Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމައި ފެމިލީ ޑެންޓިސްޓް

"މައި ފެމިލީ ޑެންޓިސްޓު"ގެ ދެވަނަ ޑެންޓަލް ކްލިނިކް މާލޭގައި ހުޅުވައިފި

9 ނޮވެމްބަރު 2024 | ހޮނިހިރު 18:29

ހ.އަބަދަށް ފެހިމަގުގައި އަލަށް ހުޅުވި ކްލިނިކް ހުޅުވާފައި ވަނީ ކުރިން ޤާއިމްކުރި ކްލިނިކަށް ލިބުނު ހޫނު ތަރުހީބަށް ބެލުމަށް ފަހު ކަސްޓަމަރުންނަށް ލުއިފަސޭހަ ޚިދުމަތެއް ޤާއިމްކޮށްދިނުމުގެ ގޮތުންނެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 ނޮވެމްބަރު 2024 | ހޮނިހިރު 18:29
މައި ފެމިލީ ޑެންޓިސްޓުގެ ދެވަނަ ކްލިނިކް ހުޅުވުން

މައި ފެމިލީ ޑެންޓިސްޓުގެ ދެވަނަ ކްލިނިކް ހުޅުވުން

ދިވެހިންގެ މެދުގައި އިތުބާރު ހޯދާފައިވާ ކްލިނިކެއް ކަމަށްވާ، "މައި ފެމިލީ ޑެންޓިސްޓު"ގެ ދެވަނަ ޑެންޓަލް ކްލިނިކް މާލޭގައި ހުޅުވައިފިއެވެ.

އެ ކްލިނިކް ހުޅުވާފައި ވަނީ ހޮނިހިރު ދުވަހުއެވެ.

މީގެ ކުރިން މައި ފެމިލީ ޑެންޓިސްޓުގެ ކްލިނިކެއް ހުޅުމާލޭގައި ހުޅުވާ އެ ކްލިނިކްގެ ޚިދުމަތް ދަނީ ކާމިޔާބުކަމާއި އެކު ފޯރުކޮށްދެމުންނެވެ. ހިޔާ ޓަވަރ 3ގައި ހުޅުވި އެ ކްލިނިކަކީ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބްލްސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށް ފުޅާ ދާއިރާގައި ފޯރުކޮށްދެމުން ގެންދާ ނާޑު ޕްރައިވެޓް ލިމިޓެޑުން ހުޅުވާފައިވާ ކްލިނިކެކެވެ.

ހ.އަބަދަށް ފެހިމަގުގައި އަލަށް ހުޅުވި ކްލިނިކް ހުޅުވާފައި ވަނީ ކުރިން ޤާއިމްކުރި ކްލިނިކަށް ލިބުނު ހޫނު ތަރުހީބަށް ބެލުމަށް ފަހު ކަސްޓަމަރުންނަށް ލުއިފަސޭހަ ޚިދުމަތެއް ޤާއިމްކޮށްދިނުމުގެ ގޮތުންނެވެ. އެ ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ކްލިނިކް ހިންގަމުން އަންނަ އޭއެމްއީ ނެކްސަސްގެ ސީއީއޯ މރ. ހަސިކާ ޖަޔަސޫރިޔާ ވަނީ ކްލިނިކްގެ ޚިދުމަތްތަކަށް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައެވެ. އެގޮތުން އެ ކްލިނިކުން އަބަދުވެސް ކަސްޓަމަރުން އުންމީދުކުރާ ފަދަ ރަނގަޅު ޚިދުމަތެއް ޤާއިމްކޮށްދިނުމަށް މަސައްކަތްކުރާކަން ފާހަގަކުރެއްވިއެވެ. އޭނާ ވަނީ އެ ކްލިނިކްގެ ސިޔާސަތަކީ ދަތާ ހިރުގަނޑުގެ މައްސަލަތަކުން ރައްކާތެރިވުމަށް އިސްކަން ދީގެން ޚިދުމަތް ދިނުން ކަމަށާ، އޭއެމްއީ ނެކްސަސްގެ އަމާޒަކީ މައި ފެމިލީ ޑެންޓިސްޓުގެ ކްލިނިކްތައް މާލޭގެ އެހެން އަވަށްތަކަށް ވެސް ފުޅާކުރުން ކަމަށް ވިދާޅުވެފައެވެ.

ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަތުގެ ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމްތައް މި ކްލިނިކްގައި ވަނީ ޤާއިމްކޮށްފައެވެ. މި އައުޓްލެޓްގައި ވެސް ޚިދުމަތްދޭނީ ތަޖުރިބާ ލިބިފައިވާ ސިއްހީ އޮފިޝަލުންނެވެ. މިއީ ސްރީލަންކާގައި ޑެންޓަލް ޚިދުމަތް ފޯރުކޮށްދެމުން އަންނަ ތަޖުރިބާކާރު "މައި ޑެންޑިސްޓް" އާ ގުޅިގެން ޤާއިމްކޮށްފައިވާ ޑެންޓަލް ކްލިނިކެކެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ޓޫރިސްޓް ވިސާއާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅަން ނިންމައިފި

17 އެޕްރީލު 2017
ޓޫރިސްޓް ވިސާއާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅަން ނިންމައިފި
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
09 އެޕްރީލު 2017

މޯލްޑިވިއަނުން ކޮލަންބޯއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
މޯލްޑިވިއަނުން ކޮލަންބޯއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
11 މާރިޗު 2017

ގެސްޓުހައުސްތަކަށް ޙާއްސަކޮށްގެން އެވޯޑެއް ދިނުމަށް ނިންމައިފި

11 މާރިޗު 2017
ގެސްޓުހައުސްތަކަށް ޙާއްސަކޮށްގެން އެވޯޑެއް ދިނުމަށް ނިންމައިފި
02 މާރިޗު 2017

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި

02 މާރިޗު 2017
ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
10 ޖެނުއަރީ 2017

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

10 ޖެނުއަރީ 2017
އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި
05 ޖެނުއަރީ 2017

ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި

05 ޖެނުއަރީ 2017
 ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް