Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޗެލްސީން އާސެނަލާ އެއްވަރު ކޮށްފި

ނަތީޖާ އާއެކު ޗެލްސީން ވަނީ އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު، ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ނޮވެމްބަރު 2024 | ހޯމަ 04:38
މެޗުގައި ލަނޑު ޖެހުމަށްފަހު ޗލްސީގެ ޕެޑްރޯ ނެޓޯ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޗލްސީގެ ޕެޑްރޯ ނެޓޯ އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި އާސެނަލް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1ން އެއްވަރުވެގެންނެވެ. މެޗުގައި އާސެނަލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޗެލްސީން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން އެއްވަރު ކޮށްފަ އެވެ.

މެޗު ފަށައިގެން 32 ވަނަ މިނެޓުގައި އާސެނަލްގެ ކައި ހަވާޓްޒް ވަނީ ލަނޑު ޖަހައިފަ އެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓު ރެފްރީ (ވީއޭއާރު) އިން ބެލުމަށްފަހު، އެ ލަނޑު ބަަލައި ނުގަންނަން ވަނީ ނިންމައިފަ އެވެ. މެޗުގައި އާސެނަލް އާއި ޗެލްސީގެ ލަނޑުތައް ދެން ފެނުނީ ދެ ވަނަ ހާފުގަ އެވެ.

ދެ ވަނަ ހާފު ފަށައިގެން މެޗުގެ 60 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ގަބްރިއެލް މާޓިނެލީ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މާޓިން އޮޑެގާޑް އެވެ. ނަމަވެސް އޭގެ ދިހަ މިނެޓު ފަހުން ޗެލްސީން ވަނީ މެޗުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު ޗެލްސީ އަށް ޖަހައިދިނީ ޕެޑްރޯ ނެޓޯ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އެންޒޯ ފެނާންޑޭޒް އެވެ.

ނަތީޖާ އާއެކު ޗެލްސީން ވަނީ އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު، ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. މިހާތަނަށް ކުޅުނު 11 މެޗުން ޗެލްސީ އަށް ލިބެނީ 19 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އާސެނަލަށް ވެސް ލިބެނީ 19 ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ގޮތުން ކުރި ހޯދައިގެން ޗެލްސީ ތިން ވަަނައިގައި އޮތްއިރު، އާސެނަލް އޮތީ ހަތަރު ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު