Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ޔުނައިޓެޑަކީ ޕްރިމިއަރ ލީގުގެ އިންޖީނު: އަމޯރިމް

17 ނޮވެމްބަރު 2024 | އާދީއްތަ 03:50

އޭނާ ބުނީ ޔުނައިޓެޑުގެ އިސްވެރިން އަދި ޚާއްސަކޮށް އެ ކުލަބުގެ ސީއީއޯ އޭނާއާ ވާހަކަ ދައްކައި، ކުލަބާ މެދު އެމީހުން ގެންގުޅޭ ތަސައްވަރު ހިއްސާ ކުރުމުން، އެކަމާ އޭނާ ވަރަށް ގަޔާވި ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ނޮވެމްބަރު 2024 | އާދީއްތަ 03:50
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް

މެންޗެސްޓަރ ޔުނައިޓެޑަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ އިންޖީނު ކަމަށް، އެ ޓީމާ ދާދި ފަހުން އެ ޓީމުގެ ދާއިމީ ކޯޗަކަށް ހަމަޖެއްސި ޕޯޗުގަލްގެ ރުބެން އަމޯރިމް ބުނެފި އެވެ.

ޔުނައިޓެޑުގެ ކޯޗުކަމަށް އަމޯރިމް ހަމަޖެއްސީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ނެދަލެންޑްސްގެ އެރިކް ޓެން ހާގް މަގާމުން ވަކި ކުރުމަށްފަހު އެވެ. ކޯޗުކަމުގެ މަގާމުން ޓެން ހާގް ވަކިކޮށްފައި ވަނީ އޭނާގެ އިރުޝާދުގެ ދަށުން މި ސީޒަންގައި، ޚާއްސަކޮށް ޕްރިމިއާ ލީގުގައި ޔުނައިޓެޑުގެ ނަތީޖާތައް ދަށްވެފައިވާތީ އެވެ. މި ސީޒަނަކީ ޔުނައިޓެޑުގެ ތާރީޚުގައި ވެސް ޕްރިމިއާ ލީގުގައި އެ ޓީމަށް އެންމެ ދަށް ނަތީޖާއާ ކުރިމަތިލާން ޖެހުނު ސީޒަނެވެ.

ޔުނައިޓެޑާ ރަސްމީކޮށް ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން އަމޯރިމް ބުނީ، ޕްރިމިއާ ލީގުގެ އިންޖީނަކީ ޔުނައިޓެޑު ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް، ޔުނައިޓެޑަކީ ފުޓުބޯޅައިގެ އިންޖީނުކަން އެންމެނަށް ވެސް އިނގޭނެ ކަމަށް އަމޯރިމް ބުންޏެވެ. އޭނާ ބުނީ ޔުނައިޓެޑުގެ އިސްވެރިން އަދި ޚާއްސަކޮށް އެ ކުލަބުގެ ސީއީއޯ އޭނާއާ ވާހަކަ ދައްކައި، ކުލަބާ މެދު އެމީހުން ގެންގުޅޭ ތަސައްވަރު ހިއްސާ ކުރުމުން، އެކަމާ އޭނާ ވަރަށް ގަޔާވި ކަމަށެވެ.

މިވަގުތު ޔުނައިޓެޑާ ހަވާލުވުމަކީ ވެސް ވަރަށް ބޮޑު ޚާއްސަ ޝަރަފެއް ކަމަށް އަމޯރިމް ޤަބޫލު ކުރެ އެވެ. އެއީ އަލުން ޔުނައިޓެޑު ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތުގައި، ކުލަބުގެ އިސްވެރިންގެ ފުރަތަމަ ހޮވުމަކަށް އޭނާ ވުމުން ކަމަށް ވެސް އަމޯރިމް ބުންޏެވެ. އެހެންކަމުން މިވަގުތު އޭނާ ހަވާލުވަނީ ވަރަށް ބޮޑު ޒިންމާއަކާ ކަމަށާއި، އެކަން ކުރުމުގައި ދެމި ހުންނާނެ ކަމަށް ވެސް އަމޯރިމް ބުންޏެވެ.

މީގެ އިތުރުން އަމޯރިމް ބުނީ ޔުނައިޓެޑަކީ އަބަދު ވެސް އެންމެ ކުރީގައި އޮންނަން ޖެހޭ، އެންމެ ކާމިޔާބު ޓީމު ކަމަށެވެ. އަދި އަލުން އެ މަގާމަށް ޔުނައިޓެޑު ގެންދަން އޭނާ އަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި، ޔުނައިޓެޑަށް ހައްގުވާ މަގާމުގައި އެ ކުލަބު ބާއްވަން ކުރަން ޖެހޭ މަސައްކަތް އޭނާ އަށް ކުރެވޭނެ ކަމަށް ވެސް އަމޯރިމް ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ޔުނައިޓެޑާ އެކު ކުރިއަށް ދާނީ މާޒީން ފެންނަން ހުރި ކާމިޔާބާއި، ހިތްދަތި ކަންތައްތަކުން ފިލާވަޅު ލިބިގެންނެވެ.

މީގެ ކުރިމް ބެންފީކާ އަދި ޕޯޗުގަލް ޤައުމީ ޓީމަށް ވެސް ކުޅެފައިވާ އަމޯރިމް ކޯޗިންގެ ކެރިއަރު ފެށީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން ޔުނައިޓެޑު ވެގެން ދާނީ އަމޯރިން އިރުޝާދު ދޭނެ ހަތަރު ވަނަ ކުލަބަށެވެ. އޭނާ އެންމެ ފަހުން ހުރީ ޕޯޗުގަލްގެ ސްޕޯޓިންގެ ކޯޗުކަމުގަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ސްޕޯޓިން ވަނީ 231 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 164 މެޗުންނެވެ. 34 މެޗު އެއްވަރުވެފައިވާއިރު، 33 މެޗުން ވަނީ ބަލިވެފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ސްޕޯޓިން ވަނީ ފަސް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 މާރިޗު 2017

މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

23 މާރިޗު 2017
މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި
19 މާރިޗު 2017

މާލޭ ލީގުގެ ކުޅުން ފެށޭނީ އެޗްޕީއޭގެ ހުއްދަ ލިބިގެން: އެފްއޭއެމް

19 މާރިޗު 2017
މާލޭ ލީގުގެ ކުޅުން ފެށޭނީ އެޗްޕީއޭގެ ހުއްދަ ލިބިގެން: އެފްއޭއެމް
17 މާރިޗު 2017

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް