Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުއިއްޒުގެ ވެރިކަން

ރައީސް މުއިއްޒު ވެރިކަމަށް ގެނެސްގެން "ޅަ އެއްޗެއް" އެޅުނުކަން ޒުވާނުން މިއަދު ޤަބޫލުކުރަން އެބަ ޖެހޭ - އައިކު

2 ނޮވެމްބަރު 2024 | ހޮނިހިރު 20:02

ޒުވާނުންނަށް ހެދުނީ ގޯހެއް ކަމަށް މިއަދު ޒުވާނުން ވެސް ޤަބޫލުކުރާނެ ކަމަށާއި އެކަން އިސްލާހު ކުރެވޭނީ ވެސް އެ ޒުވާނުންނަށް ކަމަށް އައިކު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ނޮވެމްބަރު 2024 | ހޮނިހިރު 20:02
އެމްޑީޕީގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ  އައިކު އަހުމަދު އީސާ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކު އަހުމަދު އީސާ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނެސްގެން "ޅަ އެއްޗެއް" އެޅުނުކަން ޒުވާނުން މިއަދު ޤަބޫލުކުރަން އެބަ ޖެހޭ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިކު ވިދާޅުވީ ދިވެހި ޒުވާނުން މުއިއްޒު ކެނޑިޑޭޓެއްގެ ގޮތުގައި ހުންނަނަވައިގެން ދެއްކި ވާހަކަތައް ޤަބޫލުކުރި ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު ޓިކްޓޮކް އާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ރައީސް މުއިއްޒު ދެއްކެވި ވާހަކަތައް ބަލައިގަނެ މުއިއްޒު އަށް ވޯޓު ދިން މީހުން މިއަދު ތިބީ މާޔޫސް ކަމެއްގައި ކަަމަށް އައިކު ވިދާޅުވިއެވެ. އެ ޒުވާނުންނަށް ހެދުނީ ގޯހެއްކަން މިއަދު އިހުސާސްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޒުވާނުންނަށްޓަކާ އެކަށީގެންވާ ކަންތައްތަކެއް ސަރުކާރަށް ނުކޮށްދެވޭ ކަަމަށް ފާހަގަކޮށް އައިކު ވަނީ ސަރުކާރުން ޒުވާނުންނަށްޓަކާ ވީ ވައުދުތައް ނުފުއްދޭތީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޒުވާނުންނަށް ބޭނުންވާ ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ނުދެވުމާއި، ޒުވާނުން ތިބި ވަޒީފާގެ ރައްކާތެރިކަން ވެސް ކަށަވަރު ނުވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް އަދިވެސް ފުރުސަތު އެބަ އޮތް ކަމަށް އައިކު ވަނީ ވިދާޅުވެފައެވެ. އައިކު ވިދާޅުވީ ދިވެހި ޒުވާނުންނަށް ހެދުނީ ގޯހެއް ކަމަށް މިއަދު ޒުވާނުން ވެސް ޤަބޫލުކުރާނެ ކަމަށާއި އެކަން އިސްލާހު ކުރެވޭނީ ވެސް އެ ޒުވާނުންނަށް ކަމަށެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ އެ ގޯސް ރަނގަޅުކުރަން ލިބޭ ފުރުސަތެއް ކަމަށާއި މިހާރުން ފެށިގެން އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށް އައިކު ވިދާޅުވިއެވެ. އޭނާ ވަނީ ސަރުކާރު ޖަވާބުދާރީކުރުވަން ކައުންސިލް އިންތިޚާބުގައި ފުރުސަތު ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް މުއިއްޒު އަށް ވެރިކަން ދީގެން ހެދުނު ގޯސް ރަނގަޅުކުރާ ބަޔަކަށް ޒުވާނުން ވާން ޖެހޭ ކަމަށާއި އެކަން ކުރުމަށްޓަކާ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރައީސް މުއިއްޒު އަށް ހަރު އަޑުން ނޫނެކޭ ބުނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޒުވާނުންގެ ރޫހުގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އައިކު ވަނީ މި ސަރުކާރުން ޒުވާނުންނަށް ދެއްކީ ހަގީގަތަށް ނުވާ ހުވަފެންތަކެއް ކަަމަށް ސިފަކުރައްވާފައެވެ. މީގެ އިތުރުން 2025 ވަނަ އަހަރުގެ ބަޖެޓަށް ބަލާއިރުގައި ވެސް ޒުވާނުންނަށް ފަހި އެއްވެސް ކަމެއް ހިމަނާފައި ނެތް ކަމަށް އައިކު ވިދާޅުވިއެވެ. ހަމައެހެންމެ ލާމަރުކަޒީ ނިޒާމް ހަނިކުރުމަކީ ވެސް ޒުވާނުންނަށް ރަށުގައި ތިބެގެން ރަށުގެ ކުރިއެރުމަށް މަސައްކަތްކުރުމަށް އޮތް ފުރުސަތު ގެއްލޭ ކަމެއް ކަަމަށް އައިކު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިންތިހާ އަށް ހަނިވުމުން އާއްމުން ތިބެން ޖެހެނީ ބުނެވޭ ބަހެއްގެ ޒާތުން ވަޒީފާ ގެއްލިދާނެކަމުގެ ބިރުވެރިކަމާއި އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޤަވާއިދާއި އުސޫލުތަކަށް ބެލުމެއް ނެތި އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާތީ އެއީ ސަރުކާރުން އާއްމުންނާއި މެދު އިހާނެތިކޮށް ހިތާކަން ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އައިކު އަހުމަދު އީސާރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

17 ޑިސެމްބަރު 2025
ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!
13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް