Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލުބުނާން-އިޒްރޭލު ހަނގުރާމަ

ހުކުރު ވިލޭރޭ ބެއިރޫތައް އިޒްރޭލުން 10 ފަހަރު ބޮން އަޅައިފި

ބުރާސްފަތި ދުވަހު ލުބުނާނުގެ ހިޒްބުﷲ އިން ވަނީ އުތުރު އިސްރޭލަށް ރޮކެޓް ޙަމަލާތަކެއް ވަނީ ދީފައެވެ. އެ ހަމަލާތަކުގައި ތައިލެންޑުގެ 4 މީހުންނާއި އިޒްރޭލު މީހަކު ވަނީ މަރުވެފައި

ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2024 | ހުކުރު 05:17
ހުކުރު ދުވަހުގެ ރޭ އިޒްރޭލުން ދިން ވަރުގަދަ ބޮމުގެ ހަމަލާތަކާއެކު ބެއިރޫތުގެ މަތިން ބޯދުން އަރަނީ

ހުކުރު ދުވަހުގެ ރޭ އިޒްރޭލުން ދިން ވަރުގަދަ ބޮމުގެ ހަމަލާތަކާއެކު ބެއިރޫތުގެ މަތިން ބޯދުން އަރަނީ

ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ރިޕޯޓުކުރާ ގޮތުގައި، ވެރިރަށް ބެއިރޫތުގެ ދެކުނު ސަރަޙައްދުގެ ބައެއް ހިސާބުތަކަށް، ހުކުރު ވިލޭރޭ 10 ފަހަރު އިޒްރޭލުގެ ބޯޓުތަކުން ބޮން އަޅައިފިއެވެ. އިޒްރޭލުން ބޮން އެޅި އިރު އެ ސަރަހައްދުގައި ދިރިއުޅޭ އާބާދީ އެމީހުންގެ ވަޒަން ދޫކޮށް ނުކުމެގެން ދިއުމަށް އިޒްރޭލުން އޮތީ އަމުރު ނެރެފައެވެ.

މި ޙަމަލާތަކުގެ ސަބަބުން އެ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ޢިމާރާތްތަކެއް ވަނީ ބިންމަތިވެފައެވެ. ބޮން އެޅުމުގެ ސަބަބުން އެކި ސަރަހައްދުތައް އަނދަމުން ދާ ކަމަށްވެސް އެންއެންއޭ އިން ބުނެފައިވެއެވެ.

އިޒްރޭލު ސިފައިން ވަނީ ދާހިޔާ ސަރަޙައްދުގެ ބައެއް ހިސާބުތަކުން އާބާދީ ހުސްކުރުމަށް ވެސް އަމުރު ނެރެފައެވެ. މިއަމުރާ އެކު އިޒްރޭލުން އިންޒާރުދީފައިވަނީ ނުރައްކާތެރި ހަމަލާތައް އެ ސަރަހައްދަށް ދޭނެ ކަމުގައެވެ.

އަނެއްކޮޅުން ބުރާސްފަތި ދުވަހު ލުބުނާނުގެ ހިޒްބުﷲ އިން ވަނީ އުތުރު އިސްރޭލަށް ރޮކެޓް ޙަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި ތައިލެންޑުގެ 4 މީހުން މަރުވެ، ތައިލެންޑުގެ އިތުރު މީހަކަށް އަނިޔާވެފައިވާކަން ތައިލެންޑުގެ ފޮރިން މިނިސްޓަރ ވަނީ އެކްސް (ޓްވިޓަރ) ގައި ކަށަވަރުކޮށްދެއްވާފައެވެ.

ތައިލެންޑުގެ 4 ރައްޔިތުން މަރުވި ހާދިސާ ގައި ހިޒްބުﷲ ގެ ރޮކެޓް އަމާޒުވީ އިޒްރޭލުން ހިފައިފައިވާ ސަރަހައްދުގެ ދަނޑުބިމަކަށެވެ. މަރުވީ އެ ތަނުގައި ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅުނު ތައިލެންޑުގެ 4 މީހުންނާއި އިޒްރޭލުގެ ދަނޑުވެރިއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަނެއްކޮޅުން އިރާގުގައި ހަރަކާތެރިވާ ހަތިޔާރުއެޅި ގްރޫޕްތަކުގެ ނެޓްވޯކުން ހުކުރު ދުވަހުގެ ހެނދުނު އިޒްރޭލުގެ ދެކުނަށާއި އަދި އިޒްރޭލުން ހިފާފައިވާ ގޯލާންގެ އުސްބިމުގައި ހުރި މުހިންމު "އަމާޒުތަކަކަށް" ވަކިވަކިން ހަތަރު ޑްރޯން ހަމަލާދީފި ކަމަށް ބުނެފިއެވެ.

އެ ގްރޫޕްތަކުން ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ގޮތުގައި، ތިން ޑްރޯން ހަމަލާއެއް އަމާޒުކޮށްފައިވަނީ އިޒްރޭލުގެ ދެކުނަށެވެ. އަދި އެއް ހަމަލާ އަމާޒުކޮށްފައި ވަނީ ގޯލާންގެ އުސްބިމުގައި ހުރި "މުހިންމު އަމާޒަކަށެވެ."

އިޒްރޭލުގެ މީޑިއާއިން ހުކުރު ދުވަހުގެ ކުރީކޮޅު ބުނެފައިވަނީ، އިރުމަތިން އިޒްރޭލަށް އަމާޒުކޮށް ފޮނުވާފައިވާ ދެ ޑްރޯން ރަތްކަނޑުގެ މަތިން އުދުހެމުން ދަނިކޮށް ޖެޓް މަތިންދާބޯޓުތަކުން މަތަކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

އިޒްރޭލް-ލުބުނާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖޫން 2025
ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

25 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު