Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ މުޒާހަރާ

މުޅި ޤައުމުގެ ޑިމޮކްރެޓިކް ނިޒާމު ފުނޑާލާކަމަށް ބުނެ އެމްޑީޕީން މުޒާހަރާ ކުރަން ފަށައިފި

30 އޮކްޓޯބަރު 2024 | ބުދަ 05:23

މި މުޒާހަރާގައި އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުންނާއި، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، އާއްމު ބައެއް ރައްޔިތުން ހިމެނޭ

ނިއުސް ޓީމް
ނިއުސް ޓީމް | 30 އޮކްޓޯބަރު 2024 | ބުދަ 05:23
މުޅި ޤައުމުގެ ޑިމޮކްރެޓިކް ނިޒާމު ފުނޑާލާކަމަށް ބުނެ އެމްޑީޕީން ކުރާ މުޒާހަރާ

މުޅި ޤައުމުގެ ޑިމޮކްރެޓިކް ނިޒާމު ފުނޑާލާކަމަށް ބުނެ އެމްޑީޕީން ކުރާ މުޒާހަރާ

ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހިރާއްޖޭގެ މުޅި ޑިމޮކްރެޓިކް ނިޒާމް ފުނޑާލާ، މިނިވަން މުވައްސަސާތައް ހަލާކުކޮށްލަނީ ކަމަށް ބުނެ އެމްޑީޕީން މުޒާހަރާ ކުރަން ފަށައިފިއެވެ.

އިސްލާހީ ހަރަކާތްތެރީން ދަލާއި ލޭ އޮހޮރުވައިގެން ރާއްޖެއަށް ހޯދި ޑިމޮކްރަސީ ފުނޑުފުނޑު ކޮށްލަނީ ކަމަށްބުނެ އެމްޑީޕީން މުޒާހަރާ ފަށާފައިވަނީ ބުދަ ދުވަހުގެ ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައެވެ.

މި މުޒާހަރާގައި އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުންނާއި، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، އާއްމު ބައެއް ރައްޔިތުން ހިމެނެއެވެ.

ޝުޢޫރު ފާޅުކޮށްފައިވާ އެކި އެކި ލިޔުންތައް ހިފައިގެން އެމްޑީޕީން މުޒާހަރާ ކުރަމުންދަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވުމުންނެވެ.

މުޒާހަރާގެ ބައިވެރިން ފާޅުކޮށްފައި ޝުޢޫރުތަކަށް ބަލާއިރު، ޑޮލަރު އަގު ބޮޑުވުމާ، ސަރުކާރުން ކަންކަން ސިއްރު ކުރުމާ އީސީގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ގޮތަށް ނިންމި ނިންމުން ހިމެނެއެވެ.

ރައީސް ޑރ މުއިއްޒުގެ މި ހުށަހެޅުއްވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރާޢީ ވިދާޅުވެފައިވަނީ މިހާރު މިފެންނަނީ އަޅުގަނޑުމެން ގެނައި ޑިމޮކްރަސީ 30 އަހަރު ފަހަތަށް ދާތަން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރުން މިނިވަން މުއައްސަސާތަކާއި، ގޯއްޗާއި ފްލެޓާއި ކުޅޭ ކަމަށާއި، މިގޮތަށް ގޮސް ނުކުރާކަށް ކަމެއް ނެތް ކަމަށެވެ. އަދި ރައްޔިތުން މިތިބީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށާއި މިދިއަ ހުރިހާ ޒަމާނަކަށްވުރެ ބޮޑަަށް މިސަރުކާރުގައި ބިރުވެރިކަން އެބައޮތް ކަމަށެވެ. ޑރ މުއިއްޒުގެ ސަރުކާރުގެ ނިންމުންތަކާ ވަރަށް ބޮޑަށް ނުރުން ފާޅުކުރައްވަމުން ރާއީ ވިދާޅުވީ، މުޒާހަރާކުރަނީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ދޮށުގައި ޝުއޫރުފާޅުކުރަނީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ވޯޓުލައިގެން ރައްޔިތުން ހޮވާ މެމްބަރުންތަކެއް ތިބި މަޖިލީހެއް ކަމުގައި ވާތީކަމަށެވެ.

ރާއީ ވިދާޅުވީ، ޑރ މުއިއްޒުގެ ސަރުކާރު ނޫނީ މިހާ އަވަހަށް ރާއްޖޭގެ ސަރުކާރެއްގެ މަގުބޫލުކަން ދަށްވި ސަރުކާރެއް ނެތް ކަމަށާއި، އެގޮތަށް އެ ދިމާވީ ރައްޔިތުންގެ ހައްގުތަކެއް ނިގުޅައިގަތުމުން ސަރުކާރު ހިނގާ ގޮތް ގޯސްކަމަށް ރައްޔިތުންނަށް ގަބޫލުކުރެވުމުން ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ވެސް ފުލުހުންނަށް ވެސް މުޒާހަރާގެ ބައިވެރިންގެ ފަރާތުން އުނދަގޫވާނެ ޒާތުގެ ކަމެއް ނުހިނގާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށާއި، ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކޮންމެ ކަމަަކަށް އެމްޑީޕީން ތެދުވާނެކަމަށެވެ. އެމްޑީޕީގެ މެމްބަރުންނަކީ ބިރަކަށް ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށާއި ކޮންމެވެސް ބަޔަކު އެބަޖެހޭ އިސްނަގައިގެން މިކަންކަން ހުއްޓުވަން ނުކުންނަން ޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މުޒާހަރާގައި ހުންނަވާ ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ރާއްޖެއެމްވީއަށް ވިދާޅުވީ މިއީ ރާވައިގެން ޑރ މުޙައްމަދު މުއިއްޒު ހިންގަވާ ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށާއި މީގެ ގާތްގަނޑަކަށް 6އެއްކަ މަސްދުވަސް ކުރިން ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން "ރައްޔިތުން އެމީހުންގެ ކަންތައް ބެލެހެއްޓުމަށްޓަކައި އިންތިޚާބު ކުރާ ހަމައެކަނި މީހަކީ ތިމަންނާއޭ،" ރައީސް ޑރ މުއިއްޒު ވިދާޅުވި ކަމަށެވެ. އަދި "ދެން އިތުރަކަށް އެހެން މީހެއްގެ މައްޗަށް ބާރެއް، އެހެން ބަޔަކު އިންތިޚާބުކޮށްގެންވެސް ރައްޔިތުން ތަމްސީލުކުރާ މީހަކަށް ތިމަންނައޭ މިހިރީ ހޮވާފަ،" ވިދާޅުވިކަމަށެވެ. މީގެއިތުރުން ހަމަ އެޖަލްސާގައި ވާހަކަދައްކަވަމުން، "ތިމަންނަ އަތުގައޭ ހުރިހާ ބާރުތަކެއް އޮންނަންވާނީ، މިނިވަން މުއަައްސަސާތަކުގައި ވެސް މީހަކު ހުރެގެން ނުވޭ ތިމަންނާގެ ރުހުން ތިމަންނާ ލާ މީހާ ނޫން ގޮތަކަށް،" ރައީސް ޑރ މުއިއްޒު ވިދާޅުވި ކަމަށެވެ. އެހެންކަމުން މުޅި މިނިޒާމު މިދަނީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް މެމްބަރު ނިޔާޒް ވިދާޅުވިއެވެ.

ހޫނު ހަބަރުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް