Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތައުލީމީ ޚިދުމަތުގެ އެންމެ މަތީ ޝަރަފު

ތައުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. މުހައްމަދު ޒާހިރު ހުސައިނަށް އަރުވައިފި

10 ނޮވެމްބަރު 2024 | އާދީއްތަ 19:52

ޑރ. މުހައްމަދު ޒާހިރު ހުސައިން، އެންމެ ފުރަތަމަ ޚިދުމަތް ފެއްޓެވީ އަމީނިއްޔާ ސްކޫލްގައި

އަމްނާ އިމާދު
އަމްނާ އިމާދު | 10 ނޮވެމްބަރު 2024 | އާދީއްތަ 19:52
ތައުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. މުހައްމަދު ޒާހިރު ހުސައިނަށް، ރައީސް ޑރ.މުހައްމަދު މުއިއްޒު އަރުވަނީ

ތައުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. މުހައްމަދު ޒާހިރު ހުސައިނަށް، ރައީސް ޑރ.މުހައްމަދު މުއިއްޒު އަރުވަނީ

ދިވެހިރާއްޖޭގެ ތައުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ)، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ.މުހައްމަދު ޒާހިރު ހުސައިނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަރުވައިފިއެވެ.

މި ޝަރަފު ޑރ.މުހައްމަދު ޒާހިރު ހުސައިނަށް އެރުވީ އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

Advertisement - newsAdvertisement

މި ޝަރަފު، އެ މަނިކުފާނަށް އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ ތައުލީމީ ތަރައްގީއަށާއި، ރާއްޖޭގައި ތައުލީމު ފުޅާކުރެއްވުމަށާއި، ތައުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރުވުމަށް އިހްލާސްތެރިކަމާއެކުގައި، ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޑރ.މުހައްމަދު ޒާހިރު ހުސައިން، މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިން މަތީ ތައުލީމު ފުރިހަމަ ކުރެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން، އެންމެ ފުރަތަމަ ޚިދުމަތް ފެއްޓެވީ، އަމީނިއްޔާ ސްކޫލްގައެވެ. އެއަށްފަހު ތައުލީމީ ދާއިރާގެ އެކި މަގާމުތައް ފުރުއްވައި، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަގާމުވެސް އެމަނިކުފާނު ފުރުއްވިއެވެ. އަދި މި މަގާމުގައި ހުންނަވައިގެން ތައުލީމީ ދާއިރާގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ޑރ. މުހައްމަދު ޒާހިރު ހުސައިން ވަނީ ކޮށްދެއްވާފައެވެ.

އެގޮތުން ސައިންސް އެޑިޔުކޭޝަން ސެންޓަރު 1979ވަނަ އަހަރު ހުޅުވިގެންދިޔައީ އެ މަނިކުފާނުގެ މޭސްތިރިކަމުގެ ދަށުންނެވެ. މީގެއިތުރުން ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް، ރާއްޖޭގެ ތައުލީމީ މުގައްރަރަށްވެސް އެކިފަހަރު މަތިން އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވިއެވެ. އެގޮތުން ޑރ.މުހައްމަދު ޒާހިރު ހުސައިން އިސްވެ ހުންނަވައިގެން ހިންގެވި އެންމެބޮޑު އަނެއް މަޝްރޫއަކީ، އަސާސީ ތައުލީމުގެ މަޝްރޫއެވެ.

ރާއްޖޭގެ ތައުލީމީ ވަޒީރުކަން 10 އަހަރާއި 9 މަހަށްވުރެ ދިގު މުއްދަތެއްގައި ކުރެއްވުމަށްފަހު، ދެން އެ މަނިކުފާނު އައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަގާމަށެވެ. އެއަށްފަހު، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަގާމާއި، މިނިސްޓަރ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސްގެ މަގާމުވެސް ޑރ.މުހައްމަދު ޒާހިރު ހުސައިން ފުރުއްވިއެވެ.

ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަރުދަނާ ކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގައި ރައީސްގެ މެންބަރެއްގެ ހައިސިއްޔަތުންވެސް އެ މަނިކުފާނު ވަނީ ޚިދުމަތް ކުރައްވާފައެވެ. އަދި، ކީރިތި ގުރުއާން ދިވެހިބަހަށް ތަރުޖަމާކުރާ ކޮމިޓީގައިވެސް ދިގު މުއްދަތެއްގައި އެމަނިކުފާނު ޚިދުމަތް ކުރެއްވިއެވެ. މީގެއިތުރުން ހުކުރުޚުތުބާ ލިޔުއްވުމާއި، މާލޭގައި ހުކުރުނަމާދާއި އީދުނަމާދު އިމާމުވެ ކުރައްވައި އަދި ރައީސް އޮފީހުން ނެރުއްވި "ދީނުގެ މަގު" ނޫހަށް އެކި މައުޟޫއުތަކަށް މަޒުމޫނުތައްވެސް އެމަނިކުފާނު ލިޔުއްވިއެވެ. 1989ވަނަ އަހަރު، ނޫސްވެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު، އަދި 1990ވަނަ އަހަރު، މިނިވަން 25ގެ އާންމު ޚިދުމަތުގެ އިނާމު، ޑރ.މުހައްމަދު ޒާހިރު ހުސައިނަށް އެރުވުނެވެ. ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

ނ.ޢ.ޢ.ވ ޑރ. މުހައްމަދު ޒާހިރު ހުސައިން ޕީ.އެޗް.ޑީ. ހާސިލުކުރެއްވީ، ތިއޯލޮޖީ އެންޑް ފިލޯސޮފީގެ ރޮނގުން، 2001ވަނަ އަހަރު މެލޭޝިއާއިންނެވެ. ޕީ.އެޗް.ޑީ. ހާސިލުކުރެއްވުމާ ގުޅިގެން، ސަރުކާރުން ދެއްވާ ޚާއްސަ އިނާމު، އެ އަހަރު އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު، އެ މަނިކުފާނަށް އެރުވުނީ 10 ނޮވެންބަރު 2008 ގައެވެ. ޑރ.މުހައްމަދު ޒާހިރު ހުސައިނަކީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމު ޑރ.މުހައްމަދު ޒާހިރު ހުސައިން މިހާރު ފުރުއްވަމުން އެ ގެންދަވަނީ، 20 އޮގަސްޓް 2019 އިން ފަށައިގެންނެވެ.

ޑރ.މުހައްމަދު ޒާހިރު ހުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 48 އަހަރު ވަނީ ވެފައެވެ. އަދި ތައުލީމީ ދާއިރާގައި އެމަނިކުފާނު ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 32 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް