Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮލިމްޕަސް ހޯލް އަތުލުން

ދޭދަރު ރުއިން ފިލްމު ޕްރިމިއަރ ޝޯއަށް ނަގާފައިވާ އޮލިމްޕަސް ހޯލް އަތުލައިފި

13 ނޮވެމްބަރު 2024 | ބުދަ 13:16

ފިލްމު އެޅުވުމަށް ނެގުނު ތާރީހުތަކަކީ 1 އަހަރު ކުރިން ބުކްކޮށް 4 މަސް ކުރިން ފައިސާ ދައްކާފައިވާ ތަރީހުތަކެއް

އަމްނާ އިމާދު
އަމްނާ އިމާދު | 13 ނޮވެމްބަރު 2024 | ބުދަ 13:16
ދޭދަރު ރުއިން ފިލްމުގެ ޕޯސްޓަރ

ދޭދަރު ރުއިން ފިލްމުގެ ޕޯސްޓަރ

ދޭދަރު ރުއިން ފިލްމްގެ ޕްރިމިއަރ ޝޯއަށް ނަގާފައިވާ އޮލިމްޕަސް ހޯލު ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެން.ސީ.އޭ)އިން އަތުލާފައިވާ ކަމަށް ދޭދަރު ރުއިން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.

ކަޒްމިކް އިންޓަނޭޝަނަލް އަދި އައި ފިލްމްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދޭދަރު ރުއިން ފިލްމް ޕްރިމިއަރ ޝޯ ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕަސް ސިނާމާ ހޯލު އެންސީއޭއިން ކުއްލިއަކަށް އަތުލައިފައިވާ ކަމަށާއި، މިއީ ދިވެހި ފިލްމީ ސިނާއަތަށް ވެވުނު ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.

Advertisement - newsAdvertisement

20 ނޮވެންބަރު 2024 ގައި އޮލިމްޕަސް ސިނަމާގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާ ދޭދަރު ރުއިން ފިލްމުގެ ޕްރިމިއަރއަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ ހޯލުގެ ބޮޑުބައި ފުރިފައި ވަނިކޮށް، ކުއްޔަށް ހިފާފައިވާ ތާރީހުތަކުން 20 ނޮވެންބަރު އުނިކުރި ކަމަށް ސަރުކާރު ބަންދު ދުވަހެއް ކަމަށްވާ 10 ނޮވެންބަރު ވީ އާދިއްތަ ދުވަހު މެންދުރު އެންސީއޭ އިން ވަނީ އީމެއިލް ކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނީ ފިލްމު އެޅުވުމަށް ނެގުނު ތާރީހުތަކަކީ 1 އަހަރު ކުރިން ބުކްކޮށް 4 މަސް ކުރިން ފައިސާ ދައްކާފައިވާ ތާރީހުތަކެއް ކަމަށާއި، އެންސީއޭ އިން މިބަދަލު ގެނެސްފައިވަނީ އެއްވެސް މަޝްވަރާއެއް ނުވަތަ އިޝާރާތެއް ވެސް ނުދީ ކަމަށެވެ. ސަރުކާރުގެ ބޭނުމަށްކަމަށް ބުނެ ދުވަސް އަތުލާފައިވަނީ ކުރިން 17، 18، އަދި 19 ގައި އޮންނަ ކަމަށް އިއުލާންކޮށްފައިވާ އޮލިމްޕިއަންސް ޝޯ 18، 19، އަދި 20އަށް ބަދަލު ކުރުމަށެވެ.

މީގެ އިތުރުން ބަޔާނުގައި ބުނީ ފިލްމެއް ތައްޔާރުކޮށް ޕްރިމިއަރ ތާރީހު އިއުލާންކޮށް ހުރިހާ ޕޯސްޓަރު އަދި ބިލްބޯޑުތައް ޕްރިންޓްކޮށް ޕްރިމިއަރ ޝޯއަށް ދައުވަތުތައް ފޮނުވާ ޓިކެޓް ވިއްކަމުންދަނިކޮށް މިގޮތަށް ކުއްލިއަކަށް އެންގުމުން ފިލްމު އުފެއްދި ފަރާތައް ލިބޭނެ ގެއްލުމުގެ އަންދާޒާ އެންމެ ރަނގަޅަށް ކުރެވޭނީ ފަންނާނުންގެ ބަލަދުވެރި އެންސީއޭ އަށް ކަމަށް އުންމީދު ކުރެވުނު ނަމަވެސް އެންސީއޭ ގެ މިއަމަލުން އެކަން ދޮގުވެފައިވާ ކަމަށެވެ.

މިކަން މަޝްވަރާކުރުމުގެ ބޭނުމުގައި އެންސީއޭއަށް ދިޔަކަން ފާހަގަކޮށް ބަޔާނުގައި ބުނީ ބަންދު ދުވަސްތަކެއް ކަމުން އެތަނުން އެއްވެސް މުވައްޒަފަކާ ދިމާނުވި ކަމަށެވެ. އަދި މިނިސްޓަރު އޮފް ޔޫތް އެންޕަވަރމަންޓް އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑު)އަށް ގުޅާ ނުތަނަވަސްކަން ހާމަ ކުރުކުރުމުން ޑެޕިއުޓީ މިނިސްޓަރަށް ގުޅުމަށް ވިދާޅުވި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ޑެޕިއުޓީ މިނިސްޓަރަށް ގުޅައިގެން ވެސް މިކަމުގެ ޒިންމާ އެއްވެސް ފަރާތަކުން ނުނެގި ކަމަށް ބުނެފައިވެއެވެ.

ބަޔާނުގައި ބުނީ ކުރިން ހަމަޖެހިފައިވާ ގޮތަށް ނޮވެންބަރު 20 ގައި ޕްރިމިއަރ ބޭއްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށާއި، މިދަތި ހާލަތުގައި ވެސް ބެލުންތެރިންނަށް ފިލްމު ދެއްކުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަަމަށެވެ.

މިކަމުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަވަސް ހައްލެއް ހޯދައިދިނުމަށާއި، ދިވެހި ފިލްމީ ސިނާއަތުގެ ކުރިމަގަށްޓަކައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތައް އެޅުމަށް ދޭދަރު ރުއިން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ގޮވާލާފައެވެ. އަދި މިކަން ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

15 ޖުލައި 2023

'ފިލްމު އެވޯޑްސް" ގައި ފިލްމު ބައިވެރިކުރުމުގެ މުއްދަތު އިތުރުކޮށްފި

15 ޖުލައި 2023
'ފިލްމު އެވޯޑްސް" ގައި ފިލްމު ބައިވެރިކުރުމުގެ މުއްދަތު އިތުރުކޮށްފި
24 ޖެނުއަރީ 2021

މާދަމާއިން ފެށިގެން ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވުމުގެ ހުއްދަ ދެނީ

24 ޖެނުއަރީ 2021
މާދަމާއިން ފެށިގެން ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވުމުގެ ހުއްދަ ދެނީ
15 އޮކްޓޯބަރު 2019

ދިިވެހި ފިލްމު "ލީނާ" ލީކްވެއްޖެ

15 އޮކްޓޯބަރު 2019
ދިިވެހި ފިލްމު "ލީނާ" ލީކްވެއްޖެ
02 އޮކްޓޯބަރު 2019

ދިވެހި ފިލްމު އެވޯޑް ނޮވެމްބަރު މަހު ބާއްވާނީ

02 އޮކްޓޯބަރު 2019
ދިވެހި ފިލްމު އެވޯޑް ނޮވެމްބަރު މަހު ބާއްވާނީ
19 އޮކްޓޯބަރު 2018

ކޮމެޑީ ފިލްމު ކުޅެން ރައީސް ޔާމީން ވަރުގެ މޮޅު މީހަކު ނުދެކެން: މުހައްމާ

19 އޮކްޓޯބަރު 2018
ކޮމެޑީ ފިލްމު ކުޅެން ރައީސް ޔާމީން ވަރުގެ މޮޅު މީހަކު ނުދެކެން: މުހައްމާ
22 އޯގަސްޓު 2018

ހިންނަވަރުގެ އީދު ޝޯއަށް ޔާމީންގެ ފޮޓޯފުޅުގައި ކަޅުދާ އަޅައި ފޮރުވައިފި

22 އޯގަސްޓު 2018
ހިންނަވަރުގެ އީދު ޝޯއަށް ޔާމީންގެ ފޮޓޯފުޅުގައި ކަޅުދާ އަޅައި ފޮރުވައިފި
25 ޖުލައި 2018

ދިވެހި ފިލްމު އެވޯޑްސްއަށް ކުރިމަތިލުމަށް ހުޅުވާލައިފި

25 ޖުލައި 2018
ދިވެހި ފިލްމު އެވޯޑްސްއަށް ކުރިމަތިލުމަށް ހުޅުވާލައިފި
19 ޑިސެމްބަރު 2017

މިރޭ އޮންނަ ދިވެހި ފިލްމު އެވޯޑު ހަފްލާއަށް އޮލިމްޕަސް ހިމެނޭ ސަރަހައްދު ބަންދު ކުރަނީ

19 ޑިސެމްބަރު 2017
މިރޭ އޮންނަ ދިވެހި ފިލްމު އެވޯޑު ހަފްލާއަށް އޮލިމްޕަސް ހިމެނޭ ސަރަހައްދު ބަންދު ކުރަނީ
09 ޖޫން 2017

ރާއްޖެޓީވީގެ "ހީލަމާ" ޝޯއަށް މަޚްލޫފު ކުއްލި ގޮތަކަށް ވަޑައިގެންފި!

09 ޖޫން 2017
ރާއްޖެޓީވީގެ "ހީލަމާ" ޝޯއަށް މަޚްލޫފު ކުއްލި ގޮތަކަށް ވަޑައިގެންފި!
02 އެޕްރީލު 2017

ރާއްޖެޓީވީގެ ކުރު ފިލްމު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

02 އެޕްރީލު 2017
ރާއްޖެޓީވީގެ ކުރު ފިލްމު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް