Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރަސްމީ ރިޒާވް ދަށްވުން

ކަރަންސީ ސްވޮޕަށް ފައިސާ ދެއްކުމުން މަހެއްގެ ތެރޭގައި ރިޒާވް 17 އިންސައްތަ ދަށަށް!

ކަރަންސީ ސްވޮޕުގެ ގޮތުގައި 100 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވޭ

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 22 މެއި 2019 | ބުދަ 08:06
ރާއްޖޭގެ މަރުކަޒީ ބޭންކް : މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިމާރާތް

ރާއްޖޭގެ މަރުކަޒީ ބޭންކް : މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިމާރާތް

ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ ރިޒާވް 938 މިލިއަން ޑޮލަރުގައި ހުރުމަށް ފަހު، 776.2 މިލިއަން ޑޮލަރަށް ތިރިވާން ޖެހުނީ ކަރަންސީ ސޮވަޕަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

ރަސްމީ ރިޒާވު އެއް މަހުގެ ތެރޭގައި 17 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މަދުވީ 162 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އަށް ކަރަންސީ ސްވޮޕުގެ ގޮތުގައި ދެއްކި ފައިސާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. ރިޒާވަށް މިހެން އަންނަ ބަދަލުތަކަކީ އާންމުކޮށް ވެސް އަންނާނެ ބަދަލުތަކެއް ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

Advertisement - businessAdvertisement

އިންޑިއާގެ މަރުކަޒީ ބޭންކުން ނަގާ ގޮތަށް ކަރަންސީ ސްވޮޕުގެ ގޮތުގައި ހަމަޖެއްސި 400 މިލިއަން ޑޮލަރަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވެރިކަމުގެ ހުވާކުރެއްވި ފަހުން ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގެން ހަމަޖެއްސެވި ފައިސާއެވެ. ކުރިން އެ އަދަދު ހުރީ 200 މިލިއަން ޑޮލަރުގައެވެ.

ދައުލަތުގެ ރަސްމީ ރިޒާވުގެ އިތުރުން، މާޗް މަހުގެ ތެރޭގައި ޔޫސަބަލް ރިޒާވް ވެސް ވަނީ ދަށަށްގޮސްފައެވެ. އެގޮތުން ފެބްރުއަރީ މަހުގެ ނިޔަލަށް ޔޫސަބަލް ރިޒާވްގައި 295.3 މިލިއަން ޑޮލަރު ހުރިއިރު، މާޗް މަހުގެ ނިޔަލަށް އެ އަދަދު ވަނީ 251.8 މިލިއަން ޑޮލަރަށް ދަށްވެފައެވެ. މި އަހަރު ފެށުނު އިރު ޔޫސަބަލް ރިޒާވް ހުރީ 317.9 މިލިއަން ޑޮލަރުގައެވެ.

ރަސްމީ ރިޒާވު ދަށަށް ގޮސްފައިވާ އިރު، ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ރިޒާވް އެއް ބިލިއަން ޑޮލަރަށް އިތުރު ކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާސްޕޯޓް ކާޑުން ފައިސާގެ މުއާމަލާތްތައް ކުރެވޭ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިދެނީ

ޕާސްޕޯޓް ކާޑުން ފައިސާގެ މުއާމަލާތްތައް ކުރެވޭ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިދެނީ

11 އޮކްޓޯބަރު 2017
މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި

މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި

08 އޮކްޓޯބަރު 2017
ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!

ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!

25 ޖޫން 2017
އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

08 ޖޫން 2017
ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި

ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި

23 މެއި 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު