Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުދިއްޖެ ފުނޑިއްޖެ ޖަލްސާ

މުޅި ދުނިޔެ ބަންދުވެ، އިންސާނިއްޔަތު މާޔޫސްވި އިރު ވެސް ހިތިބޭސްބޯކަށް އެމްޑީޕީން ރައްޔިތުން ކައިރިއަކު ނުބުނޭ - ޝާހިދު

12 ނޮވެމްބަރު 2024 | އަންގާރަ 18:36

ކޮވިޑުން ސަލާމަތްވި އިރު ޖީޑީޕީގެ ތިން ބައިކުޅަ އެއްބައި ގެއްލުނު ކަމަށާއި ފަތުރުވެރިކަމުގެ 60 އަށް ވުރެ ގިނަ އިންސައްތަ އުނިވި ކަމަށް ޝާހިދު ފާހަގަކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ނޮވެމްބަރު 2024 | އަންގާރަ 18:36
ޮއެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޮއެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

މުޅި ދުނިޔެ ބަންދުވެފައި މުޅި އިންސާނިއްޔަތު މާޔޫސްވެފައި އޮތް ޒަމާނުގައި ވެސް އެމްޑީޕީ ސަރުކާރުން ރައްޔިތުން ކައިރި ބުނިތޯ ހިތި ބޭސް ބޯންވެއްޖެ ކަމަށް ބުނެފައި ނުވާނެ ކަމަށްއެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީގެ ފުދިއްޖެ، ފުނޑިއްޖެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެ ޖަލްސާގައި ވާހަކަދައްކަވަމުން އިންސާނުންނަކީ ތޮބީއީ ގޮތުން ހަނދާން ބަލި ބައެއް ކަމަށާއި އެހެންކަމުން ހަނދާން އާކޮށްދިނުމަކީ އޮންނަ ކަމެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ނިމިދިޔަ ވެރިކަމުގައި ކޮވިޑް-19އިގެ އާލަމީ ވަބާ އާއި ކުރިމަތިވިކަން މިއަދު ހަނދާން ނެތިފައިވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އެ ދުވަހު ތަޖުރިބާކުރި ބިރުވެރި މާހައުލު ދިވެހިން މިހާރު ހަނދާނެއް ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ. މަގާއި، ކަނޑުތަކުގައި ދުއްވާ އެއްޗެއް ނެތި ހަމަހިމޭންކަމުގައި އޮތް އޮތުން ދިވެހިން ހަނދާން ނެތިފައިވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. ކޮވިޑުން ސަލާމަތްވި އިރު ޖީޑީޕީގެ ތިން ބައިކުޅަ އެއްބައި ގެއްލުނު ކަމަށާއި ފަތުރުވެރިކަމުގެ 60 އަށް ވުރެ ގިނަ އިންސައްތަ އުނިވި ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

އެ ދުވަހު ސަރުކާރުން ރައްޔިތުންނަށް ދިން ޔަޤީންކަމަކީ ދައުލަތެއްގެ މުހިންމުކަން ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އިތުރަށް ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ކޮވިޑަށް ފަހު އިގްތިޞާދު އެންމެ ބާރަށް ކުރި އެރި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. ވެރިކަން ބަދަލުވަމުން ދިޔަ އިރު އިންފްލޭޝަން ކޮންޓްރޯލްކުރެވި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދިޔައީ އިތުރުވަމުން ކަމަށް ޝާހިދު ވިދާޅުވިއެވެ. 6202 ވަނަ އަހަރަށް 5.5 އިންސައްތައިން އިގްތިޞާދީ ކުރިއެރުން ލިބޭނެ ކަމަށް ބައިނަލްއަޤުވާމީ އިދާރާތަކުން ލަފާކުރި ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތަކުން ބަލަން ޖެހޭނީ މީހާ ނިކަމެތިވާ އިރު އޭނާ ނަގާ ކޮޅަށް ޖަހަން ކަމަށާއި ދައުލަތުން އޭނާ ކޮށްޕާލާ ވައްޓާލާ އިތުރަށް ނިކަމެތިކޮށްގެން ނުވާނެ ކަމަށް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އެ ޖަލްސާގައި މި ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން މިއީ އެއްވެސް އިމެއް ސުމާރެއް ނެތި ދޮގު ހަދާ ސަރުކާރެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މި ސަރުކާރުން ދަނީ ތިން އިރު ކާ ބޭހެއް ފަދައިން ދޮގު ހަދަމުން ކަމަށާއި ސަރުކާރުގެ ދޮގުހެދުމަށް ރައްޔިތުން ބުނަމުން ދަނީ "ފުދިއްޖެ" އޭ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ވަރަށް ބޮޑަށް ރާއްޖެ އަށް އޭގެ ނޭދެވޭ އަސަރުކުރާ ކަަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް

23 ފެބުރުއަރީ 2017
ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް
23 ފެބުރުއަރީ 2017

ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު

23 ފެބުރުއަރީ 2017
ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް