Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒުވާނެއް މަރުވެފައި ހުއްޓާ ފެނުން

އައްޑޫ ސިޓީގައި ޒުވާނަކު ދަންޖައްސާ މަރާލި ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފި

އެޒުވާނާގެ ހަށިގަނޑަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ފުލުހުން ޖަވާބުދީފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 9 ނޮވެމްބަރު 2024 | ހޮނިހިރު 20:34
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން - ފައިލް ފޮޓޯ

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން - ފައިލް ފޮޓޯ

އައްޑޫ ސިޓީގައި ޒުވާނަކު ދަންޖައްސާ މަރާލި ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އައްޑޫ ސިޓީ ގަޑުކެނޑި ކޯޒްވޭ ބްރިޖް ދަށުގައި 19 އަހަރުގެ ޒުވާން ފިރިހެނެއް ދަންޖެހިފައި ހުއްޓާ ވަނީ ފެނިފައެވެ. މި ޒުވާނާގެ މަރާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ސުވާލު އުފައްދަމުންނެވެ. އެޒުވާނާގެ ހަށިގަނޑަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، ދަންޖެހިފައިވާ ވާގަނޑުން ފައި ބިންމަތީގައި ޖެހިފައިވާއިރު، ދަންޖެހުނު ގޮތާއި މެދު ވެސް ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ. އަދި އެ ޒުވާނާ ދަންޖައްސާ މަރާލީ ކަމަށާއި، އެކަން ކޮށްފައިވަނީ އައްޑޫގައި ހަރަކާތްތެރިވާ ގޭންގަކުން ކަމަށް ތުހުމަތުކޮށްފައިވެއެވެ.

Advertisement - newsAdvertisement

މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ މިމަރާއި ގުޅިގެން ދައުރުވަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށާއި، ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށެވެ.

މީގެ އިތުރުން އެޒުވާނާއަކީ 2020 ވަނަ އަހަރު މަރަދޫ-ފޭދޫގައި ހިނގި މާރާމާރީގެ ދައުވާގެ ހެކިވެރިއެއް ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ފުލުހުން ބުނީ މަރުވި މީހާއަކީ އެއްވެސް މައްސަލައެއްގެ ހެކިވެރިއެއް ނޫން ކަމަށާއި، ތުހުމަތު ކުރެވޭ މައްސަލައެއް އޮތް މީހެއް ނޫން ކަމަށެވެ. ނަމަވެސް އެޒުވާނާގެ ހަށިގަނޑަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ފުލުހުން ޖަވާބުދީފައިނުވެއެވެ.

މަރުވެފައިވާ މީހަކާއި ގުޅޭގޮތުން އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތު ފެތުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު