Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސްގެ ތަސައްވުރާއެކު ނިވާކަން ކުޑަކޮށް ދެޖިންސު މަސްހުނިވެ ޖަހާނެހާ ސަކަރާތެއް ޖެހިފަހުން އެއްކަލަ މީހުންތައް ހޭލައިފި

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މި މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި، ސްޕޯޓްސް މިނިސްޓްރީން އިރުޝާދު ދެއްވާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް އެ އެސޯސިއޭޝަނުން މަސައްކަތް ކުރި ކަމަށެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2024 | ހޯމަ 14:44
ކެނެރީފުގައި ބޭއްވި ބޮޑީބިލްޑިންގް މުބާރާތަކީ ސީދާ ރައީސްއާއި މިނިސްޓްރީއަށް އެނގިތިބެ ބޭއްވި ހަރަކާތެއް

ކެނެރީފުގައި ބޭއްވި ބޮޑީބިލްޑިންގް މުބާރާތަކީ ސީދާ ރައީސްއާއި މިނިސްޓްރީއަށް އެނގިތިބެ ބޭއްވި ހަރަކާތެއް

މި ސަރުކާރަކީ ދޮގުހެދުމާއި އޮޅުވާލުމާއި މަކަރުވެރި ސަރުކާރެކޭ ބުނަނީ ސަބަބުތަކެއް އޮވެގެންނެވެ. މުނާފިގު ސިފައަކީ މި ސަރުކާރުގެ އެންމެ އެކުވެރިޔާކަމަށް ރައްޔިތުން ބުނަނީ ވެސް ސަބަބުތަކެއް އޮވެގެންނެވެ. ދެއްކުންތެރިކަމާއި، އާންމުން ހެއްލުމާއި، ދަޅަ ދެއްކުމަކީ މި ސަރުކާރު އެންމެ ފަރިތަ ކަންތަކެވެ. މިފަހަރުވެސް އެފަދަ ކަމެކެވެ. ސަރުކާރުން ހުއްދަ ލިބިގެން އުނުއޮރިޔާން ނުވާގޮތަށް 2 ޕީސްގައި ޖަހާނެހާ ސަރަކަރާތެއް ޖަހާ ނިމުން، ސަރުކާރުގެ ވެރިން އެކަން ކުށްވެރިކުރަން ފަށައިފިއެވެ.

މިސް ޔުނިވަރސް މައްސަލައިގައި މުޅި ސަރުކާރުން އެކަން ކުށްވެރިކޮށް، ސަރުކާރުން އެފަދަ ކަންތަކާއި ދެކޮޅު ހަދާކަމަށް ބުނުމަށްފަހު، އުނުއުރޮޔާން ނިވާނުވާ ގޮތަށް ހެދުން އެޅި އިވެންޓެއް ބޭއްވުމަށްފަހު ސަރުކާރުގެ ވެރިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. ދެފުށްދެގޮތް ވާނީ މިވަރަކަށެވެ. މުނާފިގު ސިފަ ބައެއްގެ ކިބައިން ފެންނާނީ މިވަރަކަށެވެ.

ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް ކަމަށް ރައީސް މުއިއްޒު އެކްސްގައި ޕޯސްޓެއް ކުރެއްވީ މިސް ޔުނިވަރސްގައި ދިވެއްސަކު ބައިވެރިވާތީ އެކަމަށް ފާޑު ވިދާޅުވުމަށްފަހުއެވެ. ރައީސް މިފަދައިން އެކްސްގައި ޕޯސްޓްކުރއްވީ އޮކްޓޯބަރު 30 ވަނަ ދުވަހުއެވެ.

ނަމަވެސް އޭގެ ކުރީ ދުވަސް، 29 އޮކްޓޯބަރުން ފެށިގެން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާ ހަމައަށް، އައްޑޫ ސިޓީގައި "ވޯލްޑް ބޮޑީބިލްޑިންގް އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2024" އަށް އަންނަ ފަރާތްތަކަށް ވިސާދިންކަން އޮތީ 5 އޮގަސްޓުގައި މިނިސްޓްރީގެ ލިޔުމަކުން އެނގިފައެވެ. ޔަގީންވާކަމަކީ ބޮޑީބިލްޑިންގ މުބާރާތެއްގައި އައުރަ ނިވާކޮށް ބޮޑެތި ހެދުން ނާޅާނެކަމެވެ.

ވިސާ ހުއްދައިގެ ލިޔުމުގައި ވަނީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަން އިން މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް އޮންއެރައިވަލް ވިސާދޭނެ ކަމަށެވެ. ފަރުދާގެ ފުރަގަހުގައި ހުއްދަ ދިނީ އުނުއޮރިޔާން ނުވާ ވަރުގެ ހެދުންކޮޅު ނުވަތަ ބިކީނީގައި އަންހެނުންނާއި ފިރިހެނުން ރާއްޖޭގައި މިފަދަ ހަރަކާތެއް ބޭއްވުމުގެ ހުއްދައެވެ. ރައްޔިތުންނަށް ދައްކަމުން ދިޔައީ ރާއްޖޭގައި މިފަދަ ހަރަކާތެއް ނުބާއްވާނެކަމާއި، ރާއްޖެއިން އެފަދަ ކަންކަމަށް ތަރުހީބު ނުދޭނެކަމުގެ ޔަގީންކަމެވެ. މުނާފިގު ވާނީ މިވަރަކަށެވެ.

މިކަމުގައި އެންމެ ހައިރާންވާކަމަކީ، ދިވެހި ސަރުކާރަށް އެނގި މާކުރިން ފަށައިގެން ކުރަން ނިންމާފައި އޮތްކަމެއް ސަރުކާރުގެ ވެރިންނަށް ސަޕްރައިޒްއަކަށްވުމުންނެވެ. ވަކިން ހާއްސަކޮށް މި ސަރުކާރުން މިފަދަ ކަންކަން ނުކުރާނެކަމުގެ ޔަގީންކަން ދެމުންގެންދަވާ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދާއި، މި ސަރުކާރަށް ތާއިދުކުރާ ދެފުށްދެގޮތް ދީނީ އިލްމުވެރިންނާއި، ދީނުގެ ނަމުގައި އަޑު އުފުލަމުންދާ އަޑުގަދަ ފަރާތްތަކުން ސަރުކާރުގެ ފުރިހަމަ ތާއީދާއެކު ރާއްޖޭގައި ބަޔަކު ބަރަހަނާވެ ޖަހާނެހާ ސަކަރާތެއް ޖަހާ ނިމުނީމަ އެކަން ސަޕްރައިޒްކަމަކަށް ހަދާ، އެވެސް އެމްޑީޕީ ސަރުކާރުގެ ބޮލަށް ކަނޑާލަން އުުނީމައެވެ.

ކަން ނިމުނު ފަަހުން އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ ބަރަހަނާ މަންޒަރުތައް ދައްކާ ޙަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ. އަދި ޤައުމުގެ އިޖްތިމާޢީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަޤާފަތު ރައްކާތެރިކުރަންޖެހޭ ކަމަށެވެ. ޤުރުއާން ބާވައިލެއްވުނީ ހިދާޔަތެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ޤުރުއާނުގެ ބަރަކާތުން ފެށި އޮރިޔާން ނިވާނުކުރާ މި ހަރަކާތް އެންމެ ކުޑަމިނުން ކުށްވެރިވެސްކޮށްނުލައެވެ.

މި ހަރަކާތް ހިނގީ ސަރުކާރަށް އެނގިގެންނެވެ. އައްޑޫ ސިޓީގައި ކުރިއަށްދާ "ވޯލްޑް ބޮޑީބިލްޑިންގް އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2024" އަށް އަމާޒުވަމުންދާ ފާޑުކިއުންތަކަށް ރައްދުދެއްވާ ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މި މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި، ސްޕޯޓްސް މިނިސްޓްރީން އިރުޝާދު ދެއްވާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް އެ އެސޯސިއޭޝަނުން މަސައްކަތް ކުރި ކަމަށެވެ.

އެސޯސިއޭޝަނުން އެ ބުނަނީ މިކަންކުރީ ރައީސްއަށް އެނގިގެން ކަމެވެ. މިނިސްޓްރީގެ އިރުޝާދުގެ ދަށުންނެވެ. ދެން މިކަން ސަރުކާރު ޕްރޮމޯޓް ކުރާ މީހުންނަށް ނޭނގި ހުންނާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. ދީނީ ކާޑު ކުޅޭ ދީން ހަތިޔާރަކަށް ނަގާ މި ސަރުކާރުވެސް ބަރަހަނާވަނީއެވެ.

މި ސަރުކާރަށް ސަނާކިޔާ އަދި ތާއިދުކުރާ ޝައިހް އަލީ ޒައިދްއަށްވެސް މި ވާހަކަ ދައްކަން ކެރިވަޑައިގަތީ ކަންވެ ނިމުނު ފަހުންނެވެ. ކުރިން ނޭނގި އޮންނާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. އެކްސްގައި ވަރަށް އެކްޓިވް ބޭފުޅެއްގެ ގޮތުގައި އުޅުއްވާ ޒައިދު މިއަދު އެވާހަކަ ދެއްކި އިރު، މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން މި ވާހަކަތައް އައީ އެކްސްގައި ދައްކަމުންނެވެ. އެންމެފަހުން ޒައިދުވެސް މިކަން ކުށްވެރިކުރީ ކަންވެ ނިމުނު ފަހުންނެވެ.

ޒައިދު އެކްސްގައި ކުރި ޕޯސްޓުގައި ވަނީ ބޮޑީ ބިލްޑިންގް އިވެންޓަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ. ދެން ކުރީ ސަރުކާރު ކުށްވެރިއެވެ. 11 ދުވަސްވި އިރު ހަމަ ހިލަމެއްވެސް ނުވާކަމަށް ގަބޫލުކުރަންވެސް ދަށްޗެވެ. އަތަށް ގޮވީމަ މިހާރު ހުރިހާ އެންމެންވެސް ކުޅެނީ ޑިފެންސަށެވެ.

ދެން ހައިރާންވާ ކަމަކީ ދީނޭ ކިޔައިގެން ނުކުންނަ ފަސްބައި ކިލަބު މީހުން ދައްކާ ވާހަކައިންނެވެ. ބައެއް ފަރާތްތަކުން ބުނަނީ ބޮޑީ ބިލްޑިންގެ ނަމުގައި އައްޑޫގައި އަންހެނުންނާއި ފިރިހެނުން އޮރިޔާމުން ސްޓޭޖް މަތީގައި މިވަގުތު ކުރިއަށްގެންދާ ފާހިޝް އަމަލުތައް ކުށްވެރިކުރާ ކަމަށެވެ. އަދި އެކަން ހުއްޓުމަށެވެ. މިފަދަ ޕޯސްޓްތަކުން ބޮޑަށް ހީވަނީ އާންމުންގެ ފާޑުކިއުންތައް އަމާޒުވެ ދެން އިތުރުގޮތެއް ނެތިގެން އެއްޗެއް ބުނެލާހެންނެވެ.

ދެން އޮތީ މި ސަރުކާރުން އެކަން ކުރީމަ އެކަން ދިފާއުކުރާ ބައެކެވެ. ކުށްވެރިވީ އެމްޑީޕީ ސަރުކާރާއި އަދާލަތެވެ. އެމީހުންގެ ވެރިކަން ނިމުނުތާ އަހަރެއް ވެއްޖެއެވެ. ހީވަނީ މިއީ އެމީހުން ބަޔަކު ގެނެސްގެން ކުރިކަމެއް ހެންނެވެ. މީހަކު ކުރި ކަމެއް ގޯސްވެގެން ހުތުރު ތުހުމަތާއެކު ވަޒީފާއިން ވަކި ސަރުކާރެއްފައި ސަސްޕެންޑްކުރުމުން، ދެން ހުރިހާކަމެއް އެމީހުންގެ ބޮލަށް ޖަހާފައި އެއީ އެމީހުންކުރިކަމެކޭ ބުންނަވެސް ލައްކަ ފަސޭހަވާނެއެވެ.

ބަޔަކު ހީހީ ހާލާކުވާ ވަރުނުވޭހެއްޔެވެ. މި ސަރުކާރުގެ ވެރިންނާއި، މި ސަރުކާރުން ތާއިދުކުރާ ދީނީ އިލްމުވެރިންނޭ ކިޔައިގެން އުޅޭ މީހުންނަށް އަދިވެސް މި ސަރުކާރުން އެކަން ކުރަން ހުއްދަދީ އެކަންކުރިކަން ގަބޫލުކުރަން ބޭނުން ނުވެއެވެ. ގޯސްވީ ކުރީ ސަރުކާރެވެ. ނޫނީ ގޯސްވީ ބޮޑީ ބިލްޑްކުރި މީހުން ލައިގެން ތިބި ޓޫޕީސްއާއި، އެ ބޭއްވި ތަނެއްގައި ތިބި މީހުންނެވެ. މިއަށް ކިޔަނީ މުނާފިގު ނޫން ދެން ކޯއްޗެއް ހެއްޔެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސްގެ ފޮޓޯއިން ފެންނަނީ ދެއްކުންތެރި ކަން؟ މިނިމަމް ވޭޖަކީ ޖޯކެއް ނޫން!

ރައީސްގެ ފޮޓޯއިން ފެންނަނީ ދެއްކުންތެރި ކަން؟ މިނިމަމް ވޭޖަކީ ޖޯކެއް ނޫން!

11 ޖެނުއަރީ 2020
އެލްސަލްވަޑޯ ރައީސްގެ އދ. ސެލްފީ:ސްޕީޗަށް ވުރެ އިންސްޓަގްރާމް ފޮޓޯގެ އަސަރު ބޮޑު

އެލްސަލްވަޑޯ ރައީސްގެ އދ. ސެލްފީ:ސްޕީޗަށް ވުރެ އިންސްޓަގްރާމް ފޮޓޯގެ އަސަރު ބޮޑު

27 ސެޕްޓެމްބަރު 2019
ދުނިޔޭގެ އެންމެ މަގުބޫލު ލޯބީގެ ބިނާގައި ރައީސްގެ ދެކަނބަލުން

ދުނިޔޭގެ އެންމެ މަގުބޫލު ލޯބީގެ ބިނާގައި ރައީސްގެ ދެކަނބަލުން

22 ޑިސެމްބަރު 2018
ރައީސްގެ އިންޑިއާ ދަތުރުފުޅު: ރާއްޖެ އަނެއްކާވެސް އިންޑިއާއާ އެންމެ ގާތަށް!

ރައީސްގެ އިންޑިއާ ދަތުރުފުޅު: ރާއްޖެ އަނެއްކާވެސް އިންޑިއާއާ އެންމެ ގާތަށް!

19 ޑިސެމްބަރު 2018
ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

14 ޖުލައި 2018

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު