Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ޞާލިޙު

ރައީސްގެ ފޮޓޯއިން ފެންނަނީ ދެއްކުންތެރި ކަން؟ މިނިމަމް ވޭޖަކީ ޖޯކެއް ނޫން!

އެއް ބަޔަކު ބުނަނީ ދޭހަކޮށްދެނީ ދެއްކުންތެރިކަމޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 11 ޖެނުއަރީ 2020 | ހޮނިހިރު 18:19
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ދާދި ފަހުން ސޯޝަލް މީޑިއާގައި އެންމެ ގަދަޔަށް ދައުރުވި ފޮޓޮއަކަށް ވެގެންދާނީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު "މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓު" ވިދާޅުވާ މަންޒަރު ދައްކުވައިދޭ ފޮޓޮއެކެވެ. މި މަހުގެ 8 ވަނަ ދުވަހު ރައީސް އޮފީހުގެ ރަސްމީ ޓްވިޓަރ ޕޭޖުން ޢާންމުކުރި މި ފޮޓޮއިން ރައީސް ޞާލިޙު، ރައީސްގެ ކޮޓަރިކޮޅުގައި މިނިމަމް ވޭޖު ރިޕޯޓު ވިދާޅުވާން ހުންނަވާ މަންޒަރު ފެނިގެންދެއެވެ. މި ފޮޓޮއާއެކު ޢާންމުންގެ ޝުޢޫރުތައް އޮއްސާލީ ޕޯސްޓުގެ ކޮމެންޓު ސެކްޝަނުގައެވެ. ރައީސްގެ މިފޮޓޮއާއެކު ގިނަ ބައެއްގެ ޚިޔާލުވެސް ތަފާތެވެ.

އެގޮތުން، ގިނަ ބައެއް ފާޑުކިއުންތައް ރައީސަށް ޢަމާޒުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ގިނަ ބައެއްގެ ނަޒަރުގައި މި ފޮޓޮއިން ދައްކުވައިދެނީ ރައީސް ދެއްކުންތެރިކަމެވެ. އަދި ދެއްކުންތެރިކަމުން ދުރުވެ، ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއެއް ދެއްކުމަށް އެ ފަރާތްތަކުން ގޮވާލާފައިވެއެވެ.

މީގެއިތުރުން މިނިމަމް ވޭޖަކީ ޖޯކެއް ނޫން ކަމަށް ގިނަ ބަޔަކު ކޮމެންޓު ކޮށްފައިވާއިރު އަނެއް ބަޔަކު ބުނަމުން ދަނީ ރައީސްގެ މި ފޮޓޮއިން އެނގިގެންދަނީ ރައީސް ބޭނުންފުޅުވެވަޑައިގަންނަވަނީ ޚަބަރުތަކުގެ ސުރުޚީތަކުން ޖާގަ ހޯއްދެވުމަށެވެ.

ކޮމެންޓު ކުރި ގިނަ ބައެއްގެ ވާހަކަ މިހެން ހުރިއިރު އަނެއް ބަޔަކު ބުނާގޮތުން މި ސަރުކާރު ގެނައުމަށް އެ ފަރާތްތަކަށް ވޯޓު ދިނީ މިނިމަމް ވޭޖެއް ކަނޑައެޅުމަށެވެ. އެގޮތުން، މިހާރުވެސް އެކި ޖަމްޢިއްޔާތަކުންނާއި ޢާންމުންގެ ފަރާތުން، މިނިމަމް ވޭޖު ކަނޑައެޅުން މާ ލަސްކަމަށް ބުނެ ޝަކުވާތައް އަޑުއިވެއެވެ.

ރައީސްގެ މި ތަޞްވީރަށް ފާޑުކިއުންތަކާއެކު، ތަޢުރީފުގެ ބަސްތައް ވެސް ކޮމެންޓު ސެކްޝަނުން ފެނިގެންދިޔައެވެ. އެގޮތުން މިނިމަމް ވޭޖު ކަނޑައެޅިގެން ދާއިރު، ނަގާފައިވާ ފޮޓޮއާއި އެއްވަރަށް ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެއެވެ. އަދި މި ފޮޓޯ ނެގި ފޮޓޯގްރާފަރަށް ވެސް ތަޢުރީފު ކޮށްފައި ހުއްޓެވެ.

ރައީސްގެ މި ފޮޓޮއިން ފެނިގެންދާ "ޕޯސް" އަށް ވެސް ގިނަ ބަޔަކު ތަޢުރީފުކޮށްފައިވެއެވެ. އަދި ރައީސް ފޮޓޯ ނެންގެވިގޮތަށް، ފޮޓޯ ނެގުމަށްވެސް މަސައްކަތްކޮށްފައިވެއެވެ. ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭބޭފުޅުންގެ މިފަދަ ފޮޓޯތައް މަދު ފަހަރެއްގައި ނޫނީ ޢާންމުކޮށްފައި ނުވާތީ ވެސް ގިނަ ބަޔަކަށް މި ފޮޓޯ ކަމުގޮސްފައިވެއެވެ.

ކޮންމެއަކަސް، މި ފޮޓޮއާއެކު ހާމަވެގެންދިޔައީ އަވަސް މުއްދަތެއްގައި މިނިމަމް ވޭޖެއް ކަނޑައެޅުމަށް ފެންބޮވައިގެންފައިވާ މިންވަރެވެ. އެގޮތުން ސެކްޓޯރިއަލް ވޭޖް، މިނިމަމް ވޭޖް ބޯޑު އަދި މިނިމަމްވޭޖުގެ ގޮތުގައި ވަކި ޢަދަދެއް ޤާނޫނުގައި ބަޔާން ނުކުރުމާމެދު ގިނަ ބަޔަކު ދަނީ އެކި ގޮތްގޮތަށް އެ ބައެއްގެ ޚިޔާލު ފާޅު ކުރަމުންނެވެ.

އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިނިމަމް ވޭޖު ކަނޑައެޅިގެން ދާނެ ކަމަށާއި، މާގިނަ ދުވަސް ތަކެއް ނުވެ މިނިމަމް ވޭޖު ކަނޑައެޅުމަށް ސަރުކާރުން ވަނީ ޢަމާޒުހިފާފައެވެ.

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2018

ރައީސްގެ އިންޑިއާ ދަތުރުފުޅު: ރާއްޖެ އަނެއްކާވެސް އިންޑިއާއާ އެންމެ ގާތަށް!

19 ޑިސެމްބަރު 2018
ރައީސްގެ އިންޑިއާ ދަތުރުފުޅު: ރާއްޖެ އަނެއްކާވެސް އިންޑިއާއާ އެންމެ ގާތަށް!
14 ޖުލައި 2018

ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

14 ޖުލައި 2018
ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު
07 ޖުލައި 2018

އިބޫ އާންމުންގެ ގެތަކަށް، ފެންނަނީ ރައީސް ޔާމީންގެ ކެމްޕެއިންގެ ބަލިކަށިކަން؟!

07 ޖުލައި 2018
އިބޫ އާންމުންގެ ގެތަކަށް، ފެންނަނީ ރައީސް ޔާމީންގެ ކެމްޕެއިންގެ ބަލިކަށިކަން؟!
10 ޖެނުއަރީ 2018

ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!

10 ޖެނުއަރީ 2018
ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!
05 އޮކްޓޯބަރު 2017

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

05 އޮކްޓޯބަރު 2017
ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު