Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީހަކު ރަހީނުކުރި މައްސަލަ

ހިޔާ ޓަވަރުގައި މީހަކު ރަހީނުކުރުމުގެ ފަހަތުގައި އުޅެނީ 65 އަހަރުގެ މީހެއް

14 ނޮވެމްބަރު 2024 | ބުރާސްފަތި 14:29

އޭނާ އަކީ އުމުރުދުވަހަށް ޖަލަށް ލާފައިވާ މީހެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ނޮވެމްބަރު 2024 | ބުރާސްފަތި 14:29
ރަހީނުކުރި މައްސަލައިގައި ހައްޔަރު ކުރެވުނު މީހުން

ރަހީނުކުރި މައްސަލައިގައި ހައްޔަރު ކުރެވުނު މީހުން

ހިޔާ ޓަވަރުގައި މީހަކު ރަހީނުކުރުމުގައި އިސްކޮށް އުޅެނީ މުހައްމަދު ސަލީމް ނަމަކަށް ކިޔާ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށްގެން އަނިޔާކުރި މައްސަލައިގައި ތަފްސީލުދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސްޕްރިންޑެންޓެޑް އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައިގައި ރަހީނުކޮށް އަނިޔާދީފައިވާ މީހާގެ މައްސަލައިގެ ފަހަތުގައި ހުރިމަށް ތުހުމަތުކުރެވެނީ ރ. އިންނަމާދޫ، ފެރޯމާގޭ، މުހައްމަދު ސަލީމު ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ހައްޔަރުކޮށް ބުދަ ދުވަހު ވަނީ ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތުވެސް ޖަހާފައެވެ. އޭނާގެ ބަންދަށް ދީފައިވަނި 15 ދުވަހެވެ. 65 އަހަރުގެ މުހައްމަދު ސަލީމްގެ މައްޗަށް ތުހުމަތުކުރަނީ މަސްތުވާތަކެތި ބޭނުންކޮށްގެން ވިޔަފާރިކުރުމެވެ. ކޯޓު އަމުރުގައިވަނީ އޭނާގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް ވުޖޫދުވާވަރަށް ހެކި ލިބިފައިވާ ކަމަށް ފެންނަ ކަމަށެވެ. އެގޮތުން ހުށަހެޅިފައިވާ ފުލުހެއްގެ ބަޔާނުން އޭނާގެ ޖީބުންނާއި އޭނާ ހުރި އެޕާޓްމަންޓު ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

އަދި ފެނުނު ތަކެތީގެ ތެރޭގައި ވަގުތީގޮތުން ބެލިބެލުމުން 2 ގްރާމުގެ މެތް އަދި 1 ގްރާމުގެ ހެރޮއިން ހުރި ކަމަށް ބަޔާންކޮށްފައިވާ އިރު، މިއީ ގާނޫނީ ގޮތުން ބަލާއިރު ގިނަ އަދަދެއްގެ ތަކެތި ހިމެނެއެވެ. އަދި ފެނުނު ތަކެއްޗަކީ އެކި ބާވަތުގެ ތަކެތި ކަމުގައިވުމުން، އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކރުުމުގައި ބައިވެރިވުމެއް އޮތް ފަރާތެއް ކަމަށް ބެލެވޭތީ، މިފަދަ ފަރާތެއް ބަންދުން ދޫކޮށްލައިފިނަމަ މުޖްތމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ފެންނަ ކަމަށެވެ.

މުހައްމަދު ސަލީމުގެ ހަށިގަނޑުން ޝައްކު ކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓް ފެނިފައިވެއެވެ. އަދި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލާ ފާސްކުރިއިރު މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

ސްޕްރިންޑެންޓެޑް އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ މި މީހާއަކީ އުމުރުދުވަހަށް ޖަލަށްލާފައިވާ މީހެއް ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރު މަސްތުވާތަކެތީގެ ޑައިނޯމިން ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުގައި ދައުވާކުރެވި 17 މާރޗް 2019 ގައި ސާބިތުވާކަމަށް ކަނޑައަޅާ އުމުރުދުވަހަށް ޖަލަށް ލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ހުކުމް 6 އޮކްޓޯބަރ 2022 ގައި ހައިކޯޓުން ދަމަހައްޓާފައިވާ އިރު، މި މައްސަލައިގެ ހުކުމް ތަންފީޒްކުރަމުން ދަނިކޮށް 2021 ޖުލައި 8 ވަނަ ދުވަހު މީނަވަނީ ގޭބަންދަށް ބަދަލުކުރެވުނު ކަމަށެވެ. އަދި 2023 ވަނަ އަހަރު ޑައިނޯމިކް ޓްރެފިކްކުރުމުގެ އިތުރު މައްސަލައެއްގައި ހުޅުމާލޭ ކޯޓުގައި މިހާރުވެސް ޝަރީއަތް ހިނގަމުންދާކަމަށް ނާހިދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް