Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު

ނިއު ރޭޑިއަންޓްގެ ކޮންގްރެސް މި މަހު 20 ގައި ބާއްވަނީ

އެ ކުލަބުގެ އައު ޗެއާމަނަކަށް އަންނާނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ މެނޭޖިން ޑައިރެކްޓަރު އަޙުމަދު މުބީން ކަމަށް ވަނީ ބެލެވިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2024 | އަންގާރަ 05:33
ނިއު ރޭޑިއަންޓުގެ ޗެއާމަންކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ މުބީން އަދި އެ ކުލަބުގައި އިސްކޮށް މަސައްކަތް ކުރާ ބައެއް ބޭފުޅުން

ނިއު ރޭޑިއަންޓުގެ ޗެއާމަންކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ މުބީން އަދި އެ ކުލަބުގައި އިސްކޮށް މަސައްކަތް ކުރާ ބައެއް ބޭފުޅުން

މި ވަގުތު ދެ ވަނަ ޑިވިޝަންގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޮންގްރެސް ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު ބާއްވަން އެ ކުލަބުން ނިންމައިފި އެވެ.

ނިއު ރޭޑިއަންޓުން އެ ކުލަބުގެ ކޮންގްރެސް ބޭއްްވުމަށް ތައްޔާރުވެ މަސައްކަތް ކުރަމުން އަންނައިރު، މިވަގުތު އެ ކުލަބުގެ ޗެއާމަންކަމުގެ މަގާމު އޮތީ ހުސްކޮށެވެ. އެންމެ ފަހުން އެ މަގާމުގައި ހުރީ އަޙުމަދު ވާސިފު އެވެ. ނިއު ރޭޑިއަންޓުގެ ޗެއާމަންކަމުން ވާސިފު އިސްތިއުފާ ދެއްވާފައި ވަނީ، އަލުން ފުރަތަމަ ޑިވިޝަނަށް އައުމަށް ނިއު އިން ކުރަމުން އައި މަސައްކަތް ދެ ފަހަރެއްގެ މަތިން ކާމިޔާބު ނުވުމުންނެވެ.

ކޮންގްރެސްގައި ނިއު ރޭޑިއަންޓުގެ މަޤާމުތަކަށް މެމްބަރުން އިންތިޚާބު ކުރާއިރު، އެ ކުލަބުގެ އައު ޗެއާމަނަކަށް އަންނާނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ މެނޭޖިން ޑައިރެކްޓަރު އަޙުމަދު މުބީން ކަމަށް ވަނީ ބެލެވިފަ އެވެ. މީގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބިލެތްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ މުބީން، ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ގެންނަން އެ ކުލަބުގެ އިސްވެރިން މަސައްކަތް ކުރާ ކަމުގެ އަޑުތައް އޮތީ ފެތުރިފަ އެވެ. އަދި ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ވަޑައިގެންފާނެ ކަމުގެ އިޝާރާތެއް މީގެ ކުރިން މުބީން ވެސް ވަނީ ދެއްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން "ރާއްޖެ އެމްވީ"އާ ވާހަކަ ދައްކަވަމުން މީގެ ކުރިން ވެސް މުބީން ވިދާޅުވީ ނިއު ރޭޑިއަންޓު މިހާރު އޮތް ޙާލަތުން ސަލާމަތް ކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. ނަމަވެސް ޗެއާމަންކަމަށް ވަޑައިގެންނެވުމާ ގުޅޭ ގޮތުން ސީދާ ޖަވާބެއް ނުދެއްވައި މުބީން ވިދާޅުވީ، މިހާރު ނިއު ރޭޑިއަންޓުގެ ދަރަނި އޮތް ޙާލަތު ވެސް ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ނިއު ރޭޑިއަންޓުގެ ސަޕޯޓަރުންނަށް އުފާވެރި ދުވަސްތަކެއް ހޯއްދަވައި ދެއްވަން މަސައްްކަތް ކުރައްވާ ކަމަށެވެ. އަދި ކުލަބުގެ ކަންކަމުގައި އުޅުއްވާ ފަރާތްތަކާ އެކު ކުރަމުން އަންނަ މަސައްކަތާ އެކު، އެކަން ކާމިޔާބު ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް މުބީން އޭރު ވިދާޅުވެފައިވެ އެވެ.

އަލުން އެއް ވަނަ ޑިވިޝަނަށް އައުމަށް ނިއު އިން ކުރަމުން އަންނަ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު ޢަބްދުﷲ ނާޞިރު (ހެރިންސް އައްޅޯ) ވެސް ވަރަށް އިސްކޮށް މަސައްކަތް ކުރައްވަ އެވެ. އޭގެ އިތުރުން ވެމްކޯގެ މެނޭޖިން ޑައިރެކްޓަރު މުޖުތަބާ ޖަލީލް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް (ކައްޕި) ވެސް މަސައްކަތް ކުރައްވަ އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިއު ރޭޑިއަންޓު ސަސްޕެންޑު ކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. ނިއު ރޭޑިއަންޓު ސަސްޕެންޑު ކުރިއިރު، އޭގެ ކުރިން އެ ކުލަބުން ވަނީ އޭރު އެފްއޭއެމްގެ ރައީސަކަށް ހުންނެވި ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތް ކަމަށް ސޮއިކޮށް، ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އޭގެ ފަހުން އެފްއޭއެމް އިން ނިއު ރޭޑިއަންޓު ސަސްޕެންޑު ކުރީ އެ ކުލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެވެ. އޭގެ ފަހުން އަލުން ފުރަތަމަ ޑިވިޝަނަށް އައުމަށް މަސައްކަތް ކުރަމުން އަންނަ ނިއު ރޭޑިއަންޓު ވަނީ، އެންމެ ފަހުން އޮތް ދެ ފަހަރު ވެސް ދެ ވަނަ ޑިވިޝަންގައި ވާދަކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު