Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނުހައްގު މުއްސަނދިކަން ހޯދުން

ފަސް އަހަރުގެ ދައުރެއް ނިންމާލާފައި ގޮސް ބޭފުޅަކު، 18 ބުރި ގެއެއް އެޅި އިރު ދިވެހި ރައްޔިތުން ކަނެއް ނޫން - އައްބާސް

ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އަންނަނީ ދައުލަތަށް ވެފައިވާ ހިޔާނާތްތައް ބަލާ ފިޔަވަޅު އަޅާނެކަމުގެ ވައުދައި އެކުގައިކަން އޭނާ ވަނީ ފާހަގަކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2024 | އަންގާރަ 05:41
 ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އަދި ކުރީގެ ރައީސް ޔާމީން

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އަދި ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން 5 އަހަރުގެ ވެރިކަމެއް ނިންމާފައި ގޮސް 18 ބުރީގެ ގެއެއް އެޅި އިރު ދިވެހި ރައްޔިތުން ކަނު ނޫން ކަމަށާއި އެކަންކަމާއި މެދު ދިވެހިން ސުވާލު އުފައްދާ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ދައުލަތުގެ މަޤާމެއްގައި ހުރެ ހޯދާފައިވާ ނުހައްގު މުއްސަނދިކަމަށް ފަސޭހައިން ދައުވާކުރެވޭ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.

Advertisement - newsAdvertisement

ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް، ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ހެދިފައި ހުރި ޤާނޫނުތައް މަދު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ހަގީގަތަކީ އެކަން ކުރުމަށް އެކަަށައަޅާފައިވާ މުއައްސަސާތަކަށް އެކަން ބެލުމަށް ނުކުޅެދުން ކަމަސް މެމްބަރު އައްބާސް ވިދާޅުވިއެވެ. ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އަންނަނީ ދައުލަތަށް ވެފައިވާ ހިޔާނާތްތައް ބަލާ ފިޔަވަޅު އަޅާނެކަމުގެ ވައުދައި އެކުގައިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ ކޮންމެ މަޖިލީހުގެ މެމްބަރުން ވެސް އަންނަނީ ކޮރަޕްޝަން ނައްތާލުމުގެ ވައުދާއި އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނުހައްގުން މުއްސަނދިކަން ހޯދާ މީހުން އެނގެން އޮންނަ ކަމަށެވެ. ސަބަބަކީ އަތުގައި އެއްވެސް އެއްޗެއް ނެތި ( ފައިސާ އާއި މުދަލުގެ ތަނަވަސްކަން ނެތި) ރައީސުލްޖުމްހޫރިއްޔާކަމަށް ވަޑައިގެން، ފަސް އަހަރުގެ ދައުރެއް ނިންމާލާފައި ގޮސް 18 ބުރި ގެއެއް އެޅި އިރުގައި އެކަން ފެންނާނެ ކަމަށް އައްބާސް ވިދާޅުވިއެވެ. އޭސީސީ ފަދަ މުއައްސަސާތަކަށް ފާރަވެރި ނުވެވޭ ނަމަ ކިތަންމެ ވަރުގަދަ ޤާނޫނެއް ހެދިޔަސް ނަތީޖާ އެއް ނުނިކުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުން އެފަދަ ކަންކަމުގައި އިތުބާރު ކުރާނީ ބަހާއި އަމަލާއި ދިމާވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ އިދާރާތަކުގެތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުޙައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ތަހުގީގުކޮށް، ދަޢުވާ ކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް ގެންނަން އިސްލާހެއް ހުށަހަޅާފައިވާއިރު، މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ އެންޓި ކަރަޕްޝަން ކޮމިޝަންގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިދޭ ގޮތައް އެންޓިކަރަޕްޝަން ކޮމިޝަންގެ ގާނޫނަށް ބަދަލު ގެނައުމަށްވެސް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު