Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޭރު ފައިސާގެ އައު ގަވައިދު

ފަތުރުވެރިކަމުގެ ދާއިރާ އަށް އަމާޒުކޮށް ތައާރުފް ކުރި ބޭރު ފައިސާ އާ ބެހޭ ގަވައިދަށް ރަސްމީ ކޮށް އިއުތިރާޒް ކުރައްވާ ކަމަށް އުއްޗު ވިދާޅުވެއްޖެ

13 ނޮވެމްބަރު 2024 | ބުދަ 14:38

"40 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ރިސޯޓު އޮޕަރޭޓަރުންގެ ހައިސިއްޔަތުން، ޤައުމުގެ އެންމެ މަޞްލަޙަތު ހުރި ގޮތުގައި ސަރުކާރުގެ ލަނޑުދަނޑިތަކަށް އެހީތެރިވުމަށް އަޅުގަނޑުމެން ތައްޔާރަށް ތިބީމެވެ. ނަމަވެސް، މިހާރު ހުށަހަޅާފައިވާ ގޮތަށް މި ގަވާއިދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަމެވެ."

ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2024 | ބުދަ 14:38
މުހައްމަދު މޫސާ (އުއްޗު)

މުހައްމަދު މޫސާ (އުއްޗު)

ފަތުރުވެރިކަމުގެ ދާއިރާ އަށް އަމާޒުކޮށް ތައާރުފް ކުރި ބޭރު ފައިސާ އާ ބެހޭ ގަވައިދަށް ރަސްމީ ކޮށް އިއުތިރާޒް ކުރައްވާ ކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފުންނާބު އުސް އެއްފަރާތް ކަމަށްވާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ސޮއިކުރައްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފޮނުއްވި ސިޓީ އަކުން ދަންވައިފިއެވެ.

އެމްއެމްއޭ ގެ ގަވައިދާ ގުޅޭ ގޮތުން ހުރި ގިނަ ކަންބޮޑުވުންތަކެއް ފާހަގަ ކުރައްވާ މުހައްމަދު މޫސާ ސޮއިކުރައްވައި އޭނާގެ ރިސޯޓްތައް ހިންގާ ތިން ކުންފުނި ކަމަށްވާ ޗަމްޕާލާސް ހޯލްޑިންގްސް، ކޮމަންޑޫ ހޯލްޑިންގްސް އަދި ކުރެއްދޫ ހޯލްޑިންގްސް އިން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރަށް އެޑްރެސްކޮށް އަންގާރަ ދުވަހު ވަނީ ސިޓީއެއް ފޮނުއްވާފައެވެ. 

އެމްއެމްއޭ އިން ފަތުރުވެރިކަމުގެ ދާއިރާ އަށް އަމާޒުކޮށް ތައާރުފް ކުރި ގަވައިދުގައިވާ ގޮތުން، މުދާ ވިއްކާ އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ކަލަންޑަރު މަހެއްގައި ވިއްކާފައިވާ މުދަލަށް ނުވަތަ ފޯރުކޮށްދީފައިވާ ޚިދުމަތަށް ލިބޭ ޖުމްލަ ބޭރު ފައިސާ އެ މަހެއްގެ ފަހުން އަންނަ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފަރ ކުރަން ނުވަތަ ޖަމާކުރަން ވަނީ ލާޒިމު ކޮށްފައެވެ. 

އޭގެ އިތުރުން، ރިސޯޓު ހިންގާ ފަރާތުން، ކޮންމެ ކަލަންޑަރު މަހަކަށް، އެ ތަނަކަށް އަންނަ ފަތުރުވެރިންގެ އަދަދާ އެއްވަރުގެ ޖުމްލަ އަދަދެއް، ކޮންމެ ފަތުރުވެރިއަކަށް 500 (ފަސްސަތޭކަ) އެމެރިކާ ޑޮލަރުގެ ރޭޓުން ރުފިޔާއަށް ބަދަލުކޮށް، އެ މަހެއްގެ ފަހުން އަންނަ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ޖަމާކުރަން ޖެހެއެވެ. 

މި ނޫހަށް ކޮޕީ ލިބިފައިވާ, އުއްޗު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ހަމައެކަނި އަމާޒުކޮށް ތަޢާރަފުކޮށްފައިވާ މި ގަވައިދަކީ "ބޭއިންސާފު އަދި އަމަލީ ގޮތުން ތަންފީޒް ކުރަން އުނދަގޫ" ގަވައިދެއް ކަމަށެވެ.

"އެހެން ކަމުން އެ ގަވައިދަށް ރަސްމީ ކޮށް އިޢުތިރާޟުކުރަން،" އުއްޗު ވިދާޅުވެފައިވެއެވެ.

ބޭރު ފައިސާ އާ ބެހޭ އައު ގަވައިދަކީ ކަމާބެހޭ ފަރާތްތަކާ އެއްވެސް މަޝްވަރާކުރުމެއް ނެތި ވަރަށް ކުއްލިއަކަށް ތަޢާރުފު ކުރެވުނު ގަވައިދެއް ކަމީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށް ސިޓީގައި ފާހަގަ ކުރައްވާފައިވެއެވެ.

"އެހެން ކަމުން، މި ގަވާއިދު އިންސާފުވެރި، ޢަދުލުވެރި، ހަމަހަމަ އަދި ޢަމަލީގޮތުން ތަންފީޒު ކުރެވޭނެ ގޮތަކަށް ބަދަލުކުރުމަށް ނުވަތަ އުވާލުމަށް ސަރުކާރުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ވަގުތުން އެޅުމަށް އެދޭ ކަމުގައި،" ސިޓީގައި ވެއެވެ. 

މި ގަވާއިދުގެ ދަށުން ތަޢާރުފު ކޮށްފައިވާ ކަންތައްތަކުން ނޭދެވޭ އަސަރު ކުރާނީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ނޫން ކަން ފާހަގަ ކުރަމުން ސިޓީގައި ބުނެފައިވަނީ މި ގަވައިދު އެކުލަވާލުމުގައި މުޅި ދިވެހި އިޤްތިޞާދަށް ކޮށްފާނެ ނުރައްކާތެރި އަސަރައް ވެސް ރިޢާޔަތްކޮށްފައެއް ނުވާ ކަމަށެވެ. 

އެމްއެމްއޭ ގެ ގަވައިދުގައި ބުނާ ކަންކަމަކީ ފީސިބަލް ކަންކަމަށް ނުވުމުގެ އިތުރުން، ޢަމަލީގޮތުން ކުރަން އުނދަގޫ ކަންތައްތައް ތަކެއް ކަން ސާފުކޮށް ދައްކުވައިދޭ އެތައް ސަބަބެއް އެމްއެމްއޭ އަށް އުއްޗު ފޮނުއްވި ސިޓީގައި ވަނީ ފާހަގަ ކުރައްވާފައެވެ. 

މިހާރު އޮތް ގޮތުން މި ގަވާއިދަކީ ކުރު ރާސްތާގެ ވިސްނުމެއްގައި އެކުލަވާލާފައިވާ އަދި ދިވެހި ސަރުކާރުގެ މިހާރުގެ ދަރަނީގެ ހާލަތު ވަގުތީގޮތުން ހޯދާ ފަރުވާއެއްކަން ސާފުކޮށް އެނގޭ ކަމަށް ވެސް ސިޓީގައި ވެއެވެ. އަދި މީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމެނޭ ގޮތަށް މުޅި ދިވެހި އިޤްތިޞާދަށް ދުރު ރާސްތާގައި މާ ބޮޑު އަދި ނުރައްކާތެރި އަސަރެއް ކުރާނެ ކަމަށްވެސް ސިޓީގައި ފާހަގަ ކުރައްވާފައިވެއެވެ. 

"40 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ރިސޯޓު އޮޕަރޭޓަރުންގެ ހައިސިއްޔަތުން، ޤައުމުގެ އެންމެ މަޞްލަޙަތު ހުރި ގޮތުގައި ސަރުކާރުގެ ލަނޑުދަނޑިތަކަށް އެހީތެރިވުމަށް އަޅުގަނޑުމެން ތައްޔާރަށް ތިބީމެވެ. ނަމަވެސް، މިހާރު ހުށަހަޅާފައިވާ ގޮތަށް މި ގަވާއިދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަމެވެ." ސިޓީގައި ވެއެވެ.

އެމްއެމްއޭ އަށް އުއްޗު ފޮނުއްވި ސިޓީގައި ރިސޯޓު އޮޕަރޭޓަރުން މިހާރުވެސް ޓެކްސްތަކާއި، ކުލިތަކާއި، ފީތަކުގެ ގޮތުގައި ޤައުމުގެ އިޤްތިޞާދަށް ބޮޑު ހިއްސާއެއް ކުރާ ކަމަށާއި، ނަމަވެސް، މި އިތުރު މާލީ އިލްތިޒާމްތަކުގެ ސަބަބުން ފައިދާ ކުޑަވެ، އައު އިންވެސްޓްމަންޓްތައް މަދުވެ، ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ޞިނާޢަތުގެ ދިގު މުއްދަތުގެ ދެމެހެއްޓެނިވިކަމާމެދު އަލުން ވިސްނަން ޖެހޭނެ ކަން ފާހަގަ ކުރައްވާފައިވެއެވެ.

"އިންވެސްޓަރުންގެ އިތުބާރު ގެއްލުމުގެ ސަބަބުން ގެއްލުންވާނީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް ނޫން، ދިވެހިރާއްޖޭގެ މުޅި އިޤްތިޞާދީ މަސްރަޙަށް ގެއްލުންތަކެއް ކުރިމަތިވާނެއެވެ." އުއްޗުގެ ސިޓީގައި ވިދާޅުވެފައިވެއެވެ. 

"މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ވަގުތުން މި ގަވާއިދު އުވާލުމަށް ނުވަތަ، މުޅި ދިވެހި އިޤްތިޞާދަށް ދިގު މުއްދަތަކަށް ދެމިގެންދާނެ ފައިދާހުރި އަސަރެއް ކުރާނެ ފަދަ ގޮތަކަށް ގަވާއިދެއް ތަޢާރަފުކުރުމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކާ މަޝްވަރާ ކޮށްގެން މަސައްކަތްކުރުމަށް،" ސަރުކާރަށް އުއްޗު ފޮނުއްވި ސިޓީގައި ވަނީ ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2018

ބީއެމްއެލްގެ މިސްރާބު ބޭރު ދުނިޔެއަށް!

25 ޖެނުއަރީ 2018
ބީއެމްއެލްގެ މިސްރާބު ބޭރު ދުނިޔެއަށް!
08 ޖެނުއަރީ 2018

މި އަހަރު އެކި ފެއަރތަކުގައި ބައިވެރިވާ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެމްއެމްޕީއާރްސީ އިން ބައްދަލުކޮށްފި

08 ޖެނުއަރީ 2018
މި އަހަރު އެކި ފެއަރތަކުގައި ބައިވެރިވާ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެމްއެމްޕީއާރްސީ އިން ބައްދަލުކޮށްފި
25 ޑިސެމްބަރު 2017

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި

25 ޑިސެމްބަރު 2017
ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި
27 ނޮވެމްބަރު 2017

ކަނޑުމަހުގެ އަގު ރާއްޖޭން ބޭރުގެ ބާޒާރުގައި ވަނީ ދަށްވެފައި!

27 ނޮވެމްބަރު 2017
ކަނޑުމަހުގެ އަގު ރާއްޖޭން ބޭރުގެ ބާޒާރުގައި ވަނީ ދަށްވެފައި!
30 އޮކްޓޯބަރު 2017

އިންޝިއުރެންސް ދާއިރާގެ އެސެޓް އެއް ބިލިއަން ރުފިޔާއަށް އަރައިފި

30 އޮކްޓޯބަރު 2017
އިންޝިއުރެންސް ދާއިރާގެ އެސެޓް އެއް ބިލިއަން ރުފިޔާއަށް އަރައިފި
12 ޖުލައި 2017

ޓީޓީއެމް އަކީ ފަތުރުވެރިކަމުގެ ދައިރާގެ ވިޔަފާރިތަށް އިޝްތިހާރު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް: ވިޔަފާރިވެރިން

12 ޖުލައި 2017
ޓީޓީއެމް އަކީ ފަތުރުވެރިކަމުގެ ދައިރާގެ ވިޔަފާރިތަށް އިޝްތިހާރު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް: ވިޔަފާރިވެރިން
18 އެޕްރީލު 2017

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
14 ޖެނުއަރީ 2017

ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ

14 ޖެނުއަރީ 2017
ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް