Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަރަބޯ ކަޕް

ލެސްޓަރ އަތުން ފަސް ލަނޑުގެ މޮޅެއް ހޯދައި، ޔުނައިޓެޑު ކުއާޓަރޖ ފައިނަލަށް

މިއީ ޔުނައިޓެޑުގެ ކޯޗު ކަމުން ނެދަލެންޑްސްގެ އެރިކް ޓެން ހާގް ވަކި ކުރި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 އޮކްޓޯބަރު 2024 | ބުރާސްފަތި 03:54
މެޗުގައި ލަނޑު ޖެހުމަށްފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ކަރަބޯ ކަޕްގެ ގަދަ 16 ވަނަ ބުރުގައި ލެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ޔުނައިޓެޑުން މުބާރާތުގެ ކުއާޓަރ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ހަތަރު ލަނޑު ޖެހިއިރު، ލެސްޓަރ އިން ދެ ލަނޑު ޖެހި އެވެ. ޔުނައިޓެޑުގެ ފަހު ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މިއީ ޔުނައިޓެޑުގެ ކޯޗު ކަމުން ނެދަލެންޑްސްގެ އެރިކް ޓެން ހާގް ވަކި ކުރި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ވަގުތީ ގޮތުން ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަނީ ރޫޑް ވެން ނިސްޓަލްރޫއި އެވެ.

މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ކަސެމީރޯ އެވެ. އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. ޑިއޭގޯ ޑަލޮޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް އެ ލަނޑު ޖަހައިދިނީ އަލެހަންދްރޯ ގާނާޗޯ އެވެ. އޭގެ ފަސް މިނެޓު ފަހުން ލެސްޓަރ ގެ ފުރަތަމަ ލަނޑު ޖެހީ އަލް ޚަނޫސް އެވެ.

އޭގެ ފަހުން ޔުނައިޓެޑުގެ ވަނީ ގާތް ގާތުގައި އިތުރު ދެ ލަނޑު ޖަަހައިފަ އެވެ. އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒް ވަނީ ޔުނައިޓެޑުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ތިން މިނެޓު ފަހުން ކަސެމީރޯ ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލެސްޓާގެ ދެ ވަނަ ލަނޑު ޖެހީ ކޮނާ ކޯޑީ އެވެ. ދެ ވަނަ ހާފު ފަށައިގެން ސާދަ ވަނަ މިނެޓުގައި ފެނާންޑޭސް ވަނީ ޔުނައިޓެޑުގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ.

މޮޅާއެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ޔުނައިޓެޑު ދަތުރު ކޮށްފައިވާއިރު، ކުއާޓަރ ފައިނަލްގައި ޔުނައިޓެޑު ނިކުންނާނީ ޓޮޓެންހަމާ ދެކޮޅަށެވެ.

ކަރަބޯ ކަޕްމެންޗެސްޓަރ ޔުނައިޓެޑްލެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
30 އޮކްޓޯބަރު 2025

ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް

30 އޮކްޓޯބަރު 2025
ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް
30 އޮކްޓޯބަރު 2025

ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި

30 އޮކްޓޯބަރު 2025
ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު