Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ޑެކޯ ބުނީ ގަވީގެ އެއްބަސްވުން އައު ކުރެވޭނެ ކަމަށް

ޑެކޯ ބުނީ، ބާސެލޯނާ އާއެކު އައު އެއްބަސްވުމުގައި ސޮއި ކުރާ މަންޒަރު އޭނާ އަށް ތަސައްވަރު ކުރެވޭ ކަމަށާއި، ގަވީގެ މުސްތަޤުބަލު ބާސެލޯނާގައި އޮތް މަންޒަރު ވެސް އޭނާ އަށް ފެންނަ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2024 | ބުރާސްފަތި 06:44
ބާސެލޯނާ އަށް ކުޅެމުން އަންނަ ގަވީ

ބާސެލޯނާ އަށް ކުޅެމުން އަންނަ ގަވީ

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ސެންޓްރަލް މިޑްފީލްޑަރު ގަވީގެ އެއްބަސްވުން އައު ކުރެވޭނެ ކަމަށް، އެ ކުލަބުގެ ޑައިރެކްޓަރު ޑެކޯ ބުނެފި އެވެ.

ބާސެލޯނާގެ ސީނިއާ ޓީމުން ގަވީ އަށް ފުރުސަތު ލިބުނީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން މިދިޔަ އަހަރު އޭނާ ވަނީ ބާސެލޯނާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށެވެ. އެއްބަސްވުމުގައި ބާކީ ދެ އަހަރެއްހާ މުއްދަތު އޮތް ނަމަވެސް، ބާސެލޯނާ އިން ބޭނުން ވަނީ އޭނާގެ އެއްބަސްވުން އައު ކުރުމަށެވެ. އެކަމާ ގުޅުން ހުރި މަޝްވަރާތައް ބާސެލޯނާ އިން ގަވީ އާއެކު ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑެކޯ ބުނީ، ބާސެލޯނާ އާއެކު އައު އެއްބަސްވުމުގައި ސޮއި ކުރާ މަންޒަރު އޭނާ އަށް ތަސައްވަރު ކުރެވޭ ކަމަށާއި، ގަވީގެ މުސްތަޤުބަލު ބާސެލޯނާގައި އޮތް މަންޒަރު ވެސް އޭނާ އަށް ފެންނަ ކަމަށެވެ. ޚާއްސަކޮށް ބާސެލޯނާގައި ގަވީ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަމަށް ޑެކޯ ފާހަގަ ކުރި އެވެ. އޭނާ އަކީ ޚާއްސަ ކުޅުންތެރިޔެއްކަން ފާހަގަކޮށް ގަވީ ބުނީ، ގަވީ އަކީ ތަޖުރިބާހުރި މޮޅު ކުޅުންތެރިޔެއް ކަމަށެވެ. ޒުވާން އުމުރުގައި ގަވީ ދައްކަމުން އަންނަނީ، 26 އަހަރު ނުވަތަ 27 އަހަރުގެ ކުޅުންތެރިޔަކު ދައްކަމުން އަންނަ ފެންވަރުގެ ކުޅުމެއް ކަމަށް ވެސް ޑެކޯ ބުންޏެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ގަވީ ބާސެލޯނާގެ އެއްބަސްވުން އައު ކުރުމަކީ ގާތް ކަމެކެވެ. އޭނާ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 117 މެޗުން ހަތް ލަނޑު ޖަހައިފަ އެވެ. ބާސެލޯނާ އާއެކު ދެ ތައްޓެއް ކާމިޔާބު ކޮށްފައިވާ ގަވީ އަކީ، އެ ޓީމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ އެއް ކުޅުންތެރިޔާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރޭކަށް ދިއުމުގެ ކުރިން ލިބުނީ މުހިންމު މޮޅެއް: ސާންތި

ބްރޭކަށް ދިއުމުގެ ކުރިން ލިބުނީ މުހިންމު މޮޅެއް: ސާންތި

23 މެއި 2017
ޕްރިމިއާ ލީގު: ގަދަ ހަތަރެއްގެ ޖާގަ ލިބުނީ ޗެލްސީ، ޓޮޓެންހަމް، ސިޓީ އަދި ލިވަޕޫލްއަށް

ޕްރިމިއާ ލީގު: ގަދަ ހަތަރެއްގެ ޖާގަ ލިބުނީ ޗެލްސީ، ޓޮޓެންހަމް، ސިޓީ އަދި ލިވަޕޫލްއަށް

22 މެއި 2017
ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް

ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު