ ތަރައްޤީ އަަށް އެއްވެސް ކަމެއް ނުކުރާ ޝަކުވާ އަބަދު ރައްޔިތުން ކުރަނީ އެވެ. ވެރިކަމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ސަރުކާރަށް ބޮޑު މެޖޯރިޓީ ދީގެން ރައްޔިތުންނަށް އޮތީ އަނދަ ގޮނޑި ހެއްޔެވެ؟

މާލޭ ސަރަހައްދު ކައިރިން ހިއްކަން ފެށި ރަސްމާލެ މަޝްރޫއު ކުރިއަކަށް ނުދެ އެވެ. އެ މަޝްރޫއު ނިންމަވާނެ ކަމަށް ރައީސް މުޢިއްޒު އިއުލާން ކުރެއްވި ތާރީޚު ފަހަނައަޅާ ދިޔައިރު ވެސް، އެތަނުގެ 15 އިންސައްތަ ވެސް އަދި ހިއްކާ ނުނިމެ އެވެ. ދައުލަތުގެ ބަޖެޓުގައި ނެތް މަޝްރޫއުތައް ހިންގަން ވެސް ތިމަންނާމެންނަށް އިނގެޔޭ ކަމަށް ބުނެ ރަސްމާލެ މަޝްރޫއު ވީ، ރުއްކޮށީ ކުޑަ ކޮއެގެ ނިޔަނދުރަށްވީ ހެންނެވެ.

ދެން މިއަހަރުގެ ކުރީ ކޮޅު ދައްކާލީ އަދި މާ ބޮޑު ވާހަކަ އެކެވެ. އެ ބުނާ ރަސްމާލެ އާއި މާލެއާ ދެމެދު ކަނޑު އަޑީގެ ޓަނަލަކުން ގުޅާލާ ވާހަަކަ އެވެ. އެކަމަށް ބޭނުންވާ ފީސިބިލިޓީތައް ހަދަމުންދާ ކަމަށާއި، އެކަމުގެ ތަޖުރިބާ ހުރި ކުންފުންޏަކާ މަޝްވަރާ ކުރަމުންދާ ވާހަކަ ރައީސް މުޢިއްޒު ވިދާޅުވީ 2024 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އެކަން ވެގެން ދާނީ ދިވެހިންގެ މިހާރުގެ ޙާލަތު ބަަދަލުކޮށްލާނެ ކަމެއްގެ ގޮތުގައި ސަރުކާރުން ސިފަ ކުރަން ފެށި އެވެ.

އާޚިރުގައި ކަންތައްވީ އެހެން ގޮތަށެވެ. އެކަން ވެސް ވީ އެމެރިކާ މީހުން ހަނދަށް ދިޔުން ފަދަ ކަމަކަށެވެ. އެކަމަކީ ރައީސް ވިޝަން އެއް ކަމަށް ސަރުކާރުން ފަހުން ބުންޏެވެ. އެކަހަލަ ކިތަންމެ މޮޅު ވިޝަންތަކެއް މީގެ ކުރިން ވެސް ބައެއް ބޭފުޅުން ވިދާޅުވެފައި އެބަ ހުއްޓެވެ. އޭގެ ބައެއް ވިޝަންތައް ދަންނާވާލާނަމެވެ.

"ޅަފިސާރި މަގޭ މިތުރާ، މަފިސާރި ތެދެއް ބުނަންތާ، އަފިލާ ގަސްގަހުގެ ކުރިއަށް ކަފިހިބޮލި މަސްލާ ދުވާތީއޭ" ރަނގަޅު ވިޝަންއެއް ނޫންތޯ އެވެ؟ އަދި ވެސް ދަންނަވާލަން ހެއްޔެވެ! "އަޙުމަގޭ ހެޔޮކަތުންނޭ، ތަހުވާވެ އަނާ ބުނަންހޭ؟، ބަޚްތު ޖަމާލު ހެދިފަދަ ތަޚުތެއްމަތީގައި ނިދީތީއޭ" މި ވިޝަން ވެސް ރަނގަޅު ދެއްތޯ އެވެ؟

"ނާނާ ތެދެކޭ ކަތުންނޭ، ވާނާދި ނުވާ ވަރެއްހޭ، އާނުގެ އަޑިން ދިރޭރަހަ، ބާނިލާ ކެކިގެން އަރާތީއޭ" މިއީ ވެސް ހަމަ ވިޝަނެއްގެ ގޮތުގައި ބެލެވިދާނެ ކަންކަމެވެ. "ރޯދީނޭ އައްސަވާށޭ، ތޯނުވާ މީ ބަހެކޭ، ގޯތިތެރެއިން ޖަވާހިރު، ކޯދުލައި ފުރިގެން އަރާތީއޭ" މި ކަހަލަ ވިޝަން ބޭނުން ނުވާނީ ފަހެ ކާކު ހެއްޔެވެ؟

އެކަމަކު، ޤައުމުގެ ވެރި މީހާ ވެވަޑައިގަންނަވާ ވައުދުތަކާ، "ނަނާ ހުވަފެން" އެ ލަވައިގައި އެ ބުނާާ ވާހަކަތަކާ އެއް ގޮތްވީމަ ކަމަކު ނުދާނެ އެވެ. ކިތަންމެ ވަރެއްވީ ނަމަވެސް، އެއްގަމުގައި މި ހުރި އަފިލާ ހެދިފައިވާ ގަސްތަކުގެ ކުރިއަށް މޫދުގައި އެއުޅޭ ކަފިހި ބޮލި މަސްލައި ދުވާތީ އަޅުގަނޑުމެންނަށް ފެންނާނެ ހެއްޔެވެ؟

އަހަރެއް ފުރެން ދެ ތިން ދުވަހަށް ވެފައި ވަނިކޮށް ދެން ކޮށްލީ އަދި މޮޅު ކަމެކެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި މަސައްކަތް ނިންމައި، އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ)ގެ ފަސް އަހަރުގައި ބޭނުން ވެސް ކުރަން ފަށާފައިވާ ދަރުމަވަންތަ ހޮސްޕިޓަލު ރަސްމީކޮށް ހުޅުވާލީ އެވެ. އެތައް މިލިއަން ރުފިޔާ ޚަރަދު ކޮށްގެން، ކުލަ ކުލައިގެ ބޮކި ދިއްލައިގެން ހަފުލާއެއް ބާއްވައި، ރައްޔިތުންނަށް ދަޅައެއް ދައްކާލީ އެވެ.

ކޮންމެ އަކަސް، މި ސަރުކާރުގެ އެއް އަހަރު ދުވަހު ރައްޔިތުން މާޔޫސް ކުރުވައިފި އެވެ. ރައީސް މުޢިއްޒު އަށް ވޯޓު ދިން ޕީޕީއެމް-ޕީއެންސީގެ މެމްބަރުން ވެސް ތިބީ މިހާރު މޮޔަ ހީވެފަ އެވެ. ސަހަރޯ ހީވެފަ އެވެ. ނުވާންވީ ސަބަބެއް ނެތެވެ. އެތައް ދަޅައެއް ދައްކައިގެން ވެރިކަމަށް ވަޑައިގެން، ރައްޔިތުންނަށް ޖެއްސެވީ "ގިލަންވެރި ކަމުގެ އެއް އަހަރެވެ".

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
ރައީސް މައުމޫން ހައްޔަރުކުރަން މި ސަރުކާރަށް ކެރިދާނެތަ؟

ރައީސް މައުމޫން ހައްޔަރުކުރަން މި ސަރުކާރަށް ކެރިދާނެތަ؟

14 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

10 ޖޫން 2017
ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

07 މެއި 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު