Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައުލަތުގެ ދަރަނި އިތުރުވުން

ދައުލަތުގެ ދަރަނި 155 ބިލިއަން ރުފިޔާއިން މައްޗަށް، 2025 ވަނަ އަހަރުގެ ބަޖެޓުގައި ނަގާ ދަރަންޏާ އިންޓްރެސްޓް ހަރަދު ދިމާ ނުވޭ: އަމީރު

އިންޑިއާއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮފް ދަރަނީގެ ހިސާބުތަކުން ފެންނަން ނެތް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2024 | ހުކުރު 07:49
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 155 ބިލިއަން ރުފިޔާއިން މައްޗަށް އަރާނެ ކަމަށާއި، 2025 ވަނަ އަހަރުގެ ބަޖެޓުން ނަގާ ދަރަންޏާ އިންޓްރެސްޓް ހަރަދު ދިމާ ނުވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވަނީ ވަރަށް ތަފްސީލުކޮށް 2025 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް ހިއްސާކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

އަމީރު ވިދާޅުވީ މިއަރު ނިމޭއިރު، ދައުލަތުގެ ދަރަނި 155 ބިލިއަން ރުފިޔާއިން މައްޗަށް އަރާ ކަމަށެވެ.

2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 150 ބިލިއަން ރުފިޔާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ އޮކްޓޫބަރު މަސް ތެރޭ އިންޑިއާއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮފް ދަރަނީގެ ހިސާބުތަކުން ފެންނަން ނެތް ކަމަށެވެ. އަދި 2023 ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަންޏަކީ 124 ބިލިއަން ރުފިޔާ ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމަށް 1 އަހަރު ވީއިރު ދަރަންޏަށް 20 ބިލިއަން ރުފިޔާ އިތުރުކޮށް ޖުމްލަ ދަރަނި 145 ބިލިއަންއަށް އަރުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދަރަނި މިސްރާބު ހުރި ގޮތުން ކޮންމެ އަހަރަކު ދަރަންޏަށް 15 ބިލިއަން އާއި 20 ބިލިއަން ރުފިޔާގެ އަދަދެއް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށާއި، 5 އަހަރު އަހަރުގެ ދައުރު ނިމޭއިރު ޖުމްލަ ދަރަނި 220 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އަމީރު ވިދާޅުވިއެވެ.

2025 ވަނަ އަހަރުގެ ބަޖެޓުން ނަގާ ދަރަންޏާ އިންޓްރެސްޓް ހަރަދު ދިމާ ނުވާތީ އެކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާގެ 60 އިންސައްތަ ނުވަތަ 765 މިލިއަން އެމެރިކާ ޑޮލަރު ހޯދާނެ ކަމަށް ޖަހާފައިވަނީ ބޭރުން ނަގާ ލޯނު މެދުވެރިކޮށް ކަމަށެވެ. މީގެ ތެރެއިން 432 މިލިއަން އެމެރިކާ ޑޮލަރު ހޯދާނެ ކަމަށް ޖަހާފައި އޮތީ ބޭރުގެ ކޮމާޝަލް ބޭންކުތަކުން ލޯނު ނަގައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މި ބަޖެޓުގެ އިންޓްރެސްޓް ހަރަދަށް ބެލުމުން ފެންނަނީ ކޮމާޝަލް ބޭންކުތަކުން ނަގާ ލޯނުތަކަށް ދައްކަން ޖަހާފައިވަނީ އެމެރިކާ ފެޑެރަލް ރިޒާވްގެ ފެޑް ފަންޑްސް ރޭޓުގައި ކަމަށާއި، މިއީ ކަންބޮޑުވާ ކަމެއް ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ކޮމާޝަލް ބޭންކްތަކުން ކޮންސެޝަނަލް އިންޓްރަސްޓް ރޭޓުގައި ލޯނު ލިބޭނެ ކަމަށް ނިންމީ ކިހިނެތް ކަމެއް ސާފު ނުވާ ކަމަށެވެ. އަދި ވިދާޅުވީ މިފަދަ ރޭޓުތަކުގައި ފައިނޭންސް ދެނީ އައިއެމްއެފް އަދި ވޯލްޑް ބޭންކް ފަދަ އިދާރާތަކުން ކަމަށާއި، ޚާއްސަކޮށް ޕްރޮގްރާމްއަށް ވަންނަ ހާލަތްތަކުގައި ކަމަށެވެ.

އަމީރު ވިދާޅުވީ ސަރުކާރުން މިފަދަ ޕްލޭނެއް ގެންގުޅޭ ކަމުގައިވާނަމަ އެކަން ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ ފައިނޭންސްގ ޕްލޭން މިހާތަނަށް ފެއިލްވެފައިވާއިރު، މި ބަޖެޓަށް ފައިސާ ހޯދޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު