Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޕްރިމާ ކޮއްތުމީ

"ކޮރެއަން ރާމެން" އާއި އެކު ކޮއްތުމީގެ މުޅިން އާ ރަހަތަކެއް ބާޒާރަށް ނެރެފި

ޕްރޮޑަކްޓްތައް ފެންސީ ފުޑްސްގެ ބާޒާރުމަތީގައި ހުންނަ މެއިން ހޯލްސޭލް އައުޓްލެޓް، ހުޅުމާލޭގައި ހުންނަ ރީޓެއިލް އަދި ހޯލްސޭލް އައުޓްލެޓް، އައްޑޫގެ ހޯލްސޭލް އައުޓްލެޓް އަދި ސުޕަރމާޓްތަކުންނާއި ކޮއްތުމީ ބްރޭންޑް ލިބެން ހުންނާނެއެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2024 | ހޮނިހިރު 07:54
ކޮއްތުމީގެ އާ ފްލޭވަރތައް ތައާރަފްކުރުން

ކޮއްތުމީގެ އާ ފްލޭވަރތައް ތައާރަފްކުރުން

ފެންސީ ފުޑްސްގެ ފަރާތުން ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ކޮއްތުމީގެ މުޅިން އާ ފްލޭވަރތަކެއް ރާއްޖެ އަށް ތައާރަފްކޮށްފިއެވެ.

ކޮއްތުމީގެ އާ ފްލޭވަރތައް ތައާރަފްކޮށްފައި ވަނީ ހޮނިހިރު ދުވަހު އެކަމަށްޓަކާ ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.

Advertisement - businessAdvertisement

ހޮނިހިރު ދުވަހު އަލަށް ތައާރަފްކުރި ޕްރޮޑަކްޓްތަކާއި މެދު ޕްރީމާ ކޮއްތުމީ - ލަންކާގެ ހެޑް އޮފް އިންޓަރނޭޝަނަލް މާކެޓިން، އަޗާލާ ރަމަނަޔެކަ ވިދާޅުވީ ޕްރީމާ ކޮއްތުމީ ބްރޭންޑް ރާއްޖެ އަށް ތައާރަފްކުރިތާ 12 އަހަރުވެގެން ގޮސްފައިވާ ކަމަށެވެ. ޕްރީމާ ކޮއްތުމީ އިން ރާއްޖޭގައި ހޭދަކުރި މުއްދަތުގައި އެ ޕްރޮޑަކްޓަކީ ކާމިޔާބު ޕްރޮޑަކްޓެއްގެ ގޮތުގައި އާއްމުން ބަލައިގަނެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ކޮއްތުމީގެ އިތުރު ރަހަތަށް ރާއްޖެ އަށް ތައާރަފްކުރަން ވިސްނާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކޮއްތުމީގެ ހޮޓްއެންޑް ސްޕައިސީ އާއި ޗިކަން އެންޑް މަސާލާ ފަދަ ރަހަތައް މީގެ ކުރިން ވާނީ ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީފައި ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މިހާރު ޕްރީމާ ކޮއްތުމީ ކޮރެއަން ރާމަން ފިއެރީ ޗިކެން (ޓޫއެކްސް ސްޕައިސީ) އަދި ޕްރީމާ ކޮއްތުމީ ކޮރެއަން ޗީސް ރާއްޖެ އަށް ތައާރަފްކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕްރޮޑަކްޓް ލޯންޗްކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ފެންސީ ފުޑްސްގެ ޑިރެކްޓަރ އަލީ ޝިޔާޒް ވަނީ ކޮއްތުމީ ރާއްޖެ އަށް ތައާރަފްކޮށްފައި ވަނީ 2008ގައިކަން ފާހަގަކުރައްވާފައެވެ. ޕްރީމާ ކުންފުނީގެ ފަރާތުން ރާއްޖެ އަށް ތައާރަފްކޮށްފައިވާ އެ ޕްރޮޑަކްޓަކީ ދިވެހިންގެ މެދުގައި މަޤްބޫލު ޕްރޮޑަކްޓެއްކަމަށް ވާއިރު، ހޮނިހިރު ދުވަހު އަލަށް ތައާރަފްކުރި މި ފްލޭވަރތަކަކީ ދިވެހިންނަށް ވަރަށް ކަމުދާނެ ފަދަ ފްލޭވަރތަކެއްކަމަށް އުންމީދު ކުރެވޭ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިހާރުވެސް ކޮއްތުމީ ސްޕައިސީ ކޮރެއަން ރާމެން މާކެޓްގައި ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޗީޒް ފްލޭވަރ 10-15 ވަރަކަށް ދުވަހުގެ ތެރޭގައި މާކެޓުން ލިބެން ހުންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި ޕްރޮޑަކްޓްތައް ފެންސީ ފުޑްސްގެ ބާޒާރުމަތީގައި ހުންނަ މެއިން ހޯލްސޭލް އައުޓްލެޓް، ހުޅުމާލޭގައި ހުންނަ ރީޓެއިލް އަދި ހޯލްސޭލް އައުޓްލެޓް، އައްޑޫގެ ހޯލްސޭލް އައުޓްލެޓް އަދި ސުޕަރމާޓްތަކުންނާއި، ކޮއްތުމީ ބްރޭންޑް ލިބެން ހުންނަ ކަންމަތީ ފިހާރަކުން ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަގުތަކަށް ބަލާއިރު މާކެޓްގައި ލިބޭ އެހެން ނޫޑްލްސް އަށް ވުރެ ބޮޑުތަނުން އަގުހެޔޮވާނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެ ހަފްލާގައި ވާހަކަދައްކަވަމުން ޕްރީމާ ކޮއްތުމީ - ލަންކާގެ ޖެނެެރަލް މެނޭޖަރ ސަޖިތް ގުނަރަތްނެ ވިދާޅުވީ މިއީ ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލް ފްލޭވަރތަކަކަށް ވާނެ ކަމަށެވެ. ކޮއްތުމީ އަކީ މިހާރުވެސް ވަރަށް ގިނަ ބަޔަކަށް ކަމުދާ ޕްރޮޑަކްޓެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ޒުވާނުން ހިއްސާކުރާ އިރު ކޮރެއަން ރާމެންއަކީ ޒުވާނުންނަށް ވަރަށް ކަމުދާ ޕްރޮޑަކްޓްތަކެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ފެންސީ ފުޑްސް މެދުވެރިކޮށް ރާއްޖެ އަށް މި ޕްރޮޑަކްޓްތައް ލޯންޗްކުރާ އިރު ވަރަށް އުންމީދާއި އެކު ތިބި ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮއްތުމީއަކީ ދިވެހިންނަށް ވަރަށް ކަމުދާ ބްރޭންޑެކެވެ. އަދި ކޮރެއަން ރާމެންއަކީ ދިވެހިންގެ މެދުގައި މަގްބޫލްކަން ހޯދަމުން އަންނަ ކެއުމުގެ ބާވަތެކެވެ.

ފެންސީ ފުޑްޕްރީމާ ކޮއްތުމީ

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު