Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުތާޖް މަހަލްގައި ރައީސްގެ ދެކަނބަލުން

ދުނިޔޭގެ އެންމެ މަގުބޫލު ލޯބީގެ ބިނާގައި ރައީސްގެ ދެކަނބަލުން

ތާޖް މަހަލްގެ ރީތިކަމަކީ މުޅި ދުނިޔެއަށް މަޝްހޫރު ވާހަކައެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 22 ޑިސެމްބަރު 2018 | ހޮނިހިރު 14:39
ރައީސްގެ ދެކަނބަލުން ތާޖް މަހަލްގައި

ރައީސްގެ ދެކަނބަލުން ތާޖް މަހަލްގައި

ނިމިގެންދިޔަ ހަފްތާގެ އާދިއްތަ ދުވަހު އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ ދައުވަތަކަށް އިންޑިއާއަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ދެ ކަނބަލުން ކުރެއްވި ތާރީޚީ ޒިޔާރަތުގެ ތެރެއިން، އިންޑިއާގެ އާގަރާގައި ހުންނަ މުޅި ދުނިޔެއަށް އެތަނެއްގެ ރީތިކަމާއި ފުރިހަމަ ކަމަށް މަޝްހޫރު "ތާޖް މަހަލް' އަށް އެ ދެކަނބަލުން ޒިޔާރަތް ކުރެއްވިއެވެ.

ރައީސް ސާލިހުގެ ދެކަނބަލުން ތާޖް މަހަލްއަށް ޒިޔާރަތްކުރެއްވީ އަންގާރަ ދުވަހުގެ މެންދުރުވާން ކައިރިވެފައި ވަނިކޮންނެވެ. އާގަރާގެ އިސްވެރިންނާއި ތާޖް މަހަލް އިމާރާތް ބަލަހައްޓާ ޚާއްސަ ބޭފުޅުން އެ ދެކަނބަލުންނާއި އެކު ބައިވެރިވެވަޑައިގެންނެވިއެވެ.

ތާޖް މަހަލްގެ ރީތިކަމާއި ފުރިހަމަ ކަމުގެ ވާހަކަ އަބަދުވެސް އަޑު އިވެނީ ދޫދޫ މަތިންނާއި ވާހަކަތަކުންނާއި އެކިއެކި ލިޔުންތަކުންނެވެ. ތަނުގެ ހައިބަތާއި އަސްލު ރީތިކަމާއި ހިތްގައިމުކަން ސިދާ އެތަނަށް ޒިޔާރަތްކޮށް ބަލާލާ އިހްސާސްކޮށްލި މީހަކަށް ވިއްޔާ އެނގޭނެއެވެ.

ރައީސްގެ ދެކަނބަލުން

އެއީ ދުނިޔޭގެ ހަތް އަޖައިބުން އަޖައިބެކެވެ. އިމާރާތްކުރުމުގެ ނަމޫނާއެއްގެ އިތުރުން ލޯބީގެ ރަމްޒެކެވެ. އިންޑިއާގެ މުސްލިމު ރަސްކަލެއް ކަމަށްވާ ޝާހު ޖަހާން އޭނާ އެންމެ ލޯބިވާ އަނބިކަނބަލުން މުމްތާޒު މަހަލްގެ ހަނދާނުގައި ބިނާކުރި ލޯބީގެ ރަމްޒެކެވެ. 17 ވަނަ ގަރުުނުގައި 22000 މަސައްކަތްތެރިންގެ، 23 އަހަރުގެ އިންތިހާ ދަރަޖައިގެ ބުރަ މަސައްކަތެވެ. މުޅިތަން ބިނާކޮށްފައިވަނީ ހުދު ޖަވާހިރު ކުލައިގެ އަލި ސަންގުމަރުމަރު ހިލައިންނެވެ. ޒީނަތްތެރިކޮށްފައިވަނީ އެ ގައު ކަނޑައި ނަގައިގެންނެވެ. ހިތަށް ސިފަކޮށްލަންވެސް ދަތި އެހާމެ ރީތި ސާދާ މަސައްކަތެކެވެ. އަތްތެރި މަސައްކަތުގެ ދެވަނައެއްނެތް ލާމަސީލު މިސާލެކެވެ.

ތާޖް މަހަލްގެ އެތެރޭގައި ހުރި އަތްތެރި މަސައްކަތުގެ ކުރެހުންތައް ކަނޑާނަގާފައި

ތާޖު މަހަލްގެ ވަށައިގެންވާ ސަރަހައްދުވެސް އިންތިހާއަށް ރީއްޗެވެ. ބިންމަތިގައި ސަންގުމަރުމަރު ހިލަ ޖަހާފައެވެ. އެތަނުގެ ކުރިމައްޗަށްވާ ގޮތަށް އޮތީ ޗާލު މަޑުނޫކުލައިގެ ފެންގަނޑެކެވެ. އެ ފެންގަނޑުން މުޅި އިމާރާތުގެ ހިޔަނި ފެނެއެވެ. ފެންގަނޑުގެ ދެފަރާތުގައި ހުރީ ގަސް އިންދާފައެވެ.

މި ހިތްގައިމު ލޯބީގެ ރަމްޒު ބައްލަވާލެއްވުމަށް ރައީސް ސާލިހުގެ ދެކަނބަލުން ވަޑައިގެން އެ އިމާރާތުގެ ކުރިމަތީގައި ސަންގުމަރުމަރު ހިލައިން ހަދާފައިވާ ގޮނޑިކޮޅުގައި ދެކަނބަލުން އިށީދެވަޑައިގެން ހިތްގައިމު ފޮޓޯފުޅެއް ނެންވިއެެވެ. އަދި ތާޖް މަހަލް މުޅި ބިނާ އަރާގޮތަށް ސެލްފީއެއް ރައީސްގެ ދެކަނބަލުން ނެންގެވިއެވެ. މުޅި އިވެންޓްގައި އަޅުގަނޑަށް އެންމެ ހިތްގައިމުވި އެއް ކަމަކީ ރައީސް ސާލިހުގެ އަނބިކަނބަލުން ތުރުކުރައްވައިގެން ހުންނެވި ދިގުހެދުންކޮޅެވެ. އެކަމަނާގެ ހެދުންކޮޅުން އަޅުގަނޑަށް ތާޖުމަހަލްގެ ކުލަތަކާއި ހިތްގައިމުކަން ފެނިގެންދިޔައެވެ.

އެކަމަނާގެ ހެދުންކޮޅު ތާޖް މަހަލްއާއި ވަރަށް ގުޅޭ

ރައީސްގެ ދެކަނބަލުން ހިތްތިރިކަމާއި މަޑުމަތިރިކަމާއި އެކު އެއްވެސް ބޮޑާކަމެއް ނެތި އެމަނިކުފާނުގެ އަރިހުގައި ތާޖުމަހަލް ބެއްލެވުމަށް ޒިޔާރަތްކުރެއްވި އެންމެންނާއި އެކުވެސް ފޮޓޯ ނެންގަވިއެވެ. އެ ތާރީޚީ ފުރުސަތު ނުލިބޭ އެކަކުވެސް ރައީސްގެ އަރިހުގައި އެތަނަކަށް ނުދެއެވެ.

ރައީސްގެ ދެކަނބަލުންގެ އަރިހުގައި ތާޖުމަހަލްއަށް ޒިޔާރަތްކުރެއްވި ބޭފުޅުންނާއި އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން

ތާޖް މަހަލްގެ އެތެރޭގެ މަންޒަރުތައްވެސް ނުހަނު ފުރިހަމައެެވެ. އެތަނުގެ ތެރެއަށް ވަދެވުމާއިއެކު ބޭގަމް މުމްތާޒްގެ މަގްބަރާ ފެނިގެންދެއެވެ. މުޅި އިމާރާތަށް ނަޒަރު ހިންގާލުމުން ބުރަ މަސައްކަތުގެ ހިތްގައިމުކަމާއި ޗާލޫކަން ނޫން އެހެން އެއްޗެއް ނުފެނެއެވެ. ތަނުގެ އެތެރޭގައި އަޑު "އެކޯ" ވާ ވާހަކަ އަކީވެސް ހަގީގަތެއްކަން އެނގިގެން ދިޔައީ، ބަންގީގެ ރިވެތި ކަލިމައެއްގެ އަޑުން ތަން ގުގުމާލުމުންނެވެ. އަޑު ޖެހިފައި އެނބުރި އާދެއެވެ.

ރައީސްގެ ދެކަނބަލުންގެ އަރިހުގައި ތާޖް މަހަލްއަށް ޒިޔާރަތްކުރި ނުސްވެރިން

ތާޖް މަހަލަކީ އިންޑިއާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ވަރަށްްވެސް މަގުބޫލު ތަނެކެވެ. ފާއިތުވީ ފަސް އަހަރު ދުވަހުގެ ތެރޭގައި ހަ މިލިއަންް ފަތުރުވެރިން ތާޖް މަހަލަށް ޒިޔާރަތްކޮށްފައިވާކަމަށް އިންޑިއާގެ ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

ރައީސްގެ ދެކަނބަލުން ތާޖް މަހަލްގެ އެތެރެ ބައްލަވާލައްވަނީ

ރީތިކަމާއި ފުރިހަމަ ކަމުގެ ލާމަސީލު މި ބިނާ ހެނދުނު ފިޔާތޮށިކުލައިގައި ހުރެފައި، މެންދުރު ފަހު ހުދުކުލައަށް ބަދަލުވެފައި ހަވީރުވުމުން ކިރު ކުލައަށް ބަދަލުވުމަކީ އަޖައިބުން ފުރިގެންވާކަމެކެވެ. މުޅި އިންސާނިއްޔަތު އާޝޯޚު ކޮށްލި މި ބިނާގެ ވާހަކަ ދުނިޔެ ދެމި އޮތްހާ ދުވަހަކު ދައްކާނެތެވެ.

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2017

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ
30 އޯގަސްޓު 2017

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

30 އޯގަސްޓު 2017
އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް
15 އޯގަސްޓު 2017

"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

15 އޯގަސްޓު 2017
"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ
26 މެއި 2017

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!
14 މެއި 2017

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!
08 މެއި 2017

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!
28 މާރިޗު 2017

މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

28 މާރިޗު 2017
މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު
21 ފެބުރުއަރީ 2017

މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

21 ފެބުރުއަރީ 2017
މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟
29 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ދީލަތި 10 މަހުޖަނުން

29 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ދީލަތި 10 މަހުޖަނުން
17 ޖެނުއަރީ 2017

ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!

17 ޖެނުއަރީ 2017
ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު