Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖެނަރަލް ދީދީގެ ޝަރީޢަތް

ޖެނަރަލް ދީދީގެ ޝަރީއަތް: ޓެރެރިޒަމް ދައުވާގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި

ދިފާޢަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 17 އޯގަސްޓު 2017 | ބުރާސްފަތި 13:08
އިބްރާހިމް ދީދީ

އިބްރާހިމް ދީދީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ޝަރީއަތުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި ކަމަށް ބުނާ މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް ކުރާ ޓެރަރިޒަމުގެ ދައުވާގެ މައްސަލަ ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ މައްސަލައާ ގުޅޭ ގޮތުން ދެ ފަރާތުން ދެއްކި ވާހަކަތަކާއި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތް ކުރާއިރު މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ.

Advertisement - newsAdvertisement

ޝަރީޢަތުގެ އަޑުއެހުމުގައި ދީދީގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރެރިޒަމްގެ ދައުވާއަށް ދީދީ އިންކާރު ކުރާ ސަބަަބުތައް ބަޔާން ކޮށްދިނުމަށް ޝަރީޢަތުން ވަނީ ދީދީ އަށް ފުރުސަތު ދީފައެވެ. އެގޮތުން ދައުވާ އަށް އިންކާރުކުރާ ސަބަަބުތައް ބަޔާންކޮށް ވާހަކަ ދައްކަމުން ދީދީގެ ވަކީލް ވިދާޅުވީ ދައުލަތުން ދީދީގެ މައްޗަށް ކުރާ ޓެރެރިޒަމްގެ ދައުވާއާ ގުޅޭ ގޮތުން ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމެއްގައި އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް މާލޭ އޭރިޔާގެ ކޮމާންޑަރުގެ ހައިސީއްޔަތުން ދީދީ އަމުރު ކުރިކަން ބަޔާން ކޮށްފައި ނުވާ ކަމަށެވެ.

ހަމައެހެންމެ އަބްދުﷲ ގާޒީ ހައްޔަރުކޮށް ސިފައިންގެ ބެލުމުގެ ދަށުން ގިރިފުއްޓަށް ގެންދިޔައިރު ވެސް އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ދީދީ އަމަލީ ގޮތުން ބައިވެރިވެފައިވާކަން ދައުލަތުން ހުށަހެޅި އެއްވެސް ލިޔެކިޔުމެއްގައި ބަޔާން ކޮށްފައި ނުވާ ކަމަށް ދީދީގެ ވަކީލް ވިދާޅުވިއެވެ.

މީގެއިތުރުން ދީދީގެ ވަކީލް ވިދާޅުވީ ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ދީދީ އަށް އަމުރު ކުރި ކަމަށް ނުވަތަ ކޮމާންޑްކުރި ކަަމަށް އެނގޭފަދަ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ޗީފް އޮފް ޑިފެންސް ފޯސް، ދީދީ އަށް އަމުރު ކުރިކަން ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމެއްގައި ބަޔާން ކޮށްފައި ނުވާކަން ދީދީގެ ވަކީލް ވިދާޅުވިއެވެ.

މީގެއިތުރުން ދީދީގެ ވަކީލް ވިދާޅުވީ ސިފައިން އޭރު ހިންގި އޮޕަރޭޝަން އަކީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ހާއްސަކޮށްގެން ހިންގި އޮޕަރޭޝަނެއް ނޫންކަން ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ކަމަށާއި އެ އޮޕަރޭޝަން އަކީ އޭރުގެ ހާލަތާ ގުޅޭ ގޮތުން ސިފައިން މުޅި ރާއްޖޭގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

ދީދީގެ ވަކީލް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ކުރިން އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް، ސިފައިންގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާ އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށް ލަފާ ހޯއްދެވިކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް ފިޔަވައި އެެހެން ހުރިހައި އޮފިސަރުން އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ދެކޮޅު ހެއްދެވި ކަމަށާއި އެހެން ކަމުން އަބްދުﷲ ގަޒީ ހައްޔަރު ކުރުމުގެ އެއްވެސް ނިޔަތެއް ނުވަތަ ބައިވެރިވުމެއް އަދި ލަފައެއް ދީދީ ދެއްވާފައި ނުވާކަން އެނގޭ ކަމަށް ދީދީގެ ވަކީލް ވިދާޅުވިއެވެ.

ދީދީގެ ވަކީލްގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ދައުލަތުގެ ވަކީލް ވިދާޅުވީ ސިފައިން ހިންގި އޮޕަރޭޝަންއަކީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަނެއްކަން އޮޕަރޭޝަންގެ ރިޕޯޓުގައި ބުނެފައިވާ ކަމަށާއި އަދި ހިންގި އޮޕަރޭޝަންގައި މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހަމައްޖައްސާފައި ވަނީ ދީދީ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ޝަރީޢަތުގެ މަޖިލިސް ނިންމަވާލެއްވުމުގެ ކުރިން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަަމަށް ޝަރީޢަތުން ކަނޑައަޅާފައި ވާތީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ޝަރީޢަތް ފެށުމުގެ ކުރިން ދިފާއުން ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެގޮތުން ދިފާއަށް އަށް ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ޝަރީޢަތުން ވަނީ ދީދީ އަށް ދީފައެވެ. އެހެން ކަަމުން ދިފާޢަށް ހުށަހެޅަން ޖެހޭ ލިޔެކިޔުންތައް ދީދީގެ ފަރާތުން ޝަރީޢަތަށް ހުށަހެޅުމަށް ދީފައިވާ އެންމެ ފަހުގެ މުއްދަތަކީ މި މަހުގެ 22 ވަނަ ދުވަހެވެ. އެ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށާއި އޭގެ ފަހުން އެ ފުރުސަތު ނުލިބޭނެ ކަމަށް ޝަރީއަތުން ދީދީ އަށް ޝަރީޢަތުން އެންގިއެވެ.

ދީދީގެ ވަކީލް ވިދާޅުވީ ދިފާއަށް ހުށަހެޅުމަށްޓަކައި އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްތަކުގެ ތަފްސީލް ރިޕޯޓް ބޭނުންވާ ކަމަށާއި އަދި އެ ރީޕޯޓްތައް ދައުލަތުގެ ފަރާތުން ދީދީއާ ހިއްސާ ކުރުމަށް ޝަރީޢަތުން އެންގެވިއެވެ.

ޝަރީޢަތް ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދެން މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާނީ އަންނަ މަހު ހަ ވަނަ ދުވަހު ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު