Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޓެކްސް ބޮޑު ކުރުން

ޓެކްސް ބޮޑު ކުރަން ނެގި ވޯޓުގައި އެމްޑީޕީން ޖެހީ ރަތް

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ހުރިހާ ބިލެއްވެސް ފާސް ކުރީ އެއްވެސް އިތުރު އިސްލާހަކަށް ފުރުސަތު ނުދީ ސަރުކާރުން ހުށަހަޅައި ބޭނުންވި ގޮތައްކަން ފާހަގަ ކުރެވޭ

ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2024 | ބުރާސްފަތި 14:33
މަސްވެރިންގެކަންބޮޑުވުންތަކާއި ގުޅިގެން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ފައިލް)

މަސްވެރިންގެކަންބޮޑުވުންތަކާއި ގުޅިގެން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ފައިލް)

ޢެއްވެސް ޓެކްސް އެއް ބޮޑު ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާ ޚިލާފުވެވަޑައިގަތުމަށްފަހު، ޓެކްސް ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލުތައް ފާސް ކުރުމަށް ބުރާސްފަތި ދުވަހު ވޯޓަށް އެހުމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން ޓެކްސް ބޮޑު ކުރުމާ ދެކޮޅު ހައްދަވާ ރަތް ޖައްސަވައިފިއެވެ.

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ހުރިހާ ބިލެއްވެސް ފާސް ކުރީ އެއްވެސް އިތުރު އިސްލާހަކަށް ފުރުސަތު ނުދީ ސަރުކާރުން ހުށަހަޅައި ބޭނުންވި ގޮތައްކަން ފާހަގަ ކުރެވެއެވެ.

ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި އެއް ބިލަކީ ދުންފަތުން ނަގާ އިމްޕޯޓު ޑިއުޓީ ކުރުމަށް އިމްޕޯޓް އެކްސްޕޯޓާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ފާސްކުރި އިސްލާހުގައިވާ ގޮތުން އިލެކްޓްރޯނިކް ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެ ނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވަރ އާއި ކެމިކަލުން ނަގާ ޑިއުޓީ 50 އިންސައްތަ އަދި މިލިލީޓަރަކަށް 8 ރުފިޔާ ބޮޑު ވާނެއެވެ.

އަދި ހީޓެޑް ޓޮބެކޯ ޕްރޮޑަކްޓްސް ނުވަތަ ރޯ ކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުން ކުރެވޭ ގޮތައް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓު ޑިއުޓީ 50 އިންސައްތަ އަދި ސްޓިކަކުން 8 ރުފިޔާ އަށް ބޮޑު ވާނެއެވެ.

އޭގެ އިތުރުން، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ވެސް ސިނގިރޭޓަކުން އަދި ބިޑިއަކުން 8 ރުފިޔާ އަށް ބޮޑު ވެގެންދާނެއެވެ.

ވޭޕުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް ފާސްކުރި އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ ނޮވެމްބަރު 15ން ފެށިގެން ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށް، ޑިސެމްބަރު 15ން ފެށިގެން ރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާކުރާށެވެ.

އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް މި ގެނައި ބަދަލުތަކާއެކު މިއަހަރު ސަރުކާރަށް އިތުރު އާމްދަނީގެ ގޮތުގައި 180.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީން އެކަނިވެސް 2025 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 1،058.7 މިލިއަން ރުފިޔާ ލިބޭނެއެވެ.

ބުރާސްފަތި ދުވަހު ގްރީން ޓެކްސް ދެގުނަ ކޮށް ޓީޖީއެސްޓީ އަދި ޓިޕާޗާ ޓެކްސް ބޮޑު ކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

2025 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީ 16 އިންސައްތަ އިން 17 އިންސައްތަ އަށް ބޮޑު ކުރަން ފާސްކުރުމުގެ އިތުރުން ގްރީން ޓެކްސް ދެ ގުނައަށް ބޮޑު ކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.

ގްރީން ޓެކްސް އަށް ގެންނަ ބަދަލުގައިވާ ގޮތުން 50 ކޮޓަރިއަށް ވުރެ ކޮޓަރި މަދު ގެސްޓްހައުސް ތަކުން ގްރީން ޓެކުހުގެ ގޮތުގައި ނަގައި އަދަދު 3 ޑޮލަރުން 6 ޑޮލަރަށް ބޮޑު ވެގެން ދާނެއެވެ. އަދި އެއަށް ވުރެ ބޮޑެތި ގެސްޓްހައުސްތަކާއި ރިސޯޓުތަކުން ނަގައި ގްރީން ޓެކްސް 6 ޑޮލަރުން 12 ޑޮލަރަށް ބޮޑު ވެގެން ދާނެއެވެ.

އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ބޮޑުކުރަން ވެސް ވަނީ މަޖިލީހުން ފާސްކޮށްފައެވެ.

މި ގޮތުން އިކޮނޮމީ ކުލާހުން ފުރާ ބިދޭސީންގެ އަތުން މިހާރު ނަގައި 30 ޑޮލަރު، 50 ޑޮލަރަށް ބޮޑުކުރުމާއި، ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގައި 60 ޑޮލަރު، 120 ޑޮލަރަށް ބޮޑުކުރުމާއި، ފަސްޓް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގައި 90 ޑޮލަރު، 240 ޑޮލަރަށް ބޮޑުކުރުން ހިމެނެއެވެ. މީގެ އިތުރުން، ޕްރައިވެޓް ޖެޓްގައި ފުރާ މީހުންގެ އަތުން ނަގައި 120 ޑޮލަރު، 480 ޑޮލަރަށް ބޮޑުކުރަންވެސް ވަނީ މިގެންނަ ބަދަލުގެ ތެރޭގައި ހިމަނާފައެވެ.

ޓެކްސް ބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލުތައް ފާސްކުރުމަށް 71 މެންބަރުން ވޯޓު ދެއްވިއެވެ. ބިލާ ދެކޮޅަށް އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ 8 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ޑރ. މުއިއްޒު ރައްޔިތުން ގާތު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި އެއްވެސް ޓެކްސް އެއް ބޮޑު ނުކުރައްވާނެ ކަމަށާއި، އެމަނިކުފާނު ކުރައްވާނެ ކަމަކީ ޓެކްސް ބޭސް ފުޅާކުރެއްވުން ކަމުގައެވެ.

ޓެކްސް

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2025

ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި

04 ނޮވެމްބަރު 2025
ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި
06 އޯގަސްޓު 2025

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު
05 އޯގަސްޓު 2025

ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

05 އޯގަސްޓު 2025
ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"
03 ޖުލައި 2025

"ބީއެމްއެލްގެ 30 އިންސައްތައިގެ ފީ އަކީ ނުސީދާ ޓެކްސް އެއް، އެއީ ޤައިރު ޤާނޫނީ ކަމެއް"

03 ޖުލައި 2025
"ބީއެމްއެލްގެ 30 އިންސައްތައިގެ ފީ އަކީ ނުސީދާ ޓެކްސް އެއް، އެއީ ޤައިރު ޤާނޫނީ ކަމެއް"
28 ޖޫން 2025

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

28 ޖޫން 2025
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު
31 އޮކްޓޯބަރު 2024

ދުންފަތުން ޓެކްސް ބޮޑުކުރީ "ޓޮބޭކޯ ފްރީ" ޤައުމަކަށް ހަދާކަށް ނޫން، އާމްދަނީ ހޯދަން

31 އޮކްޓޯބަރު 2024
ދުންފަތުން ޓެކްސް ބޮޑުކުރީ "ޓޮބޭކޯ ފްރީ" ޤައުމަކަށް ހަދާކަށް ނޫން، އާމްދަނީ ހޯދަން
15 ޖެނުއަރީ 2024

އާމްދަނީން ނަގާ ޓެކުހުން އުނިކުރެވޭނީ ފައިސާއިން ދޭ ޑޮނޭޝަންތައް އެކަނި ކަމަށް ކަނޑައަޅައިފި

15 ޖެނުއަރީ 2024
އާމްދަނީން ނަގާ ޓެކުހުން އުނިކުރެވޭނީ ފައިސާއިން ދޭ ޑޮނޭޝަންތައް އެކަނި ކަމަށް ކަނޑައަޅައިފި
21 ޑިސެމްބަރު 2023

ދައުލަތަށް ޓެކްސް ނުދައްކަންވެގެން ޑރ. ޚަލީލުގެ ބައްޕަ ހައިކޯޓަށް

21 ޑިސެމްބަރު 2023
ދައުލަތަށް ޓެކްސް ނުދައްކަންވެގެން ޑރ. ޚަލީލުގެ ބައްޕަ ހައިކޯޓަށް
29 ޖޫން 2023

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުން 6.4 ބިލިއަން ރުފިޔާ

29 ޖޫން 2023
މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުން 6.4 ބިލިއަން ރުފިޔާ
11 ޑިސެމްބަރު 2022

ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުން ވޯލްޑް ބޭންކުން ބަލައިގަނޭ

11 ޑިސެމްބަރު 2022
ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުން ވޯލްޑް ބޭންކުން ބަލައިގަނޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު