Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރބަން ސެންޓަރު

ޤައުމީ ތަރައްޤީގެ ބޮޑެތި ޕްލޭންތަކެއް ހަދާނެ ކަމެއް ނެތެއްނު، ޕާޓީ ހައިރާކީއާ އެއްގޮތަށް ބަހާލީމަ ނިމުނީނު: އަމީރު

ޒަމާނުއްސުރެ އާރބަން ސެންޓަރުތަކުގެ ގޮތުގައި ބަލަމުން އައި، ވިޔަފާރި މަރުކަޒުތަކަށް ދެން ވަނީ ކިހިނެއްތޯ އަމީރު ވަނީ ސުވާލު ކުރައްވާފައި

ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2024 | ހޮނިހިރު 13:22
އދ. މަހިބަދޫ - އާރބަން ސެންޓަރު ލިސްޓުގައި ހިމެނޭ

އދ. މަހިބަދޫ - އާރބަން ސެންޓަރު ލިސްޓުގައި ހިމެނޭ

ސަރުކާރުން އާރބަން ސެންޓަރުތައް ހެދުމަށް 7 ރަށެއް ކަނޑައަޅާ ކުއްލި ގޮތަކަށް އިއުލާނު ކުރުމާ ގުޅިގެން، ގައުމީ ތަރައްގީގެ ބޮޑެތި ޕްލޭންތަކެއް ހަދާނެ ކަމެއް ނެތް ކަމަށާއި، ޕާޓީ ހައިރާކީއާ އެއްގޮތައް ބަހާލީމަ ނިމުނީ ކަމަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޮވެމްބަރު 9 ވީ ހޮނިހިރު ދުވަހުގެ ތާރީޚުގައި ކުއްލި ގޮތަކަށް ހައުސިންގ މިނިސްޓްރީ ކުރި ކުރު އިއުލާނެއްގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތްވާ ގޮތުގެ ކަމަށް ބުނެ، ސަރުކާރުން އާރބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރަން ކަނޑައަޅާފައިވާ 7 ރަށެއް ވަނީ އިއުލާނު ކޮށްފައެވެ.

Advertisement - newsAdvertisement

އެ ރަށްތަކަކީ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، އަދި ލ. ފޮނަދޫއެވެ.

ސަރުކާރުގެ މި ނިންމުމަށް ފާޑު ވިދާޅުވަމުން ކުރީގެ މިނިސްޓަރ އަމީރު ވަނީ، މި ރާއްޖޭގައި ޒަމާނުއްސުރެ އާރބަން ސެންޓަރުތަކުގެ ގޮތުގައި ބަލަމުން އައި، ވިޔަފާރި މަރުކަޒުތަކަށް ދެން ވަނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.

"ކޮބާ ކުޅުދުއްފުށި، ގދ. ތިނަދޫ، ލ.ގަން، އައްޑޫ، ފުވައްމުލައް..." އަމީރު ވިދާޅުވިއެވެ.

އަމީރު އެކްސްގައި ކުރެއްވި ޕޯސްޓުގައި "ހަޤީޤީ މާނައިގައި މި ޤައުމު ތަރައްޤީކުރުމުގެ 'ވިޝަން' އެއް މި ސަރުކާރުގެ ނެތްކަން ވަރަށް ސާފު،" ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ބަންދު ދުވަހެއްގައި ކުއްލި ގޮތަކަށް އާބަން ސެންޓަރު ހަދާ ރަށްތައް އިއުލާނު ކުރިއިރު، އެ ރަށްތައް ކަނޑައެޅުނު ގޮތެއް ނުވަތަ ރަށްތައް ހޮވުމުގައި ސަރުކާރުން ބެލި މިންގަނޑުތަކެއް ހާމަކޮށްފައި ނުވާއިރު، ކުރިއަށް އޮތް 20 އަހަރު ދުވަހަށް ރާއްޖެ ތަރައްގީ ކުރާނެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ ވާހަކަ ވެސް ސަރުކާރުން އަންނަނީ ދައްކަމުންނެވެ. އަދި ޕްލޭން އެކުލަވާލުމުގައި ހުރިހާ ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ ބައިވެރިވުން މުހިންމު ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ހައުސިންގ މިނިސްޓްރީން އިއުލާނު ކުރި އާރބަން ސެންޓަރު ނޫސް ބަޔާނަށް އާންމުންގެ ގިނަ ބަޔަކު ވަނީ އެކްސް ގައި ފާޑު ކިޔާފައެވެ.

ފާޑުކީ ބައެއް ފަރާތްތަކުން ވެސް ވަނީ މިއީ ކިހިނެއް އެކުލަވާލި ލިސްޓެއްތޯ ސުވާލު ކޮށްފައެވެ.

"ތިޔައީ ހައުސިންގް ލޯނު ވަކި ރަށްތަކަށް ބޮޑުކޮށް ދޫކުރަން ވެގެން ރައްޔިތުންގެ ލަފައެއް ނެތި ކުއްލިއަކަށް ކަނޑައެޅި ލިސްޓެއް،" ފާޑުކީ އާންމު ފަރާތަކުން ބުނެފައިވެއެވެ.

ފާޑުކީ ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިއީ ރައީސުލް ޖުމްހޫރިއްޔާ އާ ސިޔާސީ ގޮތުން ގާތްކަން އޮތް ފަރާތްތަކަށް ފޭވަރ ކުރުމުގެ ގޮތުން ނެރެފައިވާ ލިސްޓެކެވެ.

"މިވަރު ބަޔަކު ހަދާ 20 އަހަރުގެ ޕްލޭނެއް އޮންނާނެގޮތް ވިސްނާ" އެހެން ފަރާތަކުން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި

25 އެޕްރީލު 2017
މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި
24 އެޕްރީލު 2017

ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

24 އެޕްރީލު 2017
 ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި
22 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު
31 މާރިޗު 2017

މަދު ފުލުހުން ލައްވާ ޖަރީމާ ހިންގުމަކީ "ޤައުމީ ފުލުހުންނަށް" އޮތް ގޮންޖެހުމެއް:ރިޔާޒް

31 މާރިޗު 2017
މަދު ފުލުހުން ލައްވާ ޖަރީމާ ހިންގުމަކީ "ޤައުމީ ފުލުހުންނަށް" އޮތް ގޮންޖެހުމެއް:ރިޔާޒް
02 މާރިޗު 2017

ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން

02 މާރިޗު 2017
ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު