Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސް ބޮޑުކުރުން

ޓެކްސް ބޮޑު ކުރާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރެއްވުމާއެކު ވައުދު އުވިއްޖެ

ޓީޖީއެސްޓީ 16 އިންސައްތަ އިން 17 އިންސައްތަ އަށް ބޮޑުވެއްޖެ

މަރްޔަމް ޝާނާ
މަރްޔަމް ޝާނާ, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2024 | އަންގާރަ 19:25
ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓު ފީތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލްތައް އަންގާރަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ. މިއީ އެއްވެސް ޓެކްސްއެއް ބޮޑުނުކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާ ޚިލާފަށް ކުރެއްވި ކަމެއްކަން ފާހަގަ ކުރެވެއެވެ.

ރައްޔިތުންގެ މަޖިލީހުން 31 އޮކްޓޯބަރ 2024 ވީ ބުރާސްފަތި ދުވަހު ފާސްކުރި ބިލުތަކަށް ރައީސް މުޢިއްޒު އަންގާރަ ދުވަހު ތަސްދީގުކުރެއްވުމާ ގުޅިގެން، މި ގާނޫނުތަކުގެ ދަށުން ހުރި ގަވާއިދުތަކަށް އިސްލާހު ގެނެސް 30 ދުވަހުގެ ތެރޭގައި ގެޒެޓުކުރަންޖެހޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

Advertisement - newsAdvertisement

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހާ އެކު، 2025 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 16 އިންސައްތަ އިން 17 އިންސައްތަ އަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ޓޫރިޒަމް ގާނޫނަށް ގެނެވުނު އިސްލާހާ އެކު 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގްރީން ޓެކްސް 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އެއަރޕޯޓު ޓެކްސް އަދި ފީތައް ބޮޑުކުރަން ނިންމާފައިވަނީ މިއަހަރުގެ ޑިސެންބަރު 1 އިން ފެށިގެންނެވެ.

ޓެކްސްގެ އެއްވެސް ސީލިން އެއް ބޮޑުކޮށް ޓެކްސް ބޮޑުކުރަން ގަސްތު ނުކުރައްވާ ކަމަށް އެކި ޕްލޭޓްފޯމްތަކުގައި ރާއީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒުގެ އިންތިޚާބީ ވަޢުދާ ޚިލާފުވެ، އަހަރެއް ނުވަނީސް ޓެކްސްތައް ބޮޑުކުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އެހެންނަމަވެސް، ސަރުކާރުން ބުނެފައިވަނީ މި ފިޔަވަޅުތަކަކީ ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު