Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހުޅުމާލޭގައި ކުށްކުރުން އިތުރުވުން

ހިމޭން ހުޅުމާލޭގެ ހާލަތު ބަދަލުވެ، ހިޔާ ފްލެޓުގެ ސަރަހައްދުގެ ރައްކާތެރިކަން ގެއްލެނީތަ؟

މިހާރު ހުޅުމާލޭގައި ތަފާތު އެކި ކުށްކުރުމާއި، ވައްކަން ކުރުމާއި، މީހުންނަށް ބިރު ދައްކައިގެން ފޭރުން މިވަނީ އާއްމު ކަމަކަށް ވެފައެވެ. ނުރައްކާތެރި ގިނަ ހާދިސާތައް ހުޅުމާލޭގައި ހިނގަމުންދާއިރު، މީގެ ތެރޭގައި ނުރައްކާތެރި އެކްސިޑެންޓްތަކުގައި މީހުން މަރުވުމާއި، ބޮޑެތި އަނިޔާތައް ލިބުން ހިމެނެއެވެ. ވައްކަމާއި، ފޭރުން އަދި ރަހީނު ކުރުމުގެ ބިރުވެރި ހާދިސާތައް ދަނީ ހިންގަމުންނެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2024 | ހުކުރު 10:26
ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތައް

ހުޅުމާލެއަކީ މިހާރު މާލޭގެ އެންމެ ބޮޑު ސިޓީއެވެ. އިމާރާތްތަކާއެކު އެންމެ ބޮޑަށް ތަރައްގީވެ، ކުރިއަރައިދާ ސިޓީއަކީ ހުޅުމާލެއެވެ. ގިނަ ބަޔަކު ދިރިއުޅުން ވެސް އެސިޓީއަށް ބަދަލު ކުރަމުންދާއިރު، ހުޅުމާލެ ފޭސް-2ގެ ހިޔާ ފްލެޓުތައް ގާއިމްކޮށްފައިވާ ސަރަހައްދަކީ ގިނަ ބަޔަކު މިހާރުވެސް އާބާދުވެފައިވާ ސަރަހައްދެކެވެ. ކުޑަ ކުދިންނާއި، އަންހެނުންނާއި ހިމެނޭ ގޮތަށް އުމުރުން ދުވަސްވީ އެތައް ބަޔަކު އެސަރަހައްދުގައި ދިރިއުޅެމުން ގެންދެއެވެ. ނަމަވެސް މިހާރު ހިޔާ ފްލެޓުގެ ސަރަހައްދާއި، ހުޅުމާލޭގެ އަމާންކަމާއި ރައްކާތެރިކަމާމެދު މިވަނީ ސުވާލު އުފެދިފައެވެ.

އެއީ މިހާރު ހުޅުމާލޭގައި ތަފާތު އެކި ކުށްކުރުމާއި، ވައްކަން ކުރުމާއި، މީހުންނަށް ބިރު ދައްކައިގެން ފޭރުން މިވަނީ އާއްމު ކަމަކަށް ވެފައެވެ. ނުރައްކާތެރި ގިނަ ހާދިސާތައް ހުޅުމާލޭގައި ހިނގަމުންދާއިރު، މީގެ ތެރޭގައި ނުރައްކާތެރި އެކްސިޑެންޓްތަކުގައި މީހުން މަރުވުމާއި، ބޮޑެތި އަނިޔާތައް ލިބުން ހިމެނެއެވެ. ވައްކަމާއި، ފޭރުން އަދި ރަހީނު ކުރުމުގެ ބިރުވެރި ހާދިސާތައް ދަނީ ހިންގަމުންނެވެ. މިފަދަ އެތައް ހާދިސާއެއް ފެންމަތިވަމުންދާއިރު، މިމަހުގެ 7 ވީ ބުރާސްފަތި ދުވަހުގެ ރޭ ވެސް ނުރައްކާތެރި ހާލަތަކުން މީހަކު ފުލުހުން ސަލާމަތް ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 12 މީހުން ހިމެނޭ ގުރޫޕަކުން ފިރިހެނަކު ރަހީނުކޮށް، އޭނާގެ ބޯ ވަނީ ބާލާފައެވެ. އެމީހާ ހުރީ ހިޔާ ޓަވަރުގެ 20 ވަނަ ފަންގިފިލާގައި ކަން އެނގުމުން ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓްގެ ދޮރު ވައްޓާލައިގެން ފުލުހުން އެތަނަށް ވަދެ ސަލާމަތް ކުރިއިރު އެގުރޫޕުން ދިޔައީ އޭނާގެ އިނގިލިތައް ބުރިކޮށްލުމަށް ތައްޔާރުވަމުންނެވެ.

މިމައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ގޭންގުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ނުރައްކަލަށް ހުށަހެޅިގެން ނުވާނެ ކަމަށާއި އެކަންކަން ހުއްޓުވަން ގޭންގްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ގާނޫނުން ފުލުހުންނަށް ބާރުވެރިކަން ދޭކަން މިނިސްޓަރު އިހުސާން ފާހަގަކުރެއްވިއެވެ. އަދި ބައެއް ފްލެޓްތަކަކީ އެގޮތަށް ކުށްކުރުމަށް ބޭނުން ކުރާ ތަންތަންކަން ފާހަގަ ކުރެވިފައިވާކަމަށާއި އެކަންކަން ހައްލު ކުރުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ހިޔާ ފްލެޓަކަށް އޮޅުވާލައިގެން ގިނަ ބަޔަކު ގެންގޮސް ބަރަހަނާކޮށް، ވީޑިއޯ ނަގައި އެމީހުންގެ އަތުން ބޮޑެތި އަދަދުން ފައިސާ އާއި މޮބައިލް ފޯނު ފަދަ އެއްޗެހި ފޭރިގެންފައިވާ މައްސަލަތަކެއް ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ. މިމައްސަލަތަކުގައި ވެސް 7 މީހުން އޭރު ހައްޔަރުކޮށްފައިވެއެވެ. ހިޔާ ފްލެޓަކަށް ބަޔަކު ދިޔައީ ހަށިވިއްކަން ކަމަށް ބުނެ އެ ކުށަށް އަރައިގަތުމަށް ދައުވަތު ދިނުމުން ކަމަށާއި ފްލެޓަށް ވައްދައި ބިރު ދެއްކީ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި ހިޔާ ފުލެޓެއް ކުއްޔަށް ދޭ ކަމަށް ބުނެ މީހަކު ގެންގޮސް ފޭރުނު މައްސަލަތަކެއް ވެސް ފުލުހުން ވަނީ ތަހުގީގު ކޮށްފައެވެ.

މިފަދަ ގިނަ މައްސަލަތައް ފެންމަތިވަމުންދާއިރު، މާލެސިޓީގައި ނިމިދިޔަ އޮކްޓޯބަރު މަހުގައި ވައްކަމުގެ 253 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އަދި ހިޔާ ފްލެޓުތަކުން ވައްކަން ކުރުން އާއްމުވެ، އެތަނުގައި ހުންނަ ސިސީޓީވީ ކެމެރާތައް ބޭނުން ނުކުރެވޭކަމުގެ ކަންބޮޑުވުމާއި، ޝަކުވާ އެތަނުގައި ދިރިއުޅޭ ރައްޔިތުން ދަނީ ކުރަމުންނެވެ.

އެހެންކަމުން މިހާރަށް ވުރެ ބޮޑަށް ހުޅުމާލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ފިޔަވަޅުތައް އެޅުން ލަސްވެ، މިފަދަ ހާދިސާއެއް ހިނގާ ކޮންމެ ފަހަރަކީ އަމާންކަމާއި، ރައްކާތެރިކަމާމެދު ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދި، ބިރުވެރިކަން އުފެދޭނެ ކަމެކެވެ. ޚާއްސަކޮށް ގިނަ ބަޔަކު އާބާދުވަމުން އަންނަ ހިޔާ ފްލެޓުތަކުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރަންޖެހެއެވެ. އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކަށް ވަދެފައިވާ ބިރުވެރިކަމުން އެ ރައްޔިތުންތައް ދުރުކުރަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
ގއ ވިލިނގިލި ބަދަލުވެއްޖެ!

ގއ ވިލިނގިލި ބަދަލުވެއްޖެ!

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު