Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރާންސްޕޯޓް މިނިސްޓްރީ

ޓެކްސީ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނުމާއި މެދު ކުރި އެއްވެސް ސުވާލަކަށް މިނިސްޓަރގެ ޖަވާބެއް ނެތް

ހުރިހާ ޑޮމައިން ހުއްދަތައް އާ ކުރާނެކަން މިނިސްޓަރ ވަނީ ހާމަކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2024 | އަންގާރަ 14:35
ޓްރާންސްޕޯޓް މިނިސްޓަރު އަމީން

ޓްރާންސްޕޯޓް މިނިސްޓަރު އަމީން

ޓެކްސީ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނުމާއި މެދު ކުރި އެއްވެސް ސުވާލަކަށް ސަރުކާރަށް ޖަވާބެއް ނުދެވުނެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއެމްވީން މިނިސްޓަރާއި ސުވާލުކޮށްފައި ވަނީ އެ މިނިސްޓްރީ އިން ޓެކްސީ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނުމާއި މެދު ކުރެވެމުންދާ މަސައްކަތްތަކާއި ޓެކްސީ ޚިދުމަތްތަކާއި މެދު ޓެކްސީ ޑްރައިވަރުންނާއި އާއްމުން ކުރަމުންދާ ބައެއް ސުވާލުތަކަށެވެ. ނަމަވެސް މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އެއިން އެއްވެސް ސުވާލަކަށް ޖަވާބުދެއްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޓެކްސީ ޚިދުމަތްތައް ދިނުމުގެ މައްސަލަ އަކީ މި ސަރުކާރުގައި ދިމާވި މައްސަލަ އެއް ނޫން ކަމަށާއި ޚިދުމަތް ދިނުމުގައި މައްސަލަތައް ދިމާ ވަނީ އެ މައްސަލަ އަށް ކުރިން އަޅާ ނުލެވި ވުމުން ކަމަށް ވަނީ ސިފަކުރައްވާފައެވެ.

Advertisement - newsAdvertisement

ރާއްޖެ އެމްވީން ވަނީ ސަރުކާރުން އެކުލަވަލާލާ ޓެކްސީ ލައިން ހަދަން ފަށާ ސަބަބަކީ ޑްރައިވްރުން ބޮޑު އަގު ނެގުމާ، ބުނާ ހިސާބުތަކަށް ނޫދާތީ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވާއިރު، ޓެކްސީ ޑްރައިވްރުން ބޮޑު އަގު ނަގާ ޑްރައިވްރުންނާއި މެދު ފިޔަވަޅު އެޅުމަކީ ރެގިއުލޭޓަރީ އޮތޯރިޓީ ގެ ކަމެއް ކަމަށް ޑްރައިވަރުން ބުނާތީ އެކަމާއި މެދު މިނިސްޓަރގެ ބަހެއް ސާފުކޮށްދިނުމަށް އެދިފައެވެ. އަދި ނުވަދެވޭ މަގުތައް ޑްރައިވަރުން މިނިސްޓްރީ އާއި ހިއްސާކޮށްފައިވާ އިރު އެކަމާއި މެދު އެޅި ފިޔަވަޅެއް ސާފުކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން ޓެކްސީ ލައިނަށް ސަރުކާރުން ވަނުން ހުއްޓުވާ ދިނުމަށް ޑްރައިވަރުންގެ ޖަމިއްޔާ އިން މަޖިލީހުގެ ކޮމިޓީގާ އެދިފައިވާތީ، އެކަމާ ގުޅިގެން ނިންމުމަށް ބަދަލެއް ގެންނަވާނެތޯ ނޫނީ ކުރީގެ ނިންމުމާއި އެއްގޮތަށް ކުރިއަށް ދަނީތޯ ސާފުކުރުމަށް ވަނީ ސުވާލުކޮށްފައެވެ. ހަމައެހެންމެ ސަރުކާރުން ޓެކްސީ ޚިދުމަތް ފަށައިފި ނަމަ ސަރުކާރުން ޓެކްސީ ޚިދުމަތް ފެށުމުން މިހާރު މިކަމުން އާމްދަނީ ހޯދާ މިހުންނަށް ލިބޭނެ ގެއްލުމުގެ ދިރާސާ އެއް ކުރެވިފައިވޭތޯ ސުވާލުކޮށްފައިވެއެވެ. ސުކާރުގެ ޓެކްސީ ލައިންގައި މަސައްކަތް ކުރާ މީހުންނަށް 100 ރުފިޔާ ގަޑި އިރަކަށް ދޭން ޖެޙޭ ގޮތަށް ހަމަޖައްސާ އިރު ތެޅޮއަޅާ ސާފުކުރަން ޓެކްސީ ދުއްވާ މީހުން ނުޖެހޭނެ ކަަމަށް ބުނެފައި ވާއިރު 300 ކާރުގެ ފީސިބިލިޓީ އާއި މެދު ރާއްޖެޓީވީން ވަނީ ސުވާލުކޮށްފައެވެ.

އެއިން އެއްވެސް ސުވާލަކަށް ވަޒީރު ޖަވާބެއް ނުދެއްވައެވެ. މިނިސްޓަރ ވަނީ ސުވާލުގެ ޖަވާބު އަމިއްލައަށް އެނގެން ޖެހޭނެ ކަމަށާއި، އިންވެސްޓިގޭޓިވް ޖާނަލިޒަމް އިން ނޫސްވެރިޔާ އަމިއްލައަށް ޖަވާބުހޯދުމަށް އެދިވަޑައިގަންނަވާފައެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މިނިސްޓަރުގެ ވާހަކަފުޅުގެ ރިކޯޑިންގ އިން ވިސްނުމާއި، ފިކުރިއްޔާތާއި، ސަބަބުތަކަށް ބެލުމަށްފަހު ޖަވާބު ހޯދުމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ މަސައްކަތްތަކާއި މެދު ވާހަކަދައްކަވަމުން ސެކިއުޓީ ފީޗަރތަށް އިތުރުކޮށް ރެޖިސްޓްރީ އަލުން ދޫކުރާގޮތަށް، ހުރިހާ ޑޮމައިން ހުއްދަތައް އާ ކުރާނެކަން މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ. އަދި މިމަހުގެ 17 ވަނަ ދުވަހު އެކަމަށް ހުޅުވާލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އެކަމުގެ ސަބަބުން ރާއްޖޭގައި ބޭނުންކުރާ ޑޮމައިންގެ ސައްޙަކަށް ކަށަވަރުކޮށް އަދި ޑޮމައިން ބޭނުންކުރާ މީހުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށް ވަޒީރު ވިދަޅުވިއެވެ.

މީގެ އިތުރުން ހުރިހާ ޑޮމައިންތަކުން ލިޔެކިޔުންތައް ހުށަހެޅުމަށާއި، އައު އުސޫލާ އެއްގޮތަށް ޑޮމައިން ރެޖިސްޓްރީ ބަދަލުކުރުމުގެ އިތުރުން، ސެކިއުރިޓީ ފީޗަރތަކާއެކު ލިބޭ ލައިސަންސެއް ލިބޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު