Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އޮފިޝަލް ރިޒާވް

އޮކްޓޯބަރު ނިމުނުއިރު އޮފިޝަލް ރިޒާވް 614.6 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފި

އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާއި ދެމެދު ދާދި ފަހުން ވެވުނު ކަރަންސީ ސްވޮޕް އެރޭންޖްމަންޓްގެ ދަށުން، އެމްއެމްއޭ އަށް 400 މިލިއަން ޔޫއެސް ޑޮލަރު ލިބިފައިވާ ކަމަށްވެސް ބުނެފައިވޭ

ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2024 | އަންގާރަ 19:54
ޔޫއެސް ޑޮލަރު

ޔޫއެސް ޑޮލަރު

ސެޕްޓެމްބަރު ނިމުނުއިރު "އޮފިޝަލް ރިޒާވް އެސެޓްސް" 371.2 މިލިއަން ޔޫއެސް ޑޮލަރުގައި ހުރި ނަމަވެސް، އޮކްޓޯބަރު ނިމުނުއިރު އޮފިޝަލް ރިޒާވް އެސެޓްސް ވަނީ 614.6 މިލިއަން ޔޫއެސް ޑޮލަރަށް އިތުރުވެފައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

މީގެ އިތުރުން މި މުއްދަތުގައި އަދަރ ފޮރިން ކަރަންސީ އެސެޓްސްގެ ގޮތުގައި ހުރީ 122.5 މިލިއަން ޔޫއެސް ޑޮލަރު ކަމަށާއި މި ދެ ބަޔަކީ ވެސް އެމްއެމްއޭގެ ފޮރިން ކަރަންސީ އެސެޓްގެ ތެރޭގައި ހިމެނޭ ދެބައި ކަމަށްވެސް ބުނެފައިވެއެވެ.

އެމްއެމްއޭ އިން ހާމަ ކުރި އޮކްޓޫބަރު 2024ގެ ރިޒާވް ޑޭޓާ ޓެމްޕްލެޓާ ގުޅޭ ތަފުސީލާ ހާމަ ކުރުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއި ދެމެދު ދާދި ފަހުން ވެވުނު ކަރަންސީ ސްވޮޕް އެރޭންޖްމަންޓްގެ ދަށުން، އެ އޮތޯރިޓީ އަށް 400 މިލިއަން ޔޫއެސް ޑޮލަރު ލިބިފައިވާ ކަމަށެވެ.

"އާއްމުކޮށް އެމްއެމްއޭއިން މިފަދަ ފައިސާ ބޭރުގެ ބޭންކުތަކުގައި އިންވެސްޓް ކުރި ނަމަވެސް، އޮކްޓޫބަރު 2024 ގައި އެމްއެމްއޭ އިން ވަނީ 120 މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓް ކޮށްފައެވެ. މި ނިންމުމުގެ މަގުސަދަކީ މި އިންވެސްޓްމަންޓުން ލިބޭ ނަފާ ވީހާވެސް ބޮޑުކުރުމާއި މާލީ ދާއިރާގެ ކުރިއެރުމާއި ހަމަޖެހުމަށް މަގުފަހިކޮށް މުޅި އިގްތިސާދަށް ފައިދާވާނެ ގޮތަށް މިކަންކުރުމެވެ." އެމްއެމްއޭ ގެ ބަޔާނުގައި ވެއެވެ.

އެމްއެމްއޭ އިން ހާމަ ކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ ރިޒާވްގެ ހާލަތަށް އައިސްފައިވާ ބަދަލުތައް އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކްސްގެ ރިޒާވް ޑޭޓާ ޓެމްޕްލެޓް އިން ފެނިގެންދާނެ ކަމަށާއި، ކަރަންސީ ސްވޮޕް އިން ލިބުނު ބޭރު ފައިސާ ރިކޯޑް ކޮށްފައި ވާނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، "އޮފިޝަލް ރިޒާވް އެސެޓްސް" ގައި ކަމަށެވެ. ހަމަ އެފަދައިން، ބޭރުގެ ބޭންކުތަކުގެ ބަދަލުގައި ރާއްޖޭގެ ކޮމާޝަލް ބޭންކްތަކުގައި 120 މިލިއަން ޔޫއެސް ޑޮލަރު އިންވެސްޓް ކޮށްފައިވާތީ، މިއަދަދު ރެކޯޑް ކޮށްފައި ވާނީ "ޑިޕޮސިޓްސް ނޮޓް އިންކްލޫޑެޑް އިން އޮފިޝަލް ރިޒާވް އެސެޓްސް" ގައި ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ރިޒާވްގައި 685 މިލިއަން ޑޮލަރު!

ދައުލަތުގެ ރިޒާވްގައި 685 މިލިއަން ޑޮލަރު!

09 ފެބުރުއަރީ 2020
2019 ނިމުނުއިރު ގްރީން ފަންޑުގައި 468 މިލިއަން ރުފިޔާ

2019 ނިމުނުއިރު ގްރީން ފަންޑުގައި 468 މިލިއަން ރުފިޔާ

03 ޖެނުއަރީ 2020
އޮކްޓޯބަރު މަހު ރާއްޖޭގެ އިންފްލޭޝަން މަތިވެއްޖެ

އޮކްޓޯބަރު މަހު ރާއްޖޭގެ އިންފްލޭޝަން މަތިވެއްޖެ

10 ޑިސެމްބަރު 2019
މިއަހަރުގެ އޮކްޓޯބަރު މަހު މީރާ އިން 927.61 މިލިއަން ރުފިޔާ ބަލައިގެންފައިވޭ

މިއަހަރުގެ އޮކްޓޯބަރު މަހު މީރާ އިން 927.61 މިލިއަން ރުފިޔާ ބަލައިގެންފައިވޭ

13 ނޮވެމްބަރު 2019
ކަރަންސީ ސްވޮޕަށް ފައިސާ ދެއްކުމުން މަހެއްގެ ތެރޭގައި ރިޒާވް 17 އިންސައްތަ ދަށަށް!

ކަރަންސީ ސްވޮޕަށް ފައިސާ ދެއްކުމުން މަހެއްގެ ތެރޭގައި ރިޒާވް 17 އިންސައްތަ ދަށަށް!

22 މެއި 2019

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު