Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މޭރީގެ މަރުގެ މައްސަލަ

ލަމްހާ ބަންދުން ދޫކޮށްލަން އަނެއްކާވެސް އެދިއްޖެ، ދިފާއުން ބުނަނީ ބަންދުގައި ހުރުމުން ހައްގުތައް ގެއްލޭކަމަށް

ދައުލަތުން ވަނީ ލަމްހާ ބަންދުން ދޫކޮށްލުމަށާއި ގޭބަންދަށް ބަދަލުކުރުމަށްވެސް ދެކޮޅު ހަދާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2024 | ބުދަ 09:58
ހަލީމަތު ލަމްހާ އަބްދުއްރަޙްމާން

ހަލީމަތު ލަމްހާ އަބްދުއްރަޙްމާން

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްދިނުމަށް އަނެއްކާވެސް އެދިއްޖެއެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާކުރަނީ ހަލީމަތު ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ އަދި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މާވިންގެ މައްޗަށެވެ. މޭރީގެ މަރުގެ މައްސަލާގައި އުމުރުން 30 އަހަރުގެ މާވިން ހައްޔަރުކުރީ އޮކްޓޫބަރު 27، 2021 ގައެވެ. ލަމްހާ ހައްޔަރުކުރީ ނޮވެމްބަރު 16، 2021 ގައެވެ.

Advertisement - newsAdvertisement

މީގެ ކުރިންވެސް ކްރިމިނަލް ކޯޓުގައި އެދިގެން ލަމްހާ ޝަރުތުތަކާއެކު ދޫކޮށްލިއެވެ. މިދިޔަ ނޮވެމްބަރު މަހު އޭނާ ދޫކޮށްލަން ކޯޓުން އަމުރުކުރި ނަމަވެސް ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، 20 ޑިސެމްބަރު 2023 ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް އޭނާގެ ބަންދު ދަމަހައްޓާފައެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ލަމްހާގެ ބަންދު މުރާޖައާ ކޮށްދިނުމަށް މިދިޔަ އޮކްޓޫބަރު މަހު ކްރިމިނަލް ކޯޓަށް އަނެއްކާވެސް ވަނީ ހުށަހަޅާފައެވެ.

ކްރިމިނަކް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ލަމްހާގެ ފަރާތުން ވަނީ ލަމްހާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އަދި ބަންދު ދިގުލައިގެން ދިޔުމުގެ ސަބަބުން އޭނާގެ ހައްގުތައް ގެއްލެމުންދާ ކަމަށް ބުނެފައެވެ. ލަމްހާ ދޫކޮށްލާފައި ހުއްޓާ ހައިކޯޓުން އޭނާ ބަންދުކުރަން އަމުރުކުރީ އޭރު ދަށު ކޯޓުގައި މައްސަލައާއި ގުޅޭ ހެކިބަސް ނަގަމުންދާތީ ޝަރީއަތް ދެން ލަސްވެގެން ނުދާނެ ކަމަށް ބެލުމަށްފަހު ކަމަށެވެ.

މީގެ އިތުރުން ދިފާއުން ވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް އެކަށީގެންވާ ގޮތަކަށް މިހާރު ކުރިއަށް ނުދާތީ މައްސަލަ ދިގުލައިގެން ދިއުމަކީ ހައްގުތައް ގެއްލޭ ކަމެއް ކަމަށާއި، ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ދައުލަތުން ބުނި ނަމަވެސް، މި މައްސަލައިގައި ގިނަ އަދަދެއްގެ ބައެއްގެ ހެކި ނަގާފައިވުމުން އެ ފުރުސަތު ހަނިކަމަށްވެސް ލަމްހާގެ ވަކީލު ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް ދައުލަތުން ވަނީ ލަމްހާ ދޫކޮށްލުމަށް އަދި ގޭ ބަންދަން ބަދަލުކުރުމަށް ވެސް ދެކޮޅު ހަދާފައެވެ. އަދި އިތުރު ހެކިންގެ ހެކިބަސް ނެގުން ކުރިއަށް އެބައޮތް ކަމަށާއި، ލަމްހާގެ ބަންދުކޮށްފައި ހުރީ މުޖުތަމައުއަށް ނުރައްކާވާ ފަދަ ޖިނާއީ ބޮޑު ކުށެއް ޖަމާއަތް ހަދައިގެން ކުރުމުގެ ތުހުމަތުގައި ކަމަށެވެ. އެހެންކަމުން އެ ހާލަތް އަދިވެސް އޮތުމުން ލަމްހާ ދޫކޮށްލަން އެއްބަސް ނުވެވޭނެކަމަށް ދައުލަތުން ވަނީ ބުނެފައެެވެ.

ލަމްހާގެ މައްޗަށް، އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އޭނާގެ މައްޗަށް ވަނީ, އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާވެސް އުފުލާފައެވެ. އަދި މި މައްސަލައިގައި ހިމެނޭ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ.

އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދަައުވާވެސް ލަމްހާގެ މައްޗަށް އުފުލާފައިވާއިރު، ލަމްހާ ދިރިއުޅޭ ގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، ލަމްހާ ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލްތަކާއި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ

ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު